ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުން ނޫން ގޮތެއް ނޯންނާނެ : ބަންގްލާދޭޝްގެ ޕްރޮސެކިއުޓަރ

Loading

November 11, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބަގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފިނަމަ މަރުގެ އަދަބު ދިނުން ގޮތެއް ނޯންނާނެ ކަމަށް ބަންގްލާދޭޝްގެ ޕްރޮސެކިއުޓަރ އެމްޑީ އަމީނުލް އިސްލާމް ވިދާޅުވެއްޖެ އެވެ.އަދި މަރުގެ ހުކުމް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ވެސް ފާއިތުވެފައިވުމާއި އެކު އެހުކުމް ބަދަލުކުރުމުގެ ފުރުސަތުވެސް ނޯންނާނެކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.


ޑިސެމްބަރުމަހު އެބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ހަސީނާ ވަނީ އައު ޕާސްޕޯޓާއި ނެޝަނަލް އައިޑީ ކާޑު އަލުން ހެދުމަށްވެސް މަސައްކަތް ފައްޓަވާފައެވެ.
2024 ވަނަ އަހަރު ޝެއިޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް އިހްތިޖާޖް ކުރަން މަގުތަކަށް ނިކުތް މީހުންނާ ދެކޮޅަށް ސިފައިން ނަހަމަ ބާރު ބޭނުން ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާތީ 2025 އަހަރުގެ ނޮވެމްބަރުމަހު ޝެއިޚް ހަސީނާގެ މައްޗަށް ބަންގްލާދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިންވަނީ މަރުގެ ހުކުމް އިއްވާފައެވެ.
ހަސީނާ ވަނީ އޭނާގެ ޢައިރު ހާޒިރުގައި ކުރެވުނު ޝަރީއަތް އިންސާފު ވެރިނޫންކަމަށާ އަދި މިހުކުމް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.
2024 ގައި ގައުމު ދޫކުރައްވާ ވަޑައިގެންނެވި ފަހުން ޝެއިޚް ހަސީނާ އުޅުއްވަމުން ގެންދަވަނީ އިންޑިޔާގައެވެ. ނަމަވެސް ހަސީނާއަށް ހުކުމް އިއްވުމާއި ގުޅިގެން ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް ޑާކާއިން ގެންދަނީ އިންޑިޔާގެ ކިބައިން އެދެމުންނެވެ.
15އަހަރު ދުވަހު ވެރިކަން ކުރެއްވި،އުމުރުން 79 އަހަރުގެ ޝެއިޚް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަނާ ފަސާދަ ވަރަށް ބޮޑަށް އާންމުވެ، އަދި ތަކެތީގެ އަގުބޮޑުވެ އާންމުންގެ ދިރިއުޅުން ދަތިވުމާއި ގުޅިގެން އާންމުގެ ގިނަ ބަޔަކު މަގުތަކަށް ނިކުތުމުން ހަސީނާ މަސައްކަތް ކުރެއްވީ ބާރު ބޭނުން ކޮށްގެން އާންމުންގެ އިހުތިޖާޖްތައް މަތަކުރުމަށެވެ.ނަމަވެސް ރުޅިއައިސްފައިވާ އާންމުން ވަނީ އެކަމަނާގެ ގަނޑުވަރަށްވެސް ވަދެގަނެ އެތަނުގެ ތަންތަނާއި ތަކެއްޗަށް ގެއްލުންދީ ލޫޓުވާ ހަދާފައެވެ.
ހަސީނާ ގައުމަށް ފޮނުވާ ދިނުމަށް ބަންގްލާދޭޝް އިން އެދެމުން ދިޔަނަމަވެސް އިންޑިޔާއިން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާސްއިން ހަފްތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލް ވުމުގައި މިސުވާލު ކުރުމުން އެމްއީއޭ ގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ބުނީ އެސުވާލު ކުރަންޖެހޭނީ ބަންގްލާދޭޝް ހައިކޮމިޝަންގައި ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް