ނަޖީބް ރައްޒާޤް ގޭބަންދަށް ބަދަލު ކޮށްފި

Loading

November 11, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފައިސާއަށް ޚިޔާނަތްތެރިވުމުގެ ބޮޑެތި މައްސަލަ ތަކެއްގައި ޖަލަށްލާފައި ހުންނެވި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ގެ ޖަލުހުކުމުގެ ބާކީބައި ގޭބަންދަށް ބަދަލު ކުރުމުން އޭނާ އަންގާރަ ދުވަހުގެ ރޭ ގޭބަންދަށް ބަދަލު ކޮށްފިއެވެ.


ގިނަ އަދަދެއްގެ ފުލުހުން ގެ ކޮންވޯއީއަކާއި އެކު ނަޖީބު ރައްޒާޤް އެސްޔޫވީއެއްގައި ގެޔަށް ގެންދެވުނު މަންޒަރު ބެލުމަށް މީޑިޔާ ގެ ގިނަ ފަރާތްތަކެއް ހާޒިރުވެފައިވާކަމަށް ޚަބަރު ލިބެއެވެ.
ނަޖީބް ރައްޒާޤް ގެ މައްޗަށް ކުރެވުނު އެންމެ ބޮޑު އެއް ދައުވާއަކީ އެގައުމުގެ ސޮވްރިން ފަންޑު ”ވަންއެމްޑީބީ“ އިން އެތައް ބިލިއަން ޑޮލަރެއް ވަގަށް ނެންގެވި ކަމުގެ ދައުވާއެވެ.ތަހްގީގް ކުރިފަރާތްތަކުން އަންދާޒާ ކުރާގޮތުގައި ސޮވްރިން ފަންޑުން މަދުވެގެން 4.5ބިލިއަން ޑޮލަރު،ނަޖީބް ރައްޒާޤް ގެ އަމިއްލަ އެކަންޓް ތަކެއްގެ އިތުރުން އޭނާއާއި ގާތް އެތައް ފަރާތްތަކެއްގެ އެކައުންޓަށް ފޮނުވާފައިވެއެވެ.ސީދާ ނަގީބް ރައްޒާޤްގެ އަމިއްލަ ، ނުވަތަ އާއިލީ ބޭފުޅުންގެ އެކައުންޓް ތަކަށް އެއްބިލިއަނަށް ވުރެ ގިނަ ޑޮލަރު ވަގަށް ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
ނަޖީބްގެ ލޯޔަރުން ބުނަމުން ދަނީ ނަޖީބް ކުށެއް ނުކުރައްވާކަމަށާއި ނަޖީބްގެ އެޑްވައިޒަރުން ނުރަގަޅު ލަފާއެރުވީ ކަމުގައެވެ.
2015 ވަނަ އަހަރު ހާމަވެގެންދިޔަ ވަންއެމްޑިބީ ޚިޔާނާތާއި ގުޅިގެން ނަޖީބް ރައްޒާގުގެ ސަރުކާރު ވެއްޓުނެވެ.އެޚިޔާނާތުގައި މެލޭޝިޔާގެ އިސްބައެއްފަރާތްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބައެއްފަރާތްތައްވެސް ޝާމިލުވެއެވެ.
އަންގާރަ ދުވަހުގެ ރޭ ނަޖީބް ރައްޒާގު ގެއަށް ގެނައުމުގެ ކުރިން އަގު ބޮޑު ނެއިބަރހުޑް އެއްގައި ހުންނަ ނަޖީބުގެ ގެޔަކީ ފެޑަރަލް ޖަލެއްގެ ގޮތުގައި ސަރުކާރުން އިއުލާން ކޮށްފައި ވެއެވެ.
ފާޑުކިޔާ ބައެއްފަރާތްތަކުން ބުނާގޮތުގައި އެހާބޮޑު ކުށްވެރިޔަކު މިގޮތަށް ގޭބަންދަށް ބަދަލު ކުރުމުން،ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތަށް ހުރަސް އެޅިގެންދާނެއެވެ. އަދި މިގޮތަށް ގޭބަންދަށް ބަދަލުކުރުމަކީ މެލޭޝިޔާގެ ގާނޫނު ހުއްދަދޭ ކަމެއް ނޫން ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
2009ވަނަ އަހަރުން 2018ވަނައަހަރަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާޤް ގެންދަވަނީ އޭނާ ކުށެއް ނުކުރައްވާކަމަށް ވިދާޅުވަމުންނެވެ.ނަމަވެސް ދެޝަރީއަތެއް ކުރެވި އޭނާގެ މައްޗަށް ކުށްސާބިތުވެފައި ވެއެވެ.ފުރަތަމަ ޝަރީއަތަށްފަހު 2020ވަނަ އަހަރު 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވުނެވެ.އެހުކުމާއި ގުޅިގެން 2022 ވަނަ އަހަރު ނަޖީބު ޖަލަށް ލެވުނު ނަމަވެސް އެޕީލް ކޮށްގެން ހުކުމް ދެބައިކުޅައެއްބައި ކުޑަކޮށްފައި ވެއެވެ.ހަތަރު އަހަރު ޖަލުގައި ހޭދަ ކުރައްވާފައިވަނިކޮށް ސެޕްޓެމްބަރުމަހު މެލޭޝިޔާގެ ރަސްގެފާނުވަނީ ޚާއްސަ މައާފެއް ދެއްވައި ހުކުމުގެ ބާކީ އޮތް ދެއަހަރު ގޭބަންދަށް ބަދަލު ކޮށްދެއްވާފައެވެ.
ރަސްގެފާނު ދެއްވި ޚާއްސަ މައާފްގެ ބަދަލެއްގެ ގޮތުން ނަޖީބްގެ ޕާޓީން 12މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުނު ކަމަށް ވެއެވެ.
ޚިޔާނާތާއި ފަސާދައިގެ އިތުރުމައްސަލަ ތަކެއްގައި ނަޖީބް ރައްގާގްގެ މައްޗަށް ޑިސެމްބަރ 2025 ގައިވެސް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.މިހުކުމް ތަންފީޒް ކުރައްވަން ފައްޓަވާނީ ގޭބަންދުގެ މުއްދަތު 2028ވަނަ އަހަރުގެ އޮގަސްޓްމަހު ހަމަވުމަށް ފަހުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް