އެމެރިކާގެ ހުރިހާ ފްލައިޓްތައް އެއްފަހަރާ ހުއްޓާލާފައި ހަތަރުގަޑިއެއްހާއިރު އޮތުމަށްފަހު ސްޓޮޕޭޖް ނިމުމަކަށް އައިސް އަލުން ފްލައިޓްތައް އުދުހެން ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ.
ދަތުރުތައް ހުއްޓާލަން ފަށާފައި ވަނީ އެމެރިކާގެ އީސްޓްކޯސްޓަށް ހުކުރުދުވަހު ހަވީރު ހަތަރެއްޖަހާ އެހާއިރުއެވެ. އެއާއެކު ހޭދަވި ހަތަރު ގަޑިއެއްހާއިރުތެރޭ ހަތަރު ހާހެއް ފްލައިޓް ގްރައުންޑް ކުރި ކަމަށް ޚަބަރުލިބެއެވެ.
ފްލައިޓްތައް ހުއްޓާލަން ޖެހުމުގެ އަސަރު އެތައް ދުވަހަކަށް ދެމިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ. އިތުރު ފްލައިޓް ތަކުން ޖާގަ ހޯދުމަށް ދެތިން ދުވަސްވެސް ނަގާނެ ކަމަށް ވެއެވެ.
ފްލައިޓް ތަކުގެ ސްޓޮޕޭޖް ކުރިޔަށް ދަނިކޮށް އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ އާއި ހޯމްލަންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވަނީ ނޫސްވެރިންގެ ބައްދަލް ވުމެއް ބާއްވަވާ ހަދިސާއާއި ބެހޭ މައުލޫމާތު ދެއްވާފައެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި މިކަން ހިނގީ ބާވެފައިވާ އެއާ ޓްރެފިކް ކޮންޓްރޯލް ސިސްޓަމް އެއްގެ ސަބަބުން ކުރިމަތިވި ޓެލެކޮމިޔުނިކޭޝަންސް މައްސަލަ އެއްގެ ސަބަބުންނެވެ. އަދި މިއީ ސައިބަރ އެޓެކެއްގެ ސަބަބުން ހިނގި ކަމެއްކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާކަމަށް ވިދާޅުވިއެވެ.
ފްލައިޓް ތައް ގްރައުންޑް ކުރަން ޖެހުމުން 10ހާހެއްހާ ފްލައިޓް ކެންސަލް ކުރަން ޖެހުނު ކަމަށް ފްލައިޓް ޓްރެކް ކުރާ ވެބްސައިޓް ”ފްލައިޓް ރާޑާ24“ އިން ބުނެފައި ވެއެވެ.މިގޮތުން ޑެލްޓާ އެއާލައިންސްއާއި އެމެރިކަން އެއާލައިންސުން ކޮންމެ އެއާލައިނަކުން 2،300 ފްލައިޓް ކެންސަލް ކޮށްފައިވާއިރު ޔުނައިޓަޑުން 1،800 ފްލައިޓް އަދި ސައުތުވެސްޓުން 1،400ފްލައިޓް ކެންސަލަ ކޮށްފައި ވެއެވެ.
މިއީ 2001 ވަނަ އަހަރު ކުރިމަތިވި ޓެރަރިސްޓް ހަމަލާއަށްފަހު އެންމެ ގިނަ ވަގުތަށް ފްލައިޓް ތައް ހުއްޓާލާފައި އޮތް ފަހަރެވެ.އަދި ދެންވެސް މިފަދަ ކަމެއް ހިގިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ހުރިހާ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ.
![]()
