ހުރުމުޒް ކަނޑުއޮޅި ކައިރިން ތެޔޮ އުފުލާ ހަތަރު ބޯޓަކަށް ހަމަލާތަކެއް ދީފި!

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި އެންމެ މުހިންމު އެއް ތެޔޮ ދަތުރުފަތުރުކުރާ މަގު ކަމުގައިވާ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި، ސުޕަޓޭންކަރެއް ހިމެނޭހެން ތެޔޮ އުފުލާ މަދުވެގެން ހަތަރު ބޯޓަކަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ. މި ހާދިސާތަކަކީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހިނގާފައިވާ ކަންކަމަށް ވުމުން، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާމެދު އާ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

އީރާނުގެ ކަނޑުގެ ސިފައިންނާއި އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނީ، މައިންތަކުގައި ޖެހުމާ ގުޅިގެން އެ ބޯޓުތަކުގައި އަލިފާން ރޯވި ކަމަށެވެ. އަދި އޭގެ ފަހުން އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެހެން ޓޭންކަރެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގި މިފަދަ ހަތަރުވަނަ ހާދިސާ ކަމަށް އެ ފަރާތުން ސިފަކޮށްފައިވެއެވެ.

އީރާނުން ތުހުމަތުކުރާ ގޮތުގައި އެ އުޅަނދުފަހަރު ދަތުރުކޮށްފައިވަނީ މަނާ ސަރަހައްދުތަކުގައެވެ. އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ކަނޑުއޮޅި ހުރަސްކުރުމުގެ ކުރިން އީރާނުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފައެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ އީރާނާއި، އެމެރިކާ އަދި އިސްރާއީލް ހިމެނޭ ގޮތަށް ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައެވެ. އީރާނުގެ އޮފިޝަލުން އިންޒާރު ދެއްވާފައިވަނީ ތެހެރާނުގެ ޝަރުތުތައް ވޮޝިންޓަނުން ގަބޫލުނުކުރާހާ ހިނދަކު، އެ ކަނޑުއޮޅީގެ ހާލަތު ހަނގުރާމައިގެ ކުރިން އޮތް ގޮތަށް ރުޖޫއަ ނުވާނެ ކަމަށެވެ.

ފަހަކަށް އައިސް ދެވުނު މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ދަތުރުފަތުރަށް އިތުރު ބުރޫއެރުންތަކެއް ކުރިމަތިވެ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް