ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އިންޝުއަރެންސް ދޭން ދެކޮޅުހަދައިފި!

Loading

Facebook
Twitter
WhatsApp

އީރާނުގެ ހަނގުރާމަ ކުރިއަށްދާ މިދަނޑިވަޅުގައި، ނުރައްކާތެރިކަން އިތުރުވަމުންދާ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކަށް އިންޝުއަރެންސް ދިނުމަށް ކުންފުނިތަކުން ދެކޮޅުހަދަމުންދާތީ، އެ ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ އުޅަނދުތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމެރިކާގެ އެންއެސްއައި އިންޝުއަރެންސް ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮސްކާ ސެއިކަލީ ވިދާޅުވީ، އެ ކުންފުންޏާއެކު މަސައްކަތްކުރާ އެއްވެސް އިންޝުއަރެންސް ކުންފުންޏަކުން އެ ކަނޑުއޮޅި ހުރަސްކުރުމާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުގެ ޒިންމާ ނަގަން ބޭނުންނުވާ ކަމަށެވެ.

އަދި ސަލާމަތީ ކަންކަން ރަނގަޅުވަންދެން އިންޝުއަރެންސް ކަވަރޭޖް ނުލިބޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. މީގެއިތުރުން، ކޮންމެ ވަގުތެއްގައި ވެސް މަސްރަޙު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އޮފިޝަލުން ދަޢުވާކުރާ ގޮތުގައި، ތެހެރާނުން ޣައިރުޤާނޫނީ ކަމަށް ކަނޑައަޅާފައިވާ ކަނޑުގެ މަގުތައް ބޭނުންކުރުމުގެ ސަބަބުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި ބާރަ އުޅަނދަށް ވުރެ ގިނަ އުޅަނދަށް ވަނީ ޙަމަލާދީފައެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބައިނަލްއަޤްވާމީ ގޮތުން ބޭނުންކުރާ މުހިންމު ކަނޑުގެ މަގެކެވެ. އުޅަނދުތަކަށް އިންޝުއަރެންސް ކަވަރޭޖް ދިނުމަށް ކުންފުނިތަކުން ދެކޮޅުހެދުމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ވިޔަފާރިއަށް އިތުރު ބުރޫއެރުންތަކެއް ކުރިމަތިވެ، ޝިޕިންގ ކުންފުނިތަކުން މި މަގު ބޭނުންކުރަން ފަސްޖެހި، ދަތުރުފަތުރުގެ ޚަރަދުތައް އިންތިހާއަށް އުފުލިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް