ބުދަދުވަހު ހެނދުނު ކޮލްކަތާ އެއާޕޯޓުން މުމްބާއީއަށް ދަތުރު ކުރަން އޮތް ބޯޓެއް ހައިޖެކް ކުރާނެކަމަށް ބުނެ ލިޔެފައިވާ ނޯޓެއް ބޯޓުގެ ފާޚާނާ ތެރޭން ފެނުމުން ބޯޓުން މީހުން ބާލާ ބޯޓާއި ފަސިންޖަރުން އަދި ލަގެޖް އަލުން ޗެކް ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.
ޚަބަރުތައް ބުނާގޮތުން ފާޚާނާތެރޭގައި ބާއްވާފައި އޮތް ނޯޓުފެނުމާއި އެކު ވަގުތުން ފަސިންޖަރުންބާލާއި އަދި ބޯޓުވަނީ ފުރަންވަންދެން އެކަހެރި ތަނަކަށް ގެންގޮސްފައެވެ.
ނޯޓު ފެނިފައިވަނީ ބޯޓުނައްޓާލާގަޑިވަރަށް ކައިރިވެފައިވަނިކޮށް ކަމަށް ވެއެވެ.ބޯޓު ނައްޓާލާގޮތަށް އޮތީ ހެނދުނު 10:20 ގައިކަމަށާ ބޯޓުނައްޓާލާތާ ގަޑިއެއްހާއިރުފަހުން، 11:10 ގައި ބޯޓު ހައިޖެކް ކުރާނެކަމަށް ނޯޓުގައިވާކަމަށް ޕީޓީއައި ރިޕޯޓް ކޮށްފައިވެއެވެ.ނޯޓުފެނުމާއި އެކު އޭރު ބޯޓަށް އަރާތިބި ހުރިހާ ފަސިންޖަރުން ބޯޓުން ބޭލިކަމަށް ވެއެވެ.އަދި ސެކިއުރިޓީ ޗެކްތައް ހެދުމަށް ބޯޓު އެވަގުތު އައިސޮލޭޝަން ބޭ އަކަށް ގެންގޮސް ހަމަޖެހިފައި އޮންނަ ސެކިއުރިޓީ ޕްރޮޓޮކޯލްއާއި އެއްގޮތްވާ ގޮތުގެ މަތިން ބޯޓުގެ ހުރިހާ ބައިތައް ރަގަޅަށް ޗެކް ކުރި ކަމަށް ވެއެވެ.
ފަހުން އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުން ބޯޓާއި ލަގެޖް އަލުން ބަލާފާސް ކުރުމުން އެފަދަ ކަމަކަށް ޝައްކު ކުރެވޭފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ.ފަސިންޖަރުން ބޯޓަށް އެރުމުގެ ކުރިންނާއި ބޯޓަށް އެރުމަށްފަހުވެސް އުޅުނު ގޮތް ބަލާ ސުވާލުވެސް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.ކަމާބެހޭ ސެކިއުރިޓީ އިދާރާތައް ގުޅިގެން ބޯޓު ޗެކް ކުރީ ބޯޓުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ރައްކާކޮށްފައި ވޭތޯއެވެ.
ސެކިއުރިޓީ ޗެކް ތަކާއި އެކުއެކީ، ބޯޓުން ފެނުނު ނޯޓު ލިއުނު ފަރާތެއް ހޯދުމުގެ މަސައްކަތްވެސް ފުހުންނާއި އެހެން ސެކިއުރިޓީ އޭޖެންސީ ތައް ގުޅިގެން ވަގުތުން ފަށާފައިވާ ކަމަށް ޚަބަރުލިބެއެވެ.
![]()
