މާލެއިން މީހަކު ގެއްލިގެން ހޯދަނީ

Loading

November 12, 2026
profile
Facebook
Twitter
WhatsApp

މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ، ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ)އެވެ.

އޭނާ ހޯދަން ފަށާފައިވަނީ، ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން ޢާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، ޢާއިލާއިން ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައި ނުވާކަމަށާއި، އެހެންކަމުން އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް