ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ގުޅީ ހެލްތު ސެންޓަރުން ހަރަކާތްތަކެއް ބާއްވަނީ

Loading

November 12, 2026
profile
Facebook
Twitter
WhatsApp

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި ކ. ގުޅީ ހެލްތު ސެންޓަރުން ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ގުޅީ ހެލްތު ސެންޓަރުން މަޢުލޫމާތު ދިންގޮތުގައި، ”މޯލްޑިވްސް ސްވިމް ފޯ ޑައިބެޓީސް“ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތައް ކުރިއަށްގެންދާނީ އެ ރަށު ޓޫރިސްޓް ބީޗުގައެވެ.

މި ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި މޫވް ޖަމިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން، އެމްއެންޑީއެފްގެ ފަރާތުން ކުރިއަށްގެންދާ ފެތުމާއި ކަސްރަތުގެ ހަރަކާތްތަކެއް ހިމެނެއެވެ.

މި ހަރަކާތުގައި ބައިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ލައިފްގާޑުންނާއި އެމްއެންޑީއެފް، އަދި ފުލުހުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ހަރަކާތްތައް ނިމުމުން ޞިއްޙަތަށް ފައިދާހުރި ހެނދުނުގެ ނާސްތާއެއް އޮންނާނެ ކަމަށާއި، ބައްޔާ ގުޅޭގޮތުން މަޢުލޫމާތުދީ، ލީފްލެޓް ބެހުމަށްވެސް ހަމަޖެހިފައިވާކަމަށް ގުޅީ ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ.

މި ހަރަކާތަކީ ދެ ޖިންސުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ހަރަކާތެކެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 06:30 ގައި ކަމަށްވެސް ކ. ގުޅީ ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް