އެމެރިކާގެ އައު ރައީސް ބައިޑެންގެ ސަރުކާރު - މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވާނީ ކިހިނެއް؟

Loading

Facebook
Twitter
WhatsApp

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އިންތިޚާބު ކާމިޔާބު ކުރިއިރު އެމީހުންގެ އެތަކެއް ރިޔާސީ ވައުދުތަކަކާއި ވަނީ ޚިލާފުވެފައެވެ. ސަބަބަކީ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރުމަށް ހޭދަކުރި ވަގުތަށް ވުރެ އިންޑިއާއާއި، އެމެރިކާ އަދި ސަޢުދި ޢަރަބިއްޔާ ރުހޭ ގޮތަށް ކަން ކުރުމަށް ހޭދަވި ވަގުތު ގިނަވުމެވެ. މި ތިން ޤައުމަކީވެސް ކުދި އާބާދީ ތަކަށާއި ސިޔާސީ ގޮތުން އިދިކޮޅު ނުވަތަ ޚިޔާލު ތަފާތު ފަރާތްތަކާއި ދޭތެރޭ އިންސާނީ ޙައްޤުތަކާއި ޚިލާފުވާ ގޮތްގޮތަށް ކަންކަން ކުރުމުގެ ރިކޯޑު އޮތް ތިން ޤައުމެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބޭއްވުނު ބަހުސް ތަކުގައި ޓްރަމްޕު ސަޢުދީއާއި ދެކޮޅަށް ބަސްބުނަމުން ދިޔަ ފަދައިން ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕ ގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަޢުދީއާއި އިދިކޮޅުކަން ހާމަކުރައްވާ ވާހަކަ ދައްކާފައެވެ. ނަމަވެސް ޓްރަމްޕަށް ދެން ފެނުނީ ތެލުގެ ވިޔަފާރިން ލިބޭ ރުފިޔާގެ އަގެވެ.

ސަޢުދީއާއި ރާއްޖޭގެ ކަންކަން ބަލަމުންދިޔަ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ކާމިޔާބު ކުރުމާއެކު އެމެރިކާގައި ތިބި ސަޢުދީގެ ގާތް ފަރާތަކުގެ އެހީތެރިކަމާއިއެކު އެމްޑީޕީގެ ވެރިން އުމްރާކުމުގެ ނަމުގައި ސަޢުދީއަށް ގެންދިޔައެވެ. އެ މީހުން ދަތުރުކޮށްފައިވަނީ ސަޢުދީއިން ސްޕޮންސަރ ކޮށްފައިވާ ޕްރައިވެޓް ޖެޓެއްގައި ކަމަށްވާތީ މި މީހުންގެ އަސްލު މަޤްސަދު ފޮރުވުމަށްޓަކައި ކޮށްފައިވާ މަސައްކަތުގެ ދޯދިޔާކަން ހާމަ ވެގެންދެއެވެ.

އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ ސަޢުދީއާއި ދޭތެރޭ ދެކެމުންއައި ގޮތް ބަދަލު ވެއްޖެކަމަށް ބުނެ ނަޝީދު ވަނީ ޓްވީޓް ކޮށްފައެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ ސަޢުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން ސްޕޮންސަރ ކުރި ޕާޓީއެއްގައި އެމްޑީޕީގެ ވެރިން މަޖާކުރަމުންދިޔަ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. އެއީ ވޮށިންގްޓަން ޕޯސްޓްގެ ޖޯނަލިސްޓް ޖަމާލް ކަށޯއްގި ނަމަކަށް ކިޔާ އެމެރިކާގެ ރައްޔިތެއް މަރާލުމުގައި ޕްރިންސް މުޙައްމަދު ބިން ސަލްމާން ސީދާ ގޮތެއްގައި ބައިވެރިވި ވެފައިވާކަމަށް ސީއައިއޭއިން ދައުވާކުރަމުން ދިޔަ ދުވަސްވަރުވެސްމެއެވެ.

އިންތިޚާބުގެ ކުރިން ރައްޔިތުން ތިބީ އެމްޑީޕީ ސަރުކާރުގެ ފަރާތުން ނޫސްވެރިންގެ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް އިތުރު ވަރުގަދަ ފިޔަވަޅު ތަކެއް އެޅުން ފަދަ ރަނގަޅު ބަދަލުތަކެއް ފެނިގެން ދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ރައްޔިތުން އުއްމީދު ކޮށްގެން ތިބި ގޮތާ ޚިލާފަށެވެ. ރައްޔިތުން އިންތިޚާބު ކުރި ވެރިން ފެނިގެން ދިޔައީ ޗޭނު ކީހެއް ބޭނުން ކޮށްގެން އަނިޔާކޮށް، މަރާލެވުނު މައުސޫމް ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވި ފަރާތްތަކާއެކު ޕާޓީކޮށް މަޖާކުރަމުން އެމީހުންނާއެކު ސެލްފީ ނަގަމުން ދަނިކޮށެވެ. ކަންތައްތައް އިތުރަށް ގޯސް ކުރުމަށްޓަކައި މި ނޫސްވެރިޔާ މަރާލެވިފައިވަނީ ތުރުކީގައި އޭނާގެ ވާން އުޅޭ އަންހެނުންނަށް ރަންކިޔުމުގެ ކަންކަން ކުރިޔަށް ދިޔަ ތުރުކީގައި ހުންނަސަޢުދީގެ އެމްބަސީ ތެރޭގައެވެ.

ޓްރަމްޕު ވެރިކަމުގައި ހުރެ އޭނާ ފަދަ އޭނާގެ ގާތް އެހެނިހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައިރު އެމްޑީޕީގެ ތެރެއިން ޓްރަމްޕަށް ވަނީ އައު ރަހުމަތްތެރިން ލިބިފައެވެ. މި ހުރިހާ ޤައުމުތަކުގެ ވެރިންގެ މެދުގައި އޮންނަ ގުޅުމަކީ އިތުބާރު ކުރެވޭ ރަހުމަތްތެރިކަމެއް ނޫނެވެ. އެހެނެއްކަމަކު މިވެރިންގެ މެދުގައި އެކަކު އަނެކަކު ކުރަމުންދާ ނުރަނގަޅު ކަންތައްތަކަށް ހިތްވަރުދީ ސިއްރިއްޔާތުގައި ނުވަތަ އެންމެ ގަދަ ބާރު ކަމަށްވާ އެމެރިކާގެ އަމުރު ތަކާއި އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުންތެރިކަމަކީ މިވެރިންގެ މެދުގައި އޮންނަ ގުޅުމުގެ އަސްލު މަޤްސަދެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޓްރަމްޕާއި ގާތް ފަރާތްތަކާއި، އިންޑިއާ، ސަޢުދީ އަދި އިސްރާއީލުންވެސް މަޑުމަޑުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބޮޑުބައެއްގެ ކޮންޓްރޯލް ވަނީ ނަގާފައެވެ. އެކި ޤައުމުތަކުގެ އެހީތެރިކަމާއެކު ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދާފައިވެއެވެ. އެންމެފަހުން މި ހުރިހާކަމަކާއެކު މި ބައިމީހުންނަށް އެންމެ އިތުބާރު ކުރެވޭ ކެނޑިޑޭޓު، އެމްޑީޕީގެ ތެރެއިން އިތުރަށް ބާރުވެރި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން އަމިއްލަ ސަޕޯޓަރުންގެ އިތުބާރު ގެއްލިފައިވާ ކުދި ކޯލިޝަން ޕާޓީ ތަކުގެ ނުފޫޒާއި ބާރު ދަނީ ދަށްވަމުންނެވެ.

ކޮންމެއަކަސް އެމެރިކާގެ އިންތިޚާބު އެ ޤައުމުގެ ޑިމޮކްރެޓިކް ޕާޓީއިން ކާމިޔާބުކޮށްފައި ވާއިރު، މުޙައްމަދު ނަޝީދު، އިބްރާހިމް މުޙައްމަދު ސޯލިހް އަދި ޢަބްދުﷲ ޝާހިދު، އެ މީހުންގެ ނުރަނގަޅު ކަންތައްތައް ދޫކޮށްލަފާނެ ބާވައެވެ؟

އެގޮތަށް ކަންތައް ކުރުމަށް ބޭނުން ނުވި ކަމުގައި ވިޔަސް އިތުރު ގޮތެއް އޮތް ކަމަކަށް ނުފެނެއެވެ. ބައިޑެންގެ ސަބަބުން ސަޢުދީގެ ޕްރިންސް ހާސްވެފައިވާ މިންވަރު ފެނިފައި ތަޞައްވުރު ކުރެވެނީ އަންނަން އޮތް ދުވަސް ތަކުގައިވެސް ވޮޝިންގްޓަންގެ ޑިމޮކްރެޓިކުންނަށް އެމްޑީޕީއިން މަރުޙަބާ ކިޔަމުންދާނެ މިންވަރެވެ. އެމްޑީޕީގެ ލީޑަރުން މިހާރު ތިބީ މެދު އިރުމަތީގައާއި އޭޝިއާގައި ޓްރަމްޕަށާއި އޭނާގެ ގާތް ފަރާތްތަކަށް އެމްޑީޕީއިން އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ގާތްކަމުގެ މިންވަރު، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ފަރާތްތަކަށް ފަހަރެއްގައި ނޭނގި ހިނގައިދާނެ ކަމުގެ އުންމީދުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް