އަފްޣާން ޔުނިވަރސިޓީގެ އެންޓްރީ ޓެސްޓުން އެންމެ މަތިން ފާސްވި ދަރިވަރު ތުރުކީއަށް ފުރައިފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާންގެ ޤައުމީ ޔުނިވަރސިޓީގެ އެންޓްރެންސް އެގްޒަމިނޭޝަނުން އެއްވަނަ ހޯދީ އަފްޣާނަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެކެވެ. މި ދަރިވަރު ވަނީ މިދިޔަ ހުކުރު ދުވަހު، މެޑިކަލް ސްޓަޑީޒް ކިޔެވުން ފެށުމަށް އިސްޓާންބުލް އަށް ފުރާފައެވެ.

ކޯލް މައިންރެއްގެ އަންހެން ދަރި، ޝަމްސިއްޔާ އަލީޒާދާއަށް ވަނީ އޭނާއަށް އެންމެ މަޤުބޫލު އެންމެ ކިޔަވާ ހިތްވާ މާއްދާއަކުން ކުރިޔަށް ދިއުމަށް އިސްޓާންބުލްގައި ހުންން ސެރަޕަސާ މެޑިކަލް ފެކަލްޓީއިން ސްކޮލަރޝިޕް ދީފައެވެ. މީގެ އިތުރުން އޭނާއަށް ވަނީ ޕްރެޒިޑެންސީ ފޮރ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިޔުނިޓީ، ސެންގިޒް އަޔިޑެމިރް، ކާބުލްގައި ހުންނަ ތުރުކީ އެމްބަސީގެ އެޑިއުކޭޝަން ކައުންސިލަރގެ ފަރާތުންވެސް ސްކޮލަރޝިޕެއް ލިބިފައެވެ.

”އަހަރެން މިހުންނަނީ ވަރަށް އުފަލުން ތުރުކީއަށް ގޮސް ކިޔަވައިގެން އެނބުރި ޤައުމަށް އައިސް ހަރުދަނާ ޑޮކްޓަރެއް ގޮތުގައި ޚިދުމަތްކުރުމުގެ އުއްމީދުގަ“، ތުރުކީއަށް ފުރުމަށްޓަކައި ފްލައިޓަށް އަރުމުގެ ކުރިން ޝަމްސިއްޔާ ބުންޏެވެ.

ހަމަނުޖެހުންތަކުގެ ބިރުވެރިކަމާއި އިންތިހާ ދަރަޖައިގެ ފަގީރުކަމާއި އިޖްތިމާޢީ އެތަކެއް ގޮންޖެހުންތަކެއްގެ ތެރޭގައި ކިޔެވުމަށްފަހުވެސް އަފްޣާންގެ ފުރާވަރުއުމުރުގެ މި އަންހެން ކުއްޖާ ވަނީ 360އިން 353 މާރކްސް ހޯދާ ޓެސްޓުން %98ގެ ފާހެއް ހޯދާފައެވެ. އެހެންކަމުން އޭނާ ވަނީ ހަމަނުޖެހުންތަކާއި ހަނގުރާމަ މުޅި ޤައުމުގެ އެކި ކަންކޮޅުތަކުގައި އޮތް ޤައުމަކުން އިމްތިހާނުގައި ބައިވެރިވި 170,000 ދަރިވަރުންގެ ތެރެއިން ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައެވެ.

އުމުރުން 18އަހަރުގެ މި އަންހެން ކުއްޖާއަކީ އަފްޣާނިސްތާންގެ ކުޑަ އަވަށެއް ކަމުގައިވާ ހަޒާރާއަށް ނިސްބަތްވާ ކޯލް މައިނަރެއްގެ ދަރިޔެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް