ދަތި އުދަނގޫ ހާލަތް ތަކުގައި ވެސް އުފާވެރިކަން ހޯދޭނެ ސިއްރުތަކެއް ކަމުގެ މާހިރުން ހާމަ ކޮށްފި

ބައެއް ފަހަރު ދަތި އުދަނގޫ ހާލަތްތަކުގައި އިހުސާސް ކުރެވޭ ހާސް ކަމާ ނުތަނަވަސް ކަން ކިތަަންމެ ބޮޑުވި ކަމުގައި ވިޔަސް، އެ އިހުސަސްތަކުން އަރައިގަނެ އުފާވެރިކަން ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެން  އުފާވެރިކަމުގެ 3 މާހިރުންނާ ވަހަކަ ދެއްކީމެވެ. އޭގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ އުއްމީދު ކުޑަ ވާ ވަގުތު ތަކުގައި ވެސް ހިތްހަމަ ޖެހުން ލިބިގަންނާނެ ގޮތުގެ އިރުޝާދު ދިނެވެ. ”ހެޕިފައި ހެލްތް“ ނަމަކަށް ކިޔާ ކުންފުނިއެއްގެ އިސް ސައިންޓިސްޓު، ޑރ އަކޭޝާ […]

އިގްތިސާދީ ކާރިސާގެ ވަގުތުގައި ރާއްޖެއިން ބޭރަށް ކުރާ އަގުބޮޑު ދަތުރުތަކަކީ ފައިދާހުރި ދަތުރުތަކެއްތޯ؟

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ފޮރިން  މިނިސްޓަރުންގެ ކައުންސިލްގެ 47 ވަނަ ސެޝަންގެ ހަވާސާގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުންނާއި ބައްދަލު ކުރެއްވިއެވެ.  ވަރަށްގިނަ ސަރުކާރުތަކުން ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް، އިސްލާމީ ދުނިޔޭގައި އޯ.އައި.ސީ މަޝްހޫރުވެފައިވަނީ މުސްލިމުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައެވެ. އެ ޖަމްޢިއްޔާ އުފައްދާފައިވަނީ އިސްލާމީ ދުނިޔެ ހުވަފެންދެކިދެކި ތިބޭގޮތަށް ފަރުމާކޮށްގެންނެވެ. މިކަން މިހެން އޮތްއިރު ހަގީގަތަކީ ދުނިޔޭގެ ހުރިހާ ދިމާއަކުންވެސްފެންނަނީ  […]

ޖޯ ބައިޑަން ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓަކަށް ވީ ކީއްވެ؟

ޓްރަމްޕަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނުއިރު، ޓްރަމްޕަކީ އަޅުގަނޑުމެން  މިކިޔާ ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓެއް ނޫނެވެ. އަދި  ސިޔާސީ ބޭފުޅެއްވެސް ނޫނެވެ. ”އެސްޓަބްލިޝްމަންޓު“ ކެންޑިޑޭޓަކީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ސިޔާސީ މަގާމުތަކުގެ ތަޖުރިބާ ލިބިފައިވާ، ވޯޓުލާންތިބި މީހުންނާއި ރަނގަޅަށް  މުޢާމަލާތުކޮށް ހެޔޮގޮތް ވިސްނައިދިނުމުގެ ގާބިލުކަން ހުންނަ ސިޔާސީ ބޭފުޅުންނެވެ. އެހެންނަމަވެސް، އެބޭފުޅަކު ބާރުލިބިދޭ މަގާމަކަށް ވަޑައިގެންނެވުމުން، އެބޭފުޅަކު މަސައްކަތް ކުރައްވަނީ ބޮޑެތި ކުންފުނިތަކާއި، ބޭރުގެ މިލިޓަރީ ބާރުތަކުގެ އެދުންތަކާއި އެއްގޮތަށެވެ. ނުވަތަ  އެބޭފުޅުން […]

ސަޢޫދީ ވަލީ އަހުދާއި ނަތަންޔާހޫއާއި ބައްދަލު ކުރެއްވިބާ؟

އިޒުރޭލުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ސަޢޫދީ ވަލީ އަހުދު މުޙައްމަދު ބިްނ ސަލްމާނާއި ނަތަންޔާހޫއާއި ސިއްރިޔާތުގައި ބައްދަލު ކުރައްވައިފިއެވެ.  މިއީ ތެދު ޚަބަރެއްނަމަ، މިއީ ބޮޑުވަޒީރު ފަދަ އިޒްރޭލުގެ އިސް އޮފިޝަލަކު ސަޢޫދީ އަރަބިއްޔާގެ އިސް އޮފިޝަލަކާއި ބޭއްވި ފުރަތަމް ބައްދަލުވުމެވެ. މި ކަމުން ދޭހަކޮށްދެނީ މިދެގައުމުގެ ގުޅުން ބަދަހިވަމުންދާ މިންވަރެވެ. މިވާހަކައެއް އިވިގެން މިދިޔައީ އިޒްރޭލާއި ސުންނީ އަރަބި ގައުމެއް ކަމަށްވާ ސަޢޫދީ އަރަބިއްޔާއާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުން ގާއިމުކުރަން އުޅޭ ވާހަކަ ދެކެވެމުންދާ […]

ވަރަށް ގިނަ މުސްލިމް ގައުމުތައް ހިމެނޭހެން 13 ގައުމަކަށް ވިސާދޫކުރުން ޔޫ.އޭ.އީން މަޑުޖައްސާލައިފި.

 13  ގައުމެއްގެ ރައްޔިތުންނަށް ވިސާދޫކުރުން ޔުނައިޓެޑު ޢަރަބް އެމިރޭޓްސް(ޔޫ.އޭ.އީ) އިން މަޑުޖައްސާލައިފިއެވެ. އެގައުމުތަކުގެ ތެރޭގައި ގިނައިން ހުރީ އީރާން، ސީރިއާ، ތުރުކީ، ސޯމާލިއާ ފަދަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކެވެ.

ދެވަނަ ބައި – ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތް ގުޅިގެން ކުރަންއުޅުނު މަސައްކަތްތައް އަތަށް ގޮވަނީ – ދިރާސާ

ތުރުކީއާއި ދެކޮޅަށް ޔޫއޭއީއާއި ފަރަންސޭސި ވިލާތާއި ގުޅިގެން ފަރަންސޭސި ވިލާތުން ދެކެނީ ޔޫ.އޭ.އީއަކީ ވިޔަފާރިއާއި ތެލަށް އިންވެސްޓު ކުރުމަށް މުހިއްމު ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޔޫ.އޭ.އީއަކީ ގަލްފުގެ ގައުމުތަކުގެ ތެރއިން ފަރަންސޭސި ވިލާތުގެ ސިފައިން ތިބޭ ދާއިމީ ބޭސްއެއް ގާއިމުކޮށްފައިވާ ގައުމެކެވެ. 1995 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެތާނގައި ގިނަ އަދަދެއްގެ ފަރަންސޭސި ސިފައިން ތިބެއެވެ.  ޔޫ.އޭ.އީ އަށް ހަމަލާއެއް އަތުވެއްޖެނަމަ، އެފަރާތަކާއި ދެކޮށް ވަގުތުން ރައްދު ދިނުމަށް 2009 ވަނަ އަހަރު […]

ޕޮމްޕެއޯގެ ޒިޔާރަތަކީ ނުރައްކާތެރި ކަންތައްތަކެއްގެ ފެށުމެއް: ފަލަސްތީނުގެ ބޮޑު ވަޒީރު.

ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު ޝަތައްޔާހު ވިދާޅުވި ގޮތުގައި މިއަންނަ ހަފްތާގައި އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓް، އިޒުރޭލުން ގާނޫނުތަކާއި ޚިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތަކީ ނުރައްކާތެރި ކަންތައްތަކެއްގެ ފެށުމެއްކަމަށް ވެދާނެ ކަމަށެވެ.  މައިކު ޕޮމްޕެއޯ އަކީ މިފަދަ އަވަށަކަށް ޒިޔާރަތް ކުރާ އެމެރިކާގެ ފުރަތަމަ ސެކެއްޓަރީ އޮފް ސްޓޭޓެވެ. މިފަދަ ޒިޔާރަތަކީ ބައިނަލް އަގުވާމީ މުޖުތަމަޢުގައި ގާނޫނާއި ޚިލާފަށް ކުރާ ކަންކަމުގައި ކަނޑައަޅާފައިވާ ކަންކަމެވެ.  މައިކު ޕޮމްޕެއޯ ވަނީ އެމެރިކާއިން […]

ކޮވިޑުގެ ބަލިމަޑުކަމަށްފަހު، އެކުގައި މަސައްކަތް ކުރުމަށް އިންޑިއާ އާއި ސައޫދީން ނިންމައިފި

2020 ވަނައަރުގެ ޖީ 20ގެ ރައީސްގެ ހައިސިއްޔަތުން، ސައޫދީންވަނީ ، އެގައުމު އެންމެ އިސްކަންދޭކަމަކީ އެގައުމުގެ ރައްޔިތުންގެ ސިއްހަތާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުންކަން ސާބިތުކޮށްދީ، ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ކަމުގައި އިންޑިއާއިން ސަޢޫދީއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަޔޫސަފް ސައީދު ވިދާޅުވެއްޖެއެވެ.  އަރަބި ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އިންޑިއާގެ ސަފީރު ވިދާޅުވީ، “ އެމީހުންވަނީ ސިއްހީ ޕްރޮޓޮކޯލްތަކަށް ވަރަށް ބޮޑަށް ބަލައިގެން، ވަރަށް އާދަޔާއި ޚިލާފު ހާލަތެއްގައި، ހައްޖުގެ ކަންކަން ވަރަށް […]

ސީރިޔާގެ އިންތިގާލީ ސަރުކާރުގެ ވަފުދެއް ތަލްއަބްޔާދަށް ޒިޔާރަތްކޮށްފި

ސީރިޔާގެ އިންތިގާލީ ސަރުކާރު ނުވަތަ ސީރިޔާގެ އިނދިކޮޅު ފަރާތްތަކުގެ ވަފުދެއް ހޯމަދުވަހު ތަލްއަބްޔާދު ސިޓީއަށް ޒިޔާރަތްކޮށްފިއެވެ.  ސީރިޔާގެ އުތުރުގެ މި އަވަށް ނިރުބަވެރިންގެ އަތުން އަތުލީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 13 ގައި ތުރުކީގެ ”އޮޕެރޭޝަން ޕީސް ސްޕްރިން“ ގެ ދުވަސްވަރުއެވެ.  މި ސިޓީއަށް ޒިޔާރަތްކުރި މިވަފުދުގައި ހިމެނެނީ އިނދިކޮޅު ކޯލިޝަންގައި ހިމެނޭ ގަްރޫޕުތަކާއި ގުޅިފައިވާ ފަރާތްތަކެވެ. މިގޮތުން އިންތިގާލީ ސަރުކާރުގެ ދިފާޢީ ވަޒީރު ސާލިމް އިދުރީސް އާއި ސީރިއާގެ ނެޝެނަލް އާމީގެ އިސް އޮފިޝަލުން […]

އަފްޣާނިސްތާނާއި އިރާގުން އިތުރު ސިފައިން ބޭލުމަށް ޓްރަމްޕު ނިންމަނީ

ދިގުދެމިގެންދާ ހަނގުރާމަތަކުގައި ބައިވެރިވުމާއި، ބޭރުގައުމުތަކުގައި އެމެރިކާގެ ސިފައިން ތިބޭތިބުމަށް އެމެރިކާގެ ރައީސް ފާޑުވިދާޅުވަމުން ގެންދަވާތާ އެތަކެއް ދުވަސް ވެއްޖެއެވެ.  އެމެރިކާގެ މިލިޓަރީން އުއްމީދުކުރަނީ ޖަނަވަރީ 20 ވަނަދުވަހު ކޮމާންޑަރ އިން ޗީފު ވައިޓު ހައުސްއިން ނުކުމެ ވަޑައިގަތުމުގެ ކުރިން އަފްޣާނިސްތާނާއި އިރާގުން އިތުރު ސިފައިން ބޭލުމަށް ރައީސް ޑޮނަލްޑު ޓްރަމްޕު އަމުރުކުރައްވާނެކަމަށެވެ.  ސީ.އެން.އެން ރިޕޯޓުތައް ބުނާގޮތުން، މިހަފްތާގެ ތެރޭގައި ޓްރަމްޕުގެ އަމުރު ނެރޭނެކަމަށް ބެލެވޭއިރު، ޕެންޓަގަނުން ވަނީ މިހާރު ”އިންޒާރުގެ އަމުރު“ ގެ ނަމުގައި ނޯޓިސްއެއް ނެރެފައެވެ.  […]