ތުރުކީން ލީބިޔާގެ ކަނޑުގެ ސިފައިންނަށް ފެނުއަޑީގައި ހަނގުރާމަކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީންތަކެއް ދީފި

Loading

Facebook
Twitter
WhatsApp

ތުރުކީގެ ސިފައިން ލީބިޔާގެ ކަނޑުގެ ސިފައިންނަށް ފެނުއަޑީގައި ހަނގުރާމަކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް  ފަސް ހަފްތާގެ ތަމްރީން ޕްރޮގްރާމެއް  ހިންގައިފިކަމަށް ތުރުކީގެ ދިފާޢީ ވުޒާރާއިން ޚަބަރު ދީފިއެވެ. 

މި ހަރަކާތަކީ ތުރުކީއާއި ލީބިޔާއާއި ދެގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގުނު ހަރަކާތެއްކަމަށް އޮފިޝަލުން ވިދާޅުވިއެވެ. 

 ތުރުކީގެ ދިފާޢީ ވުޒާރާއިން ނެރުނު ސްޓޭޓްމަންޓެއްގައި ވިދާޅޫވެފައިވަނީ ތުރުކީއާއި ލީބިޔާއާއި ގުޅިގެން ހިންގި ތަމްރީންތަކަކީ މިލިޓަރީ ތަމްރީނާއި, ދެގައުމުގެ އެއްބާރުލުމާއި ކޮންސަލްޓެްންސީ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. 

މީގެ އިތުރުން, ކޯސްޓް ގާޑު ބޯޓުތަކުގެ ތަމްރީން ޑިސެންބަރު 20ން ފެށިގެން 6 ހަފްތާ ވަންދެން ކުރިއަށް ގެންދާނެކަމުގައި އެ ސްޓޭޓްމަންޓުގައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް