ދަތި އުދަނގޫ ހާލަތް ތަކުގައި ވެސް އުފާވެރިކަން ހޯދޭނެ ސިއްރުތަކެއް ކަމުގެ މާހިރުން ހާމަ ކޮށްފި

Loading

Facebook
Twitter
WhatsApp

ބައެއް ފަހަރު ދަތި އުދަނގޫ ހާލަތްތަކުގައި އިހުސާސް ކުރެވޭ ހާސް ކަމާ ނުތަނަވަސް ކަން ކިތަަންމެ ބޮޑުވި ކަމުގައި ވިޔަސް، އެ އިހުސަސްތަކުން އަރައިގަނެ އުފާވެރިކަން ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ.

އަހަރެމެން  އުފާވެރިކަމުގެ 3 މާހިރުންނާ ވަހަކަ ދެއްކީމެވެ. އޭގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ އުއްމީދު ކުޑަ ވާ ވަގުތު ތަކުގައި ވެސް ހިތްހަމަ ޖެހުން ލިބިގަންނާނެ ގޮތުގެ އިރުޝާދު ދިނެވެ.

”ހެޕިފައި ހެލްތް“ ނަމަކަށް ކިޔާ ކުންފުނިއެއްގެ އިސް ސައިންޓިސްޓު، ޑރ އަކޭޝާ ޕާރކްސް ވިދާޅުވާ ގޮތުގައި އުފާވެރިކަން ދެ ބަޔަކަށް ބަހާލެވިދާނެ އެވެ.

”އެންމެ ފުރަތަމަ ބަޔަކީ އިހުސާސްތަކުގެ ބައެވެ- އެއީ އަބަދު ރަނގަޅު އިހުސާސްތައް ކުރެވުމެއް ނޫނެވެ. ނަމަވެސް އެއީ ނުރަނގަޅު އިހުސާސްތައް ކުރެވޭ ވަރަށް ވުރެ ގިނައިން ރަނގަޅު، އުފާވެރި އިހުސާސްތައް ކުރެވުމެވެ.“ އޭނާ ކިޔައިދިނެވެ.

”ދެވަނަ ބަޔަކީ ވިސްނުމެވެ- މިސާލަކަށް ތިމާގެ ޙަޔާތާ މެދު ތިމާ ދެކޭ ގޮތެވެ. ތިމާގެ ޙަޔާތާ މެދު ވިސްނާލުމުން ދިރިއުޅުމުގެ ކަންތައް ދަނީ ރަނގަޅަށް ކަމަށް ވިސްނޭ ހެއްޔެވެ؟“ އަކޭޝާ ވިދާޅުވިއެވެ. ”އުފާވެރިކަން އިތުރުކުރުމުގެ މާނަ އަކީ މިދެކަމުން ކުރެ ކަމެއް ނުވަތަ ދެކަން އިތުރުކުރުމެވެ.“

އެމެރިކާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ އެސޮސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޑރ މާރކް ހޯލްޑަރ ވިދާޅުވާ ގޮތުގައި އުފާވެރިކަންއިތުރުވުމުން ޖިސްމާނީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެން ދެއެވެ. ”އުފާވެރި މީހުންގެ ޢުމުރު 7.2 އަހަރަށް އިތުރުވެއެވެ.“ ޑރ ހޯލްޑަރ ވިދާޅުވިއެވެ. ”އެމީހުންނަށް ދިރި އުޅެވެނީ ހަމައެކަނި އިތުރު 7.2 އަހަރަކަށެއް ނޫނެވެ. 7.2  އުފާވެރި އަަހަރަށެވެ.“

ކޮންމެ ދުވަހަކު ވެސް ހިނގާ ކުދި ކުދި އުފާވެރި ވަގުތު ކޮޅުތައް ވީހާވެސް ބޮޑަކަށް ލިބިގަތުމަށް ޑރ އަކޭޝާ އިރުޝާދު ދެއެވެ. އޭރުން މަޑުމަޑުން ތިމާގެ އުފާވެރިކަން އިތުރު ވެގެންދެއެވެ.

”ތަންކޮޅެއް ބުރަކޮށް އުޅޭ ހެނދުނެއްގައި އަހަރެން އީމެއިލް ތައް ބެލުމުގައި ކޮފީ ބޯން އިނދެދާނަމެވެ. ނަމަވެސް ކޮފީ ބުއިމަކީ މުޅި ދުވާލުގަވެސް އަހަރެން އެންމެ ގަޔާވާ ވަގުތު ކޮޅެވެ. އީމެއިލްތައް ބަލަމުން އެކަން ކުރަންޏާ، ހަމައެކަނި އިށީންދެ އިދެ ކޮފީ ބޯއިރު އިހުސާސް ކުރެވޭ ވަރަށް އުފާވެރިކަން ނުލިބިދާނެ އެވެ. ކަމެއް ކުރުމުގެ އުފާވެރިކަމާ ފޮނިކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ފަހަރަކު ކަމެއް ކޮށްގެންނެވެ.“ އަކޭޝާ ވިދާޅުވިއެވެ.

”ދަ ހެޕިނެސް ޕްރޮޖެކްޓް“ ގެ ލިޔުންތެރިޔާ، ގްރެޗެން ރުބިން ވިދާޅުވާ ގޮތުގައި އެހެންމީހުންނާ އޮންނަ ގުޅުން ވަރުގަދަ ވުމަކީ ވެސް ތިމާގެ އުފާވެރިކަން އިތުރު ކޮށްދޭ ކަމެކެވެ. ”އުފާވެރި ދިރިއުޅުމެއްގެ އެންމެ ބޮޑު ސިއްރަކީ ތިމާއާއި އެހެން މީހުންނާ އޮންނަ ގުޅުން ކަމަށް ކުރީގެ ފަލްސަފާވެރިންނާއި އަދުގެ ސައިންޓިސްޓުން ވެސް އެއްބަސް ވެއެވެ.“ ރުބިން ވިދާޅުވިއެވެ.

”އުފާވެރި ދިރިއުޅުމަކަށްޓަކައި އަހަރެމެން އެހެން މީހުންނާ ވަރުގަދަ ގުޅުމެއް ބާއްވަން ޖެހެއެވެ. އެކަކު އަނެކަކާ ގުޅިފައި ވާ ކަމުގެ އިޙުސާސް ކުރެވެން ޖެހެ އެވެ. އެހެން މީހުން ގެ އެހީ ތެރިކަން ތިމާއަށް ލިބިގެންދާ ފަދައިން ތިމާގެ ފަރާތުން ވެސް އެހެން މީހުންނަށް އެހީތެރިކަން ފޯރު ކޮށްދޭން ޖެހޭނެ އެވެ.“

އުފާވެރިކަމުގެ މާނަ އެކި މީހުންނަށް އެކި ގޮތްގޮތަށް ގަބޫލު ކުރެވެ އެވެ. އެހެންކަމުން އުފަވެރިކަން ހޯދުމަށް ވެސް އެތައް ގިނަ ގޮތްތަކެއް ބޭނުން ކުރެވިދާނެ އެވެ.

”އެކި މީހުންނަށް އުފާވެރިކަން ބޭނުންވާ މިންވަރާއި ގޮތްތައް ތަފާތު ވާނެ އެވެ. އެހެން ކަމުން ކޮންމެ މީހަކު ވެސް އަމިއްލަ މިޒާޖާއި، ހިތް އެދޭ ކަންތައް ތަކާއި، ބެނުންވާ މިންވަރުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.“ ރުބިން ވިދާޅުވިއެވެ. ”ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ކުރިމަގު ޚިޔާރު ކުރަން ޖެހޭނެ އެވެ.“ ރުބިން ވިދާޅުވިއެވެ. ”އަދި އަމިއްލަ އުފާވެރިކަން ހޯދަން ޖެހޭނެ އެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް