ސަޢޫދީ ވަލީ އަހުދާއި ނަތަންޔާހޫއާއި ބައްދަލު ކުރެއްވިބާ؟

14

އިޒުރޭލުގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ސަޢޫދީ ވަލީ އަހުދު މުޙައްމަދު ބިްނ ސަލްމާނާއި ނަތަންޔާހޫއާއި ސިއްރިޔާތުގައި ބައްދަލު ކުރައްވައިފިއެވެ. 

މިއީ ތެދު ޚަބަރެއްނަމަ، މިއީ ބޮޑުވަޒީރު ފަދަ އިޒްރޭލުގެ އިސް އޮފިޝަލަކު ސަޢޫދީ އަރަބިއްޔާގެ އިސް އޮފިޝަލަކާއި ބޭއްވި ފުރަތަމް ބައްދަލުވުމެވެ. މި ކަމުން ދޭހަކޮށްދެނީ މިދެގައުމުގެ ގުޅުން ބަދަހިވަމުންދާ މިންވަރެވެ. މިވާހަކައެއް އިވިގެން މިދިޔައީ އިޒްރޭލާއި ސުންނީ އަރަބި ގައުމެއް ކަމަށްވާ ސަޢޫދީ އަރަބިއްޔާއާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުން ގާއިމުކުރަން އުޅޭ ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައެވެ. 

ޚަބަރު ހޯދި މަސްދަރު ހާމަ ނުކޮށް، އިޒުރޭލުގެ އާމީ ރޭޑިއޯ ހިމެނޭހެން، އިޒުރޭލުގެ ގިނަ މީޑީއާތަކުން މިޚަބަރު ގެނެސްދިނެވެ.  ނަން ހާމަކުރަން ނޭދޭ ސަޢޫދީ ސަރުކާރުގެ އިސް އޮފިޝަލަކު އެ ބައްދަލުވުން ބޭއްވިކަން ޔަގީން ކޮށްދިން ކަމަށް ވޯލް ސްޓްރީޓު ޖާނަލްގައި ލިޔެފައިވެއެވެ. އިޒުރޭލުގެ ގިނަ އިސްވެރިންނާއި އެމެރިކާގެ މަސަދރުތަކުން އެ ބައްދަލުވުން ބޭއްވިކަން ޔަގީން ކޮށްދީފައިވާ ކަމުގައި އިޒުރޭލުގައި ޗާޕުކޮށްގެން ނެރޭ ނޫސްތަކުގައި ލިޔެފައި ވެއެވެ. 

އާދީއްތަ ދުވަހު ތަލްއަބީބުން ނަތަންޔާހޫ އަމިއްލަ ޖެޓެއްގައި ސީދާ ވަޑައިގަތީ ރަތްކަނޑުގެ އައްސޭރީގައި ހަދަމުންދާ ސައޫދީގެ “ސްޓޭޓް-އޮފް-ދަ ސިޓީ” ކަމށްވާ ނިއޯމް އަށެވެ. 

އެމް.ޑި.ޕީގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ރާއްޖެއަށް މީގެ ދުވަސްކޮޅެއް ކުރިން ޒިޔާރަތްކުރެއްވި އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކް ޕޮމްޕެއޯ ނިއޯމްއަށް ވަޑައިގެންނެވި ދުވަހަކީ ނަތަންޔާހޫވެސް ނިއޯމްއަށް ވަޑައިގެންނެވި ދުވަސްވެސްމެއެވެ.

https://www.wsj.com/articles/israels-netanyahu-meets-saudi-crown-prince-hebrew-media-says-11606120497

https://edition.cnn.com/2020/11/23/middleeast/israel-netanyahu-saudi-arabia-crown-prince-intl/index.html

https://www.jpost.com/israel-news/netanyahu-mossad-chief-may-have-visited-saudi-arabia-alongside-pompeo-649959

https://www.aljazeera.com/news/2020/11/23/netanyahu-met-with-mbs-pompeo-in-saudi-arabia-israeli-sources

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ