އެމެރިކާގެ ޑިމޮކްރަޓުން އެދެނީ އަޅުގަނޑުމެން މިތަނުން ދާން، އެކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: އެމެރިކާގެ ސަރުކާރުގެ ޚަބަރު ފަތުރާ މީޑިއާތައް.

Loading

Facebook
Twitter
WhatsApp

ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރު ޖަވާބުދާރީކޮށް ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުވުމަށް ވޭތުވެދިޔަ އަހަރު ތަކުގައި ހުއްޓާނުލައި ކުރަމުންދިޔަ މަސައްކަތްތައް ހަމަ އެގޮތަށްކުރަން، ޑިމޮކްރަޓިކް ޕާޓީން އުފައްދާ ސަރުކާރެއްގެ ކޮރަޕްޝަން ހުއްޓުވަންވެސް ތިބީ ތައްޔާރަށްކަން އިންޓަރސެޕްޓު ނޫހުން، އެ ނޫހުގެ ކިޔުންތެރިންނަށް ޔަގީންކޮށްދީފިއެވެ.

”އަޅުގަނޑުމެންފަދަ ޚަބަރުފަތުރާ ތަނަކަށް, ޑިމޮކްރަޓިކް ޕާޓީގެ ރައީސްގެ ފަރާތުން ފެނިދާނެ މައްސަލައަކީ މިއީ,.. އޮބާމާގެ ސަރުކާރުން, ސަރުކާރުގެ ފައިލުތައް ސެންސަރުކުރި, ސަރުކާރުގެ މުހިއްމު ގިނަ ރިކޯޑުތަކެއް ބެލުނަނުދީ ނޫސްވެރިންނަށް ހުރަސްއެޅި, އަދި ކަންކަން ފަޅާއަރުވާ ފަރާތްތަކުގެ (ވިސްލްބްލޯވާސް) ފަހަތުން ދިޔަ, ބައިޑަންވެސް ތާރީޚު އިއާދަ ކުރާނަމަ, ކޮރަޕްޝަނާއި ކޯޕަރޭޓު ނުފޫޒު ފަލާއެރުވުމަށް ދި އިންޓަރސެޕްޓަށް ވަރަށް ބޮޑަށް ދަތިވެގެންދާނެ“.  އޮބާމާއާއި ބައިޑަންގެ ވެރިކަމުގައި ސަރުކާރުގެ އެތައް މިލިއަން ލިޔެކިޔުން ބެލުމުގެ ފުރުސަތު ޢާންމުންނަށް ބަންދުކޮށް ރިކޯޑެއްހެދިއެވެ. 

މިގޮތުން ސަރުކާރުގެ ލިޔެކިޔުންތައް ބެލުމަށް އެދި އާންމު ރައްޔިތުންނާއި, ނޫސްވެރިންގެ ފަރާތުން އައި 200,000އަށްވުރެ ގިނަ ހުށަހެޅުމަށް ޖަވާބުނުދީ ދޫކޮށްލިއެވެ. އަދި އެލިޔެކިޔުންތައް ސިއްރެއްގެ ގޮތުގައި ބެހެއްޓުމަށް ބޭނުންވާ ގާނޫނީ ކަންކަމަށް ދިހަ މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކުރިއެވެ. އާންމުންނަށް ސަރުކާރުގެ ލިޔުންތައް ފޯރުކޮށްދިނުމަށް ތިބޭ މުވައްޒަފުންގެ ތެރެއިން 375 ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރިއެވެ. އަދި ކަންކަން ފަޅާއަރުވާ ފަރާތްތަކާއި (ވިސްލްބްލޯވާސްއާއި) އެކި ފަރާތްތަކުން ލީކު ކުރާ މައުލޫމާތާއިގުޅިގެން ގާނޫނީފިޔަވަޅު އެޅި މިންވަރު ކުރީގެ ހުރިހާ ސަރުކާރުތަކަށްވުރެ ގިނައެވެ. 

ބައިޑަންގެ ޓީމުން ތާރީޚު އިއާދަކުރާނަމަ, އިންތިޚާބުގެ ފަހުން ލިބޭ ރިޕޯޓުތަކުން މިހާރުވެސް ހިތްހަމަނުޖެހި ތިބި ހިލޭސާބަހަށް މަސައްކަތްކުރާ ނޫސްތަކުން ދާނީ ސަރުކާރުގެ އެކި ލިޔެކިޔުންތައް ހޯދުމަށް އެދުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން, ސަރުކާރުގެ އެއްބާރުލުން ނުލިބޭނަމަ, ސަރުކާރު ގޮވައިގެން ކޯޓަށް ދިއުމަށް ތައްޔާރު ވަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް