ނިރުބަވެރިން ހޯދުމުގެ އޮޕްރޭޝަންތަކުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ކުރިމަތިވާ މައްސަލަތައް: އޮސްޓްރިއާ

Loading

Facebook
Twitter
WhatsApp

ނިރުބަވެރިން ހޯދުމުގެނަމުގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު 12 އަހަރުގެ މުސްތަފާއަށް ނިދުމަށް އުދަގޫވާތީ  މިހާރުދަނީ ފަރުވާކުރަމުންނެވެ. 

ނޮވެންބަރު 9ވަނަ ދުވަހު ވިއެނާ ފުލުހުން ހިންގި ”އޮޕަރޭޝަން ލަކްސް“ ކިޔާ ހަރަކާތެއްގައި 60 ގެއެއް ބަލައި ފާސްކޮށް 30 އަށްވުރެ ގިނަ މުސްލިމު އެކްޓިވިސްޓުންނާއި އިލްމުވެރިން ހައްޔަރު ކުރިއެވެ. އެމީހުންނަށް ތުހުމަތު ކުރަނީ ނިރުބަވެރި ޖަމާއަތްތައް ހިންގުމާއި, ނިރުބަވެރިންނަށް މާލީ އެހީ ދިނުމާއި, ރާވައިގެން ޖަރީމާ ހިންގުމާއި, ވަގު ފައިސާ ލޯންޑަރ ކުރުމެވެ. 

އާންމު ރައްޔިތުންނަށް އެގޭ ގިނަމީހުންނަކީ ނިރުބަވެރިންގެ ގޮތުގައި ލޭބަލްކޮށް, އެމީހުން ހައްޔަރުކުރުމުގައި އެކަށީގެންނުވާ ބާރު ބޭނުންކޮށްފައިވާތީ މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގެ ނުރުހުންވަނީ ފުލުހުންނަށް އަމާޒުވެފައެވެ. ވަރަށްގިން ޖަމާއަތްތަކުންނާއި, ނޫސްވެރިންނާއި ލިޔުންތރިން މި މައްސަަލަ ވީހާވެސް އަވަހަކަށް ޢަންމުންނަށް އޮޅުންފިލުވައިދިނުމަށް ދަނީ ގޮވާލަމުންނެވެ.  

ފުލުހުން އާދަޔާއި ޚިލާފު ބާރު ބޭނުންކުރުމުގެ ސަބަބުން ހައްޔަރުކުރި މީހުންގެ ޢާއިލާގެ މެންބަރުންނަށް ވަނީ ނަފްސާނީގޮތުން ވަރަށްބޮޑަށް އަސަރުކޮށްފައެވެ. 

އެ އޮޕަރޭޝަނަށްފަހު 10 ކުދިންނަށްވުރެ ގިނަކުދިން ދަނީ ނަފްސާނީ ފަރުވާ ހޯދަމުންނެވެ. ހައްޔަރު ކުރި 30 މީހުންގެ އެކައުންޓުތައް ގަނޑުކޮށްފައިވާތީ, ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެ 30 މީހުންނާއި, އެމީހުންގެ ޢާއިލާތަކުން ދަނީ މާލީ ދަތިތައް ތަހައްމަލް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް