މެލޭޝިޔާގައި މޫސުމީ ފެންބޮޑުވުންތަކާއި ކުރިމަތިވެ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

އެއްބަޔަކު ހައިމާކެއްގައި ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާއިރު އަނެއްބަޔަކު ވަނީ ފަތާފައި ސަލާމަތްތެެރި ސަރަހައްދުތަކަށް ގޮސްފައެވެ. މި ހާދިސާތަކުގައި އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި މަންޒިލްތަކަށް ދިއުމަށް މަޖުބޫރުވި މީހުންގެ އަދަދު 28,000 އަށް ވުރެ މަތި ވެފައި ވީއިރުމިހާތަނަށް މަދުވެގެން 4 މީހަކު ވަނީ މަރުވެފައެވެ.

ވިއްސާރަ މޫސުމުގައި އާއްމުކޮށް ކޮންމެ އަހަރަކުވެސް މި ޤައުމުގެ އިރުމަތީ އައްސޭރީގައި ފެންބޮޑުވެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ބައެއް ސަރަހައްދު ތަކުގެ މީހުން ބުނާ ގޮތުގައި މިއަހަރަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ މުއްދަތުގައިވެސް އެންމެ ބޮޑަށް ފެންބޮޑުވި އަހަރެވެ.

ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި 21,000 ފަރާތެއް ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ޕަހަންގ ސްޓޭޓަށެވެ. މީގެ އިތުރުން އެ ޤައުމުގެ ސޯޝިއަލް ވެލްފެއަރ ޑިޕާޓްމެންޓުން މަޢުލޫމާތު ދެއްވި ގޮތުގައި ޖޮހޮރ ސްޓޭޓުން ގާތްގަނޑަކަށް 4000 މީހަކު އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވިއިރު އެހެނިހެން ސްޓޭޓްތަކުންވެސް އެތައް ހާސް ބަޔަކު ވަނީ ގެތައް ދޫކޮށް ދާންޖެހިފައެވެ.

ޕަހަންގ އަދި ޖޮހޮރ ސްޓޭޓުން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ

dhflood – Flood in Malaysia
Credit: Persatuan Bangsa Johor##########1##########Persatuan Bangsa Johor

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް