ވިކިލީކްސްގެ ފައުންޑަރ އަސާންޖް އެމެރިކާއާއި ހަވާލު ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމައިފި

Loading

Facebook
Twitter
WhatsApp

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖްގެ މައްޗަށް ޝަރީޢަތް ހިންގުމަށް ދޫކޮށްދިނުމަށް އެމެރިކާއާ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ, އިނގިރޭސި ވިލާތުގެ ފަނޑިޔާރަކު އެމެރިކާއިން އެދިފައިވާ އެދުމަށް ދެކޮޅުހައްދަވައިފިއެވެ.  ފަނޑިޔާރު ވިދާޅުވި ގޮތުގައި އަސާންޖުގެ ނަފްސާނީ ހާލަތު އެކަމަށް ތަންނުދެއެވެ. 

އަސާންޖު އެމެރިކާއާއި ހަވާލު ނުކުރެވޭނެ ސަބަބު ވިދާޅުވަމުން ފަނޑިޔާރު  ވެނެއްސާ ބަރައިޓްސަރ ވިދާޅުވީ އަސާންޖް އެމެރިކާއާ ހަވާލުކޮށްފި ނަމަ އޭނާ އަމިއްލައަށް މަރުވުމުގެ ބިރު އެބައޮތެވެ. 

”އެކަނިމާއެކަނި އެތައް ދުވަހު ހައްޔަރު ކޮށްފައި ހުންނަންޖެހިފައިވާތީ… އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގަވާއިދާއި ގާނޫނުތަކުން އަސާންޖު އަމިއްލައަށް މަރުވެދާނެ ގޮތެއް ނުހޯދޭނެކަމަށް ބުނަން އަޅުގަނޑަށްދަތި“ ފަނޑިޔާރު ވިދާޅުވިއެވެ. 

އެމެރިކާއިން ފަނޑިޔާރުގެ ނިންމެވުން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށްވަނީ ބުނެފައެވެ.

އަދި ދޮޅު އަހަރަށްވުރެ ގިނަދުވަނު އޭނާ ހައްޔަރުކޮށްފައިވާ ލަންޑަންގެ ޖަލުން ކަފާލާތުގެ ދަށުން ދޫކުރުމަށް އޭނާގެ ވަކީލުން އެދިވަޑައިގަންނަވާނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް