ޖަކަރޓާއިން ގެއްލުނު ފްލައިޓްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް މޫދުން ފެނިއްޖެ.

Loading

Facebook
Twitter
WhatsApp

މޫދުން ފްލައިޓެއްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް ފެނިފައިވަނީ އިންޑޮނޭޝިޔާގެ ޖަކަރޓާއިން މަދުވެގެން 62 މީހުންނާއިއެކު ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ފުރި ސްރީވިޖަޔާ އެއަރ ބޮއެއިންގ 500-737، ފުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެއަރ ކޮންޓްރޯލްއާއި ގުޅުން ކެނޑިގެންގޮސްފައި ވަނިކޮށެވެ.

ދަ ފްލައިޓްރާޑަރ24 ޓްރެކިންގ ސަރވިސްއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާގޮތުން އެސްޖޭ128 މަރުކާގެ ފްލައިޓް ވަނީ ޖަކަރޓާއިން ފުރިތާ 4ވަރަކަށް މިނެޓް ފަހުން އެންމެ މިނެޓެއް ތެރޭގައި ފްލައިޓް އުދުހެމުން ދިޔަ އުސްމިނުން 10,000 ފޫޓަށްވުރެ ބޮޑު އަދަދެއް ދަށަށް ގޮސްފައެވެ.

ރިއުޓަރސްއަށް މަޢުލޫމާތު ދެމުން ރެސްކިއު އޮފިޝަލެއް ބުނީ ފްލައިޓް ހޯދުމަށް ކަނޑުގެ ސަރަހައްދުތަކަށް ފޮނުވާފައިވާ ޓީމަކަށް ފެނިފައިވަނީ ޖަކަރޓާގެ އުތުރުން ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހި ކަމަށާއި ނަމަވެސް، އަދި މިހާތަނަށް އެއީ މި ފްލައިޓްގެ ބައިތައްކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް