މުސްތަގުބަލުގައި އިޒުރޭލުން ކުރިމަތިވެދނެ ހަމަލާއަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ގާޒާގެ ފެކްޝަންތައް ގުޅިގެން މިލިޓަރީ ތަމްރީން ތަކެއް ހިންގައިފިއެވެ.
ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތައް އެކުވެގެން އަންގާރަ ދުވަހު ހިންގި ހަރަކާތުގައި ގާޒާގެ މެޑިޓެރޭނިއަން ކަނޑަށް ވަނީ ރޮކެޓު ފޮނުވާލާފައެވެ. މިއީ މިގޮތަށް ގިނަ ގްރޫޕްތަކެއް ގުޅިގެން ބޭއްވި ފުރަތަމަ ހަރަކާތެވެ. މިހަރަކާތް މިހިންގީ ގިނަ އަރަބި މުސްލިމު ގައުމުތަކެއް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލާއި ގުޅިފައިވާ ވަގުތެއްގައެވެ.
ގާޒާ ހިންގަނީ ފަލަސްތީނުގައި އެންމެ ފުރަތަމަ ބޭއްވި ޑިމޮކްރަޓިކް އިންތިޚާބުގައި ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދި ހަމާސް ޖަމާޢަތުންނެވެ. ގާޒާގައި އިސްލާމިކް ޖިހާދު ހިމެނޭގޮތަށް ހަތިޔާރުއެޅި އެހެން ގިނަ ޖަމާއަތްތައްވެސް ހަރަކާތްެރިވެއެވެ. މިހަރަކާތަކީ 2018 ގައި ޖަމާއަތްތައް ގުޅިގެން އުފެއްދި ކޮމާންޑަކަށް ބިނާކޮށް ކޮށްަފައިވާ އިއުލާނަކާއި ގުޅިގެން ހިންގި ހަރަކާތެކެވެ. ިހަރަކާތުގެ މައިގަނޑު އަމާޒަކީ އަލުން އެކި ތަފާތު ހާދިސާތައް އުފައްދާ, ދިރާސާކޮށް, މުސްތަގުބަލުގައި އިޒުރޭލުން އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވުމެވެ.
އަރަބި ގައުމުތަކުންވަނީ އިޒުރޭލަށް ތާއީދުކޮށް އެގައުމުތަކުގެ ހަގީގީ ކުލަ ދައްކާލާފައެވެ. އަދި އިސްލާމީ ދުނިޔޭގައި އިޒުރޭލަށް ތާއީދު ހޯދުމަށް ދީނާއި ތެޔޮ ބޭނުންކޮށްގެން ގައުމުތަކަށް ނުފޫޒު ފޯރުވާ މައިގަނޑު ދެ ގައުމު ކަމަށްވާ ސައޫދީ އަރަބިއްޔާއާއި ޔޫ.އޭ.އީ އާއި ދެކޮޅަށް އެއްޗެއް ނުބުނެ ހަމަހިމޭނުން ތިބި މުސްލިމު ގައުމުތައް ފަލަސްތީނަށްދަނީ ފެންނަމުންނެވެ.