''މުޒާހަރާތަކުގައި އަނިޔާކުރަނީ ނުހައްގުން ކުރިއެރުން ދީފައި ތިބޭ ފުލުހުން''

Loading

Facebook
Twitter
WhatsApp
Maldives News

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރާ މުޒާހަރާތަކުގެ ބައިވެރިންނަށް އަނިޔާކުރަނީ ނުހައްގުން ކުރިއެރުން ދީފައި ތިއްބަވާ ފުލުސް އޮފިސަރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަޙްމަދު ޝަކީލު ރައީސް ޔާމީންގެ މައްޗަށް އިއްވެވި 11 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.

ފުލުހުން އަންނަނީ އެ މުޒާހަރާތައް ހުއްޓުވުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންނެވެ. އެ ގޮތުން ކޮންމެ ރެއަކު ވެސް ފުލުހުން އަންނަނީ އިދިކޮޅުގެ ސަޕޯޓަރުން ހައްޔަރުކުރަމުންނެވެ. ބައެއް ފަހަރަށް ނޫސްވެރިން ވެސް ހައްޔަރުކޮށްގެން ގެންދެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ބުނެފައިވަނީ, ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތައް, އެ ކޮމިޝަނުގެ ޓީމުތަކުން މޮނިޓަރކޮށް ބެލިއިރު, މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރާ ކަމާއި, ބައެއް ހާލަތްތަކުގައި އެއްވުން ރޫޅައިލުމުގެ ކުރިން އިންޒާރުދީފައިނުވާ ކަމާއި, އިންޒާރުދިނުމަކާ ނުލައި ޕެޕާ ސްޕްރޭ ޖަހާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން ރޭގެ މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެެރިއަކު ވެސް އަނިޔާވެރި ގޮތަކަށް ހައްޔަރުކުރިއެވެ.

އެކަމާ ގުޅިގެން ޝިފާޤް ވިދާޅުވީ އަނިޔާކުރުމަކީ ދިވެހި ފުލުހުންގެ ސިފައެއް ނޫން ކަމަށެވެ. ނަމަވެސް ސިންގާ ޝިކާރަ ކުރާހެން ރައްޔިތުންނަށް އަނިޔާވެރިވަނީ “ޅިޔަން ހަމީދު [ކޮމިޝަނަރ އޮފް ޕޮލިސް] އާއި ޗޯރު އިބުރޭ [އިބްރާހިމް މުޙައްމަދު ޞާލިޙް], ފުލުސް އޮފީހަށް ވަލު ދޮރާށިން ވައްދައިގެންނާއި, ނުހައްގު ކުރިއެރުން ދީގެން އުޅޭ މީހުން ކަމަށް ހިސްޓޯ ވިދާޅުވިއެވެ.

ގާނޫނު އެ މީހުންނާ އަރައި ހަމަކުރާކަށް މާގިނަ ދުވަހެއް ނެތް ކަމަށް ވެސް ހިސްޓޯ ވިދާޅުވިއެވެ.

Loading

2 Responses

  1. ކޮންމެ ސަރުކާރެއްގައިވެސް ތި ސަކަރާތް ޖަހަން އެމީހުން ތިބެނީ ތަމްރީނު ދީފައެވެ. ހަތަރުވަން ގޮޅިއެއްގައި ޓްރެފިކް ބަލަހަށްޓާ ނުލެވުނަސް ތިކަން ވަރަށް ރަނގަޅަށް ކޮށްލައެވެ. ވާނިވެސް އެހެންތާއެވެ. ތިކަން އެގޮތަށް ކުރުމުން ޕްރޮމޯޝަން ލިބޭލެއް އަވަހެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް