ވައިންނާއި ފުޓް ޕްރިންޓުން ވެސް އިންސާނުންގެ ޑީއެންއޭ މިހާރު ނެގޭނެ!

Loading

Facebook
Twitter
WhatsApp

ބަންދު ކޮޓަރީގައި ހަރުލާފައި ހުންނަ ވައިންނާއި، ފުޓް ޕްރިންޓުން އަދި ކަނޑުގައި ހުންނަ ފެނުންވެސް އިންސާނުންގެ ޑީއެންއޭ މިހާރު ނަގާފައިވާކަން ސައިންވެރިން ހާމަކޮށްފިއެވެ.

ސައިންސްވެރިންގެ މި ހޯދުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ހަގީގަތްތައް ދެނެގަތުމަށްޓަކައި އޭނާގެ ރުހުމާއި ނުލައި އޭނާގެ ޑީއެންއޭ ބޭނުންކުރެވޭނެތީ އޭނާގެ އަމިއްލަވަންތަކަމުގެ ހައްގާއި، ރައްކާތެރިކަން ލިބިގަތުމުގެ ހައްޤުން އުނިވެފައިވާކަމާމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. 

ތިމާވެށި ދިރާސާކުރަމުންދިޔަ ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިންގެ ޓީމަކުން ހިމާޔަތްކުރެވިފައިވާ ވެލާތައް ދިރާސާކުރުމަށް ވެލިން ނެގި ޑީއެންއޭ ސާމްޕަލްތަކުން ޑީއެންއޭއަށް އައިސްފައިވާ ބަދަލުތަކާއި، ދިރޭތަކެއްޗަށް ޖެހިފައިވާ ބަލިތަކުގެ އިތުރުން ކައިރީގައި ދިރިއުޅުނު އެހެން ވެލާގެ ބާވަތްތައް ވެސް ވަނީ ދެނެގަނެފައެވެ.

”ނޭޗަރ އިކޮލޮޖީ އެންޑް އިވޮލިއުޝަން“ ސައިންޓިފިލް ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ސައިންސްވެރިންވަނީ އެ ދިރާސާގެ ބައިވެރިންގެ ޖެނެޓިކް މައުލޫމާތު މި ގޮތުން ހޯދައި، ކާމިޔާބުކަމާއެކު ވަނީ ވަކިވަކި ބައިވެރިންނާ ގުޅުވައި ލާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް