ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފި

Loading

Facebook
Twitter
WhatsApp

ވ.ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދާލައިފިއެވެ.

600 އެއްހައި މީހުން ދިރިއުޅޭ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން 20 ޚަތިމެއް ވީދައިލީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދައިލި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގައި ވެސް ވަނީ ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކުގެ ތެރެއިން ދިހަވަރަކަށް ޚަތިމް ވީދައިލާފައެވެ.

Loading

2 Responses

  1. ތީ ގަސްތުގައި މި ސަރުކާރުން ކުރުވާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތް. މީގެކުރިން ވެސް މިސްކިތައް ވަދެ މިސްކިތުގެ ހުރުމަތް ކެނޑި މީހަކު ދިން އަދަބެއްނެތް. ކޮންމެ ފަހަރަކުވެސް ބުނަނީ ސިކުނޑި ހަމަނުޖެހޭ މީހެކޯ ހަމައެކަނި އެހެން ބުނެލާފަ ނިންމާލަނީ

  2. ތިމާމެންނެތުމުގެ ތެރެއިން ވުޖޫދުކުރެއްވި الله سبحانهو ގެކަލާމްފުޅާއި މެދުއަނިޔާ ވެރިވެފާ اللهގެ ހަޒުރަތާއި ކުރިމަތި ލާނީ ކޮންމޫނަކާއިގެންތޯ؟މިވަރަށް اللهގެދީނަށާއި އެކަނލާގެ ކަލާމް ފުޅަށް ހުރުމަތެށް ނުހިތި ދުވަސްތަކެށް ފެނިފައެއް ނެށް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް