''ޓިނެޓަސް” އާއި ކޯވިޑް-19 ވެކްސިންއާ ގުޅުމެއް ވޭތަ؟

Loading

Facebook
Twitter
WhatsApp

ކަންފަތުގެ ބައްޔެއް ކަމައްވާ ޓިނެޓަސް ނުވަތަ ކަންފަތުގައި އަޑެއް ހުރުމާއި ކޯވިޑް-19 ގެ ވެކްސިނާ ގުޅުމެއްވާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއްޖެއެވެ.

ވެކްސިން ޖެހި ގިނަ ޢަދަދެއްގެ ބަޔަކު މި ބަލި ހުރި ކަމަށް ބުނަމުންދާއިރު މިހާރު ސައިންވެރިންދަނީ މިކަމުގެ ހަޤީޤަތް ހޯދުމައް މަސައްކަތް ކުރަމުންނެވެ.

ޔުނިވާރސިޓީ އޮފް އެރިޒޯނާގެ ޕްރޮފެސަރެއް ކަމުގައިވާ ޝާއޯވެން ބާއޯ ވިދާޅުވަނީ މީ ތެދު ޚަބަރެއް ކަމުގައިވާނަމަ ކޯވިޑްގެ ވެކްސިންގެ ސަބަބުން ސިކުނޑީގެ ފަށަލައެއް ނުވަތަ މައިބަދައިގެ ފަށަލައެއް ދުޅަވުން އެކަށީގެންވާ ކަމަށެވެ.

ޓިނެޓަސް ދިރާސާކުރާތާ 10 އަހަރު ވެފައިވާ ބާއޯ ވަނީ ފޭސްބުކުން މިކަމާ ގުޅޭ 398 ކޭސް ހޯދައި އޭނާގެ ދިރާސާއަށް މަޢުލޫމާތު އެއްކުރައްވައިފައެވެ. އެ މީހުންވަނީ ކަންފަތުގެ ރިހުމުގެ އިތުރުން ބޯ އެނބުރުމާއި އަރިއަޅައިލުން ފަދަ ކަންކަން ވާކަމަށް ބުނެފައެވެ.

މިއަދުގެ (އާދިއްތަ ދުވަހުގެ) ނިޔަލަށް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަށް 16،183 މީހުން ވަނީ ޓިނެޓަސް ހުރެގެން ރިޕޯޓުކޮށްފައެވެ.

ޕޯލެންޑް އިން މީގެ ކުރިން މި މައްސަލަ ފެންމަތިކޮށްފައިވާއިރު އެމެރިކާއިން ވަނީ އެއަށް ބީރު ކަންފަތެއް ދީފައެވެ. ނަމަވެސް އެމެރިކާގެ ސައިންސްވެރިން ވެސް މިހާރު ވަނީ މިކަމަށް ކުރަންޖެހޭ ތަހުލީލުތައް ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް