''ސިފައިންގޭގައި ތިއްބެވި ގާބިލު ބޭފުޅުންގެ ބޭނުން ހިފަމުން އަންނަ ތަނެއް ނުފެނޭ''

Loading

Facebook
Twitter
WhatsApp
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް. ފޮޓޯ: މިހާރު
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް. ފޮޓޯ: މިހާރު

ސިފައިންގޭގައި ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ދުރަށް ޖައްސާފައި ސިޔާސީ ގޮތުން ވަކި ބަޔަކު އައްޔަންކޮށްގެން ހިންގާތީ އެ މުއައްސަސާއަށް ރައްޔިތުން ކުރަންޖެހޭ އިތުބާރާމެދު ސުވާލު އުފެދިފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމާ ގުޅިގެން “ސަންދާނު“ އަށް ދެއްވި ބަސްދީގަތުމެއްގައި އާދަމް ޝަރީފް މިއަދު ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ރާއްޖޭގެ ހުރިހާ ސިސްޓަމެއް ފެއިލްވެގެންދާ ވަގުތު ވެސް އެ ސިސްޓަމްތައް ހަމައަކަށް އަޅުވައިލުމުގެ ގާބިލުކަން އޮތް މުއައްސަސާއެއް ކަމަށެވެ.

އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި ބޭރު ގައުމުތަކުން ތަމްރީނު ހެއްދެވި ދިވެހި ސިފައިންގެ ތެރޭގައި ވަނަ ހާސިލު ކުރައްވާފައިވާ ހުޝިޔާރު ބޭބޭފުޅުން އެބަ ތިއްބެވިއެވެ. އެގޮތުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ހިކުމަތްތެރި ބޭފުޅުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރާއްޖޭގެ ސިޔާދަތީ ބާރުތައް ދަމަހައްޓައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މި ގައުމު ހެދުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެފަދަ ބޭފުޅުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން އަންނަ ތަން ފެނިވަޑައިނުގަންނަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“ގައުމުގެ ސިޔާދަތީ ބާރުތައް ނެގެހެއްޓުމުގައި އެ ބޭފުޅުންގެ ފުރިހަމަ އުކުޅުތަކާއި ތަޖުރިބާތަކާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިހުރި ތަމްރީނުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިގެންދާ ތަނެއް ނުފެނޭ.“

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ތައުލީމާއި ތަމްރީނު ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ދުރަށް ޖައްސާފައި ސިޔާސީ ގޮތުން ވަކި ބަޔަކު އައްޔަންކޮށްގެން ހިންގާތީ ގައުމު ދެކެން ބޭނުންނުވާ މަންޒަރުތައް މިއަދު ދަނީ ފެންނަމުންނެވެ.

އެ ގޮތުން ރާއްޖޭގެ އެންމެ މަތީ ސަލާމަތްތެރިކަން ފޯރުކޮށްދޭންޖެހޭ ސިފައިންގެ އެންމެ އިސް ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަތައް އާދަމް ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ. މީގެކުރިން ގއ.ވިލިނގިއްޔާއި ފުވައްމުލަކުގައި ރައީސަށް ބަޔަކު ހުރަސް އެޅިއިރު ދާދިމިދާކަށް ދުވަހު މާލޭގައި ވެސް ރައީސްގެ މޮޓޯކޭޑަށް ބަޔަކު ވަނީ ހުރަސް އަޅައިފައެވެ.

“އެއީ އެ ދާއިރާތަކުން ތަމްރީނު ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ދުރަށް ޖައްސާފައި ސިޔާސީ ގޮތުން ވަކި ބަޔަކު އައްޔަންކޮށްގެން ހިންގާތީ ދިމާވާ މައްސަލަކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.“ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

“ސިފައިންގެ ހާލަތެއް ނޫން އެއީކީ އިނގޭތޯ. ސިފައިންގެ ތެރޭގައި ތިއްބަވާނެ އެކަމާބެހޭ ތަޖުރިބާކާރު ބޭފުޅުން. އެބޭފުޅުންގެ ފުރިހަމަ ބޭނުން ހިފައިގެން ކުރިއަށްދާނަމަ އެކަހަލަ މައްސަލަ ދިމައެއް ނުވާނެ.“

އާދަމް ޝަރީފް ވިދާޅުވީ މި ގޮތަށް ކަންކަން ހިނގާތީ ރައްޔިތުން އެ މުއައްސަސާއަށް ކުރަންޖެހޭ އިތުބާރާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

މި ރޮނގުން ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިހެން ކަންކަން ވާނަމަ, ބޭރު ގައުމެއްގެ ވެރިއަކު ރާއްޖެ ވަޑައިގަންނަވާ ހާލަތުގައި ކިހާވަރެއްގެ ސެކިއުރިޓީއެއް ދެމެހެއްޓޭނެތޯ އެ ގައުމުތަކުގެ މީހުން ސުވާލު އުފައްދާނެ ކަމަށެވެ.

Loading

One Response

  1. ކަލެޔަކީ މިސަރުކާރާއިނދިކޮޅު މީހެކޭ ކަލެޔަށް ނުފެނުމ ަަީަަަަީަަަީަަަަީަަީަަަަީަަަީަަަަަީަަަަީަަަީަަަަީަަީަަަަީަަަީަ
    ހަމަސުމެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް