ދައުލަތް ''އޮރިޔާންކޮށްލާނެ'' ކަމަށް އިންޒާރު ދެއްވި މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: އަވަސް
ފޮޓޯ: އަވަސް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

މަހްލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުއްވީ 09 ޖޫން 2021 ގައެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުން 33,000 އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވިކަމުގެ ތުހުމަތުގައެވެ.

އެ ފައިސާ މަހްލޫފުގެ އެކައުންޓަށް ޖަމާކުރީ އެސްއޯއެފްގެ ޗެކަކުން ކަމަށާއި އެއީ ރިޝްވަތުގެ ފައިސާކަން އެނގޭ ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވެއެވެ.

ދައުލަތުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވީ ނޮވެމްބަރު 2021 ގައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު, 01 މާޗް 2022 ވަނަ ދުވަހު ނިންމެވީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

06 މާޗު 2021 ގައި ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން, އެ މަހުގެ 21 ވަނަ ދުވަހު އެ ކޯޓުން ހުކުމް ކުރެއްވީ ދަށު ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް ކަމަށާއި, އެ މައްސަލަ އަލުން ބެއްލެވުމަށެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަަލަކު ވިދާޅުވީ ޕީޖީ އޮފީހުން އެދިވަޑައިގަތުމުން އެ ދައުވާ މިއަދު އަނބުރާ ފޮނުވާލައްވާފައިވާ ކަމަށެވެ.

“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މަހްލޫފަށް ކުރާ ދައުވާ އަނބުރާ ގެންދަން ނިންމީ މަހްލޫފަށް ލިބިވަޑައިގަތް ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާއެއްކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭކަމަށް ފެންނާތީއެވެ.

ދައުވާ އަނބުރާ ފޮނުވާލައިފައިވާއިރު, މީގެކުރިން މަހްލޫފު ވަނީ މި މައްސަލައިގެ ޝަރީއަތާ ހިސާބުން ދައުލަތް “އޮރިޔާންވާނެ“ ކަމުގެ އިންޒާރު ދެއްވައިފައެވެ.

Loading

One Response

  1. ދައުލަތެއް އޮރިޔާމެއް ނުވާނެ. ތިމާ އާއި ވައަކަމާއި ކަރަޕްޝަން ހިންގި މީހުން އޮރިޔާން ވަނީ. ކަރަޕްޝަނާއި ވައްކަމާއި ނުލާ ދައުލަތް ހިންގަދޭނަމޭ ކިޔާ ރައްޔަތުންކައިރީ އާދޭސްކޮށް ހޭރިފާ ސަރުކާރާއި ހަވާލުވެ ތިބެ އެބަކިޔައޭ ދައުލަތް އޮރިޔާކޮށްލާ ވާހަކަ. ކޮބާ ލަދު؟ މާގިނަ ދުވަހެއްނެތި ބޭރުކޥަނެކަން ހަދާންކޮށް ދެމެވެ. ދައުލަތް އޮރިޔާކޮށްލެވޭވަރުގެ ޖާހިލުންގެ ސަރުކާރެއް ހިންގާކަށް ތައްޔަތުން ޖާގައެއް ނުދޭނެއެވެ. ބަލަން ހުންނަވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް