ތައިލެންޑަށް ސިޔާސީ ބިންހެލުމެއް: އަސްކަރީ ވެރިކަމަށް ރައްޔިތުން ބުނީ ނޫނެކޭ

Loading

Facebook
Twitter
WhatsApp

ހައިރާންކުރުވަނިވި ނަތީޖާއަކާއިއެކު ތައިލެންޑްގެ އިންތިޚާބުގައި ވެރިކަންކުރަމުންދާ ސަރުކާރުގެ އަސްކަރީ ބާރުން ބާރު ހޯދައ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފިއެވެ. 

ސިޔާސީ އިދިކޮޅު ޕާޓީގެ މި ކާމިޔާބީއާއެކު ރައްޔިތުން އެދެނީ ގައުމުގެ މުއްސަސާތަކަށް މުޅިން ތަފާތު ބަދަލެއްކަން ހާމަވެގެން ގޮސްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު މޫވް ފޯވަޑް ޕާޓީއިން ލޯވަރ ހައުސް ނުވަތަ ”ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް“ ގެ 500 ގޮނޑީގެތެރެއިން 151 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. 

ދެން އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްފައިވަނީ 141 ގޮނޑިއާއިއެކު، ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން ހިންގަވާ ޕުއަ ތާއި ޕާޓީއިންނެވެ. 

މަސްރަހު ދިރާސާކުރާ މާހިރުން ތައިލެންޑުގެ އާންމު ޚިޔާލަށް އައި މި ބޮޑު ބަދަލު ސިފަކުރައްވާފައިވަނީ ”ސިޔާސީ ބިންހެލުމެއް“ގެ ސިފައިގައެވެ. 

ތައިލެންޑުގެ އަދުގެ ސަރުކާރު ހިންގާ މައި ދެ ޕާޓީއަކީވެސް އަސްކަރީބާރުން ބާރުހޯދާ ދެޕާޓީ ކަމުގައިވީއިރު، ސަރުކާރަށް ކަށަވަރުކރެވުނީ އެންމެ 15 އިންސައްތަ ގޮނޑިއެވެ. މިއީ، 2014 ވަނަ އަހަރު ބަޣާވާތަކުން ކުރީގެ ސަރުކާރު ވައްޓާލި މިހާރުގެ ބޮޑުވަޒީރު ޕްރަޔުތް ޗަން-އޯ-ޗަންގެ އިތުރުން ވެރިކަންކުރާ މުޅި ކޯލިޝަނުގެ ބޮޑު ވެއްޓުމެކެވެ.

”ނުފޮރޮޅާ އެންމެ ގަލެއްވެސް ނޯންނާނެ. ފާއިތުވި 10 އަހަރު ދުވަހު ރައްޔިތުން ވަރަށް ކެތްކޮށްފި. މިއީ އާދުވަހެއް.“ މޫވް ފޯވާޑް ޕާޓީގެ ލީޑަރު، އުމުރުން 42 އަހަރުގެ ޕިޓާ ލިމްޖަރަންރަޓް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ. 

ޕުއަ ތާއީ އަކީ ތައިލެންޑްގެ ދެވަނައަށް އެންމެ ބޮޑޫ ސިޔާސީ ޕާޓީއެވެ. ޕުއަ ތާއި އާއި އިތުރު ހަތަރު ޕާޓީއަކުން މޫވް ފޯވަޑް ޕާޓީއާއި ބައިވެރިވެފައިވާއިރު، އައު ޕާލިމެންޓުގެ 60 އިންސައްތަ ގޮނޑި މިކޯލިޝަނަށް ވަނީ ކަށަވަރުވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް