ހުވާލައިދިނުމުގެ ރަސްމިއްޔާތަށް ދިއުމަށް ކުރި ޚަރަދުގެ މައްސަލާގައި ޕަޕުއާ ނިއު ގިނީގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް ތިންވަނައަށް ރަސްކަމުގެ ހުވާލައިދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ލަންޑަނަށް ދަތުރުކުރި ވަފްދާއި އެ ދަތުރަށް ކުރި ޚަރަދުގެ މައްސަލާގައި ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) ގެ ޚާރިޖީ ވަޒީރު ޖަސްޓިން ކަޗެންކޮ މަގާމުން އިސްތިއުފާދެއްވައިފިއެވެ. 

ކަޗެންކޮ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު ޖޭމްސް މަރާޕޭއާއި މަޝްވަރާކުރުމަށްފަހު މަގާމާއި ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށާއި މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަންނަވާނީ ބޮޑުވަޒީރު ކަމަށެވެ. ކަޗެންކޮ އަދިވެސް ހުންނެވީ މަޖިލީސް މެންބަރެއްގެ ގޮތުގައެވެ. 

”ކުރިއަށް އޮތް ހަފްތާތަކަށް ތާވަލުކުރެވިފައިވާ ދުނިޔޭގެ ލީޑަރުންގެ ރަސްމީ ދަތުރުފުޅުތަކާއި ބައްދަލުވުންތަކަށް ހިނގައިދިޔަ ކަންކަމުގެ ސަބަބުން ބުރޫއެއް އަރާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ.“ ކަޗެންކޮ ވިދާޅުވިއެވެ. 

”އަދި ކަންހިނގާދިޔަ ގޮތުގެ ތެދާއި ދޮގުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދޭނަން“ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ޕީއެންޖީއަކީ އިނގިރޭސި ރަސްގެފާނުގެ ދަށުން އޮންނަ ކޮމޮންވެލްތުގެ ގައުމަކަށްވާއިރު, 30 އޮފިޝަލުންގެ ވަފްދެއް ލަންޑަނުގެ ވެސްޓްމިންސްޓަރ އެބީގައި އޮތް ރަސްގެފާނުގެ ހުވާލައިދިނުމުގެ ރަސްމިއްޔާތަށް ދަތުރުކުރުމަށް ބޮޑު ޚަރަދުތަކެއް ކޮށްފައިވާކަމަށް ބުނެ ޕީއެންޖީގެ ނޫސް މަޖައްލާތަކުން ވަނީ އެކަމަށް ފާޑުކިޔައި ޚަބަރުތައް ޝާއިއުކޮށްފައެވެ. ގިނަ ނޫސްތަކުން ބުނެފައިވަނީ މިދަތުރަށް ކުރި ޚަރަދުގެ ފައިސާ އެ ގައުމުގެ ހަސްފަތާލުތަކަށް ހޭދަ ކުރުން މާ ރަނގަޅު ކަމަށެވެ. 

ވަފްދުގައި ބައިވެރިވި ކޮންމެ އޮފިޝަލެއްގެ ވައިގެ ދަތުރަށާއި ހުރުމާއި ކެއުމުގެ އިތުރުން އިތުރު ޚަރަދުގެ ގޮތުގައި 50،000 ކިނާ ނުވަތަ 14،000 އެމެރިކާ ޑޮލަރު ވަނީ ހަމަޖައްސާފައެވެ. 

މި ދަތުރުގައި ކަޗެންކޮގެ ދަރިކަނބަލުން، ސަވާނާ ކަޗެންކޮ، ޝާއިއުކުރި ޓިކްޓޮކް ވީޑީއޯއެއްގައި އޭނާއާއި އޭނާގެ ބައްޕަ ދަތުރުކުރި ފަސްޓްކްލާސް ފްލައިޓުގެ ލައްޒަތު ދައްކައިލާ، ސިންގަޕޫރުގެ ބޯޑިން ފްލައިޓުގެ ކުރިން ކުރި ވިޔަފާރި ދައްކައިލުމުން ގިނަ ބައެއްގެ ފާޑުކިޔުމާއި ފުރައްސާރަ އަމާޒުވިއެވެ. ބެލެވޭ ގޮތުގައި މައްސަލަ ހޫނުވެގެންދިޔައީ ކަޗެންކޮ ފާޑުކިޔުންތެރިންނަށް އަމާޒުކޮށް ދެއްވި ހޫނު ރައްދުތަކުގެ ސަބަބުންނެވެ.

Loading

4 Responses

  1. ދިވެހިންގެ ވެރިޔާ ހަމަ ހެވިފަ. ފައިސާ ޗާޕްކޮށްގެންވެސް ހަމަ ހަބޭސް!

  2. ފައިސާ ނުލިބޭ ފަގީރު ގައުމުތަކުގައި ބައެއްވެރިން މިގޮތަށް އިސްތިއުފާ ދިނަސް އަހަރެމެންގެ ރާއްޖެއަކީ ފައިސާ ލިބޭ މުއްސަނދި ގައުމަކަށްވީމާ އެގޮތަށް އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަހަރެމެންގެ ވެރިންނަށް ފައިސާހޯދާނެގޮތްތައްވެސް އެނގޭނެ. މިހާރުވެސް ބިރަކާނުލައި ބާޒާރުން ދިވެހި އަށާރަރުފިޔާއަށް އެމެރިކާ ޑޮލަރެއް ގަންނަން ލިބޭނެ. ރަސްމީ ގޮތުން ވިއްކަންޖެހޭނީ 15.42 ރުފިޔާއަށް. ދިވެހިންތިބޭނެ ހާދަމޮޅު އިގްތިސާދީ މާހިރެކޭ ކިޔާފާ އަތްޖަހަން….

  3. މަންމަނު ތިޔަބުނީ ވަރަށް ބޮޑުތެދެކެވެ. އަހަރެމެންގެ ވެރިން ފައިސާ ހޯދާނެމޮޅުގޮތްތައް އެނގޭނެއެވެ. އަދި ފައިސާ ޖަހާށާއި ފައިސާއިން ޖަހަންވެސް އެނގޭނެއެވެ. ބޯ ހަލާކު

  4. ދިވެހިންގެ ތެރޭގައި ބޮދުތަކުރުފާނެއް އުޅުއްވިކަމަށް ފޮތްތަކުގައި ހުރެއެވެ. އަދި ކޮންމެ އަހަރަކު ފޭލިއަނދެގެން ފޮޓޯވެސް ނަގާ ބޮޑުތަކުރުފާނުގެ މޮޅުވާހަކަ ދައްކާފަ މަލާގަތް ކެއުމެއްވެސް ކާލައެވެ. ސުވާލަކީ އެބޮޑުތަކުރުފާނުގެ ލޭ މިގައުމުން ހުސްވީތޯއެވެ. ހާދަ ނިކަމެތިވެއްޖެއެވެ. މަކަރާއި ދޮގުން ބަޔަކުއައިސް ގައުމު ޖަހައިގަނެއްގެން ބަޔެއްގެ އަޅުވެތިކަމުގެ ދަށައްގެންގޮސް އަޅުވެތިކޮށް ކޮންމެ ސަކަރާތެއް ޖެހިޔަސް ވަގުގަ ވަގުހިފައިގެންވެސް ލާރިފޮއްޗެއް ލިބިއްޖެއްޔާ މިތިބީ ހެވިފައެވެ. އަސްލުވެސް ބޯހަލާކުވެއްޖެއެވެ. މަވެސް މިހެން ލިޔުނަސް ވަރަށް ފިނޑިއކެވެ. މަށައްވެސް މޮޅުވާހަކަ ލިޔެލަން އެގެނީ. އަދި ލިޔެގެން ކިޔާލަންވެސް އެނގެނީ. ވީމާ ވާނެ ހައެތި މިގައުމަށް ވާނެކަމާއިމެދު ޝައްކެއް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް