ރަޝިއާގެ ވަގްނާ ގްރޫޕުން ބަޚްމޫތު ހިފާފައިވާކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp

ރަޝިއާގެ އަމިއްލަ އަސްކަރީ ޖަމިއްޔާއެއްކަމަށްވާ ވަގްނާ ގްރޫޕުން އެތައް މަހެއްގެ ތަޅާފޮޅުމާއި ހަނގުރާމައަށްފަހު އިރުމަތީ ޔޫކްރޭނުގެ ބަޚްމޫތު ސިޓީ ހިފާފައިވާ ކަމަށް އެ ޖަމިއްޔާގެ ޗީފް ޔެވްގެނީ ޕްރިގޯޖިން ހޮނިހިރު ދުވަހު ބުނެފިއެވެ. 

”ބަޚްމޫތް ހިފުމުގެ މަސައްކަތް 224 ދުވަހަށް ދެމިގެންދިޔަ.“ ކާމިޔާބީ ފާހަގަކޮށް ޓެލެގްރާމުން ފޮނުވި ވީޑިއޯއެއްގައި ވާހަކަދައްކަމުން ޕްރިގޯޖިން ބުނާއަޑު އިވެއެވެ. 

ސޯވިއެޓް ރަޝިއާއިން ބަޚްމޫތުއަށް ކިޔާއުޅޭ ނަން ބޭނުންކޮށް، ކްރެމްލިން އާއި ހަވާލާދީ ރަޝިއާގެ ސްޓޭޓް ނިއުސް އޭޖެންސީ، ޓީއޭއެސްއެސް އިން ރިޕޯޓުކޮށްފައިވަނީ، ”ވަގްނާއިން ދިން ހަމަލާގައި ހަރަކާތްތެރިވި ސިފައިންނާއި، ރަޝިއާގެ އެހެނިހެން ސިފައިންގެ ޔުނިޓްތަކަށް ރައީސް ވްލާޑިމިރް ޕުޓިން މަރުހަބާ ވިދާޅުވޭ. މިކަމުގެ ސަބަބުން އާޓެމޮވްސްކް ފަތަޙަކުރުމުގެ އޮޕަރޭޝަންގެ ކާމިޔާބުވެފައިވާކަން ކަށަވަރުވެގެން ގޮސްފައިވާއިރު، ފްލޭންކްތަކުން ތިބި ހިސާބާއި، ސިފައިންގެ މަސައްކަތް ފުރިހަމަވެއްޖެކަން ޔަގީންކުރެވިއްޖެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް