ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާގައި އެމެރިކާގެ ޕޭޓްރިއަޓް ސިސްޓަމް ހަލާކުވެއްޖެ

Loading

Facebook
Twitter
WhatsApp
Credit: REUTERS

ރަޝިއާއިން ޔޫކްރެއިނަށް އަންގާރަދުވަހު ހެނދުނު ދިން ވައިގެ ހަމަލާތަކެއްގައި އެއްފަހަރާ ފޮނުވައިލި މިސައިލުތަކެއްގެ ސަބަބުން ޔޫކްރެއިނުން ބޭނުންކުރަމުން އައި އެމެރިކާގެ ޕޭޓްރިއަޓް މިސައިލް ދިފާޢުކުރާ ނިޒާމަށް ގެއްލުންވެފައިވާކަމަށް އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ. 

”ފޭސްޑް އެރޭ ޓްރެކިންގ ރޭޑާރ ފޮރ އިންޓަރސެޕްޓް އޮން ޓާރގެޓް“ (ޕޭޓްރިއަޓް) އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ވައިގެ ދިފާޢީ ނިޒާމެވެ. ޕޭޓްރިއަޓް ފަރުމާކޮށްފައިވަނީ ތަފާތު މަތިންދާ ބޯޓުތަކާއި، ކްރޫޒް މިސައިލުގެ އިތުރުން ބަލިސްޓިކް މިސައިލުތަކުން ދިފާޢުކުރާ ގޮތަށެވެ. 

އެހެންނަމަވެސް، ރަޝިއާއިން ފޮނުވައިލި ކިންޒަލް މިސައިލަކުން ވަނީ އެމެރިކާގެ ޕޭޓްރިއަޓް ސިސްޓަމް ހަލާކުކޮށްލައިފައެވެ.

އެމެރިކާގެ އުފެއްދުން ހަލާކުކޮށްލާފައިވަނީ ހުޅަނގުން ޔޫކްރެއިނަށް ދީފައިވާ ޕޭޓްރިއަޓް މިސައިލް ދިފާޢުކުރާ ނިޒާމު ނައްތާލާނެކަމަށް ރަޝިއާގެ ރައީސް، ވްލާޑިމިރް ޕުޓިން ވިދާޅުވެ އިންޒާރުދިނުމަށްފަހުގައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް