މާތް ﷲގެ މަގުގައި” ބުނާ ބަހުގެ މާނައަކީ ކޮބާ؟

Loading

Facebook
Twitter
WhatsApp
Sandhaanu news

މުސްލިމަކަށްވީތީ އަހަރެމެން ހެއްދެވީ އަދި އެކަލާނގެ ހަޟްރަތަށް އަހަރެމެން އެނބުރީ ދާނީ ކޮންފަރާތަކަށްކަން އަހަރެމެންނަށް ވަރަށް ސާފުކޮށް އެނގެއެވެ. އަދި މިދުނިޔެއަކީ އިމްތިހާނެއް ކަމާއި، ދިރުންވި ކޮންމެ އެއްޗެއް މަރުގަންނަވާނެކަންވެސް އަހަރެމެން ދަންނަމުއެވެ. ސުވަރުގޭގައި ހޭދަކުރާނެ ވަގުތާއި އަޅާބަލާއިރު މިދުނިޔޭގައި ވެއަތުކުރާ ދުވަސްތަކަކީ ވަރަށްވެސް ކުރު މުއްދަތެކެވެ. 
އަހަރެމެންނަކީ ރަނގަޅު މަގުން ހިނގުމަށް މަސައްކަތްކުރާ މުސްލިމުންކަން ދުނިޔޭގައި ދައްކުވައިދީގެން މާތް ުގެ ރުއްސެވުމާއި ފުއްސެވުން ހޯދައި އެކަލާންގެ ރަހުމަތާއި ބަރަކާތް މިންވަރުކުރެއްވުމަށް އެދިގެން މަސައްކަތްކުރާ ބައެކެވެ. 
ދުނިޔޭގެ ދުވަސްތައް ކޮންމެ ހައިސިއްޔަތަކުން ހޭދަކުރިނަމަވެސް، ކިޔަވާކުއްޖެއްގެ ގޮތުގައި، މުދައްރިސެއްގެ ގޮތުގައި، އިންސާފަށް ގޮވާލާ އެކްޓިވިސްޓެއްގެ ގޮތުގައި، ބެލެނިވެރިއެއް، ކުޑަކުއްޖެއް ނުވަތަ ރަހުމަތްތެރިއެއްގެ ގޮތުގައި، މަސްވެރިއެއްގެ ގޮތުގައި، ވިޔަފާރިވެރިއެއްގެ ގޮތުގައި އަދި ސިޔާސީ ޝަހުސިއްޔަތެއްގެ ގޮތުގައި ނަމަވެސް، މާތް ﷲ ވަނީ ކޮންމެ އިންސާނަކުވެސް އޭނާައަށް ގަދަރުކުރެއްވި ކަމަކުން އިމްތިހާނުކުރައްވާފައެވެ. އަދި އެމީހަކާއި ހަވާލުކުރެވުނު މަސްއޫލިއްޔަތުތަކާއި އިމްތިހާނުގައި މާތް ﷲގެ ހަޟްރަތުގައި އޭނާ ފިޔަވައި ޒިންމާދާރުވާނެ އެހެން މީހަކު ނާންނާނެއެވެ. 
މުސްލިމުންނަށްވެތިބެ ބައްދަލުކުރާ މީހުންނާއި، ކުރާ މަސައްކަތުގައި އަހަރެމެންނަކީ އިސްލާމީ އުންމަތަކަށް ނިސްބަތްވާ، މާތް ﷲގެ މަގުގައި ހޭދަކުރަންޖެހޭ ބައެއްކަން ހަނދާން ހުންނަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ފަރުދީ ހައިސިއްޔަތުން، އަދުގެ އިގްތިޞާދުގައި އެފަދައިން ހޭދަކުރުމަކީ ވާނެކަމެއް ނޫންކަމަށްބުނެ ނިންމާލެވިދާނެއެވެ. އެހެންނަމަވެސް، ފަރުދީ ހައިސިއްޔަތުން ﷲގެ މަގުގައި ހޭދަކުރަންވީ މިއަށްވުނެ މުނާސަބު ދަނޑިވަޅެއް ނޯންނާނެއެވެ. 

އެއީ ކިއްވެގެންތޯ އާއި، އެކަން ކުރާނީ ކޮންގޮތަކުންކަމީ ކުރަންޖެހޭ މުހިންމު ދެސުވާލެވެ. މިގޮތުން، ﷲގެ މަގުގައި ހޭދަކުރަންވީ ސަބަބާއިމެދު ވިސްނާލަމާތޯއެވެ. އެހީތެރިކަމާއި މަދަދަށް މާތް ﷲގެ ހަޟްރަތުން އެދުމުން ފުދޭނެކަން ހުރިހާ މުސްލިމުންނަށްވެސް އެނގެއެވެ. އިންސާނުންގެ ފަރުދުވަންތަކަމަށް އިސްލާމްދީނުން ބާރުދީފައިވަނީ މިފަދައިންނެވެ. އަދި ހެޔޮ އަމަލުކުރުމުންނާއި، ހެޔޮ އަމަލުކުރުމަށް އެހީތެރިވުމުން އެކަލާންގެ ރުއްސެވުން ލިބޭނެކަމާއި، ނުބައި އަމަލުކޮށް އެކަމަށް އެއްބާރުލުންދިނުމުން ﷲގެ ކޯފާލިބޭނެކަންވެސް މުސްލިމުންނަށް އެނގެއެވެ. ވީމާ، ކޮންމެ ބަޔަކު ގޮނޑިތަކަށް އިންތިހާބުކުރިނަމަވެސް ގައުމުގެ އިޤްތިޞާދު އަހަރަކަށްވުރެ އަހަރެއް ދަށަށްދާއިރު އެނގެންޖެހޭކަމަކީ ވޯޓުލުމުގެ މިނިވަންކަން އޮތްނަމަވެސް، ކޮރަޕްޓްވެ ނަޒާހާތްތެރިކަން ގެއްލިފައިވާ ނިޒާމެއްގެ ތެރެއިން ރަނގަޅު ބަދަލެއް ނެރުމަކީ ވާނެކަމެއް ނޫންކަމެވެ. ކޮރަޕްޝަނަކީ ކެންސަރުފަދައިން ދިވެހިގައުމު އެތެރެއިން ހަލާކުކޮށް ސުންނާފަތި ކޮށްލާނެ ބައްޔެވެ. ދެން ﷲގެ މަގުގައި ސާބިތުވެ ތިބުމަށްޓަކައި، ދީނީގޮތުން ކުރިއަރާފައިވާ މުސްލިމަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް، އެކަން ފެށެނީ ހެޔޮކަންކަން ކުރުމަށް އޭނާގެ ހިތުގައި ނިޔަތްގަނެވިގެންނެވެ. ކޮންމެ އިންސާނަކީވެސް އޭނާ ހެއްދެވި ފަރާތާއި ގުޅުން ބަދަހިކުރެވޭނެ މީހެއްކަމަށްވާއިރު، އަހަރެމެން ކުރާ ކަންކަމާއި، ވިސްނާ ކަންކަމާއި، ހިތުގައިވާހާ ކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެހެންމީހަކު ކުރާ ކުށަކުން އަހަރެމެންގެ ހިސާބު ނުބެއްލެވޭނެކަމާއި، އެހެންނަމަވެސް އެހެންމީހަކު ކުރާ ނުބައި ކަމެއްގައި އެއްބާރުލުން ދީފިނަމަ އެކަމުގެ ޒިންމާ އަހަރެމެން ނަގަން ޖެހޭނެކަން އެކަލާނގެ ވަނީ އަންގަވާފައެވެ. 

ﷲގެ މަގުގައި ހަނގުރާމަ ކުރުމުގެ މާނައަކީ ހަމައެކަނި މާއްދީގޮތުން ހަނގުރާމަކުރުމެއް ނޫނެވެ. އޭގެ މާނައަކީ، މާތް ﷲ ދެއްވި ބުއްދިއާއި ވިސްނުންތެރިކަން ބޭނުންކޮށްގެން، ކޮރަޕްޝަނާއި ދެކޮޅަށް އުފުލާ އައްޑަނައަކަށް ތިމާގެ ސިޔާސީ އަދި ފަރުދީ ހައްގުކަމުގައި ވާ ވޯޓު ބޭނުންކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރުމެވެ. ކޮރަޕްޝަނާއި ދެކޮޅަށް ގައުމުގެ ދިފާއުގައި ހަނގުރާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމަކަށްވީއިރު، އެކަން ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއި މިނިވަން މުސްތަގިއްލުގޮތެއްގައި، ކުރިމަތިލާ ކެނޑިޑޭޓުންނާއި ކުރަންޖެހޭ އުނދަގޫ ސުވާލުތައް ކޮށްގެން އޭގެ ޖަވާބާއި މެދު ފިކުރު ހިންގައިގެންނެވެ. އެގޮތުން، މުސްލިމަކު އެއްވެސް ޝަރުތަކާނުލައި ސިޔާސީ ޕާޓީއަކަށްވެސް އަދި ވަކި ފަރުދަކަށްވެސް އަމާންދީގެން ނުވާނެއެވެ. އަހަރެމެން އެންމެ ފުރިހަމައަށް ވަފާތެރިވާންޖެހޭނީ އަހަރެމެންގެ ޙާލިޤް، 

ﷲ ސުބުހާނަހޫ ވަތަޢަލާއަށެވެ. އަދި އެކަލާނގެ މަގުން ހިނގުމަކީ ރިޝްވަތުގެ ނުބައިކަމުން ގައުމު ދިފަައުކުރުމަށް މަސައްކަތްކުރުމެވެ. 

އެހެންނަމަވެސް، ކޮރަޕްޝަނާއި ދެކޮޅުކަމަށް ބުނެ ވާހަކަދައްކާ ކެނޑިޑޭޓަކު ހޮވުމަށް މުސްލިމުން މަސައްކަތްކުރަން ޖެހޭއިރު، ހަނދާން ބަހައްޓން ޖެހޭކަމަކީ ސިޔާސީވެރީންނަކީ ވޯޓުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ދޮގެއްވެސް ހަދާފަަނެ ބައެއް ކަމެވެ. ވީމާ، ވަކިވަކި ކެނޑިޑޭޓުން ދިރަްސާކޮށް، އެމީހުންގެ ދީންވެރިކަމާއި ޕާޓީއަށް އޮންނަ ލޯބި ދެނެގަތުމަކީ ވޯޓުލާ ފަރާތުގެ ޒިންމާއެކެވެ. ލުރެވިދާނެ އެއްކަމަަކީ، ކޮންމެ ކެނޑިޑޭޓެއްގެ ފަހަތުގައި ތިބި ބޮޑެތި ޝަހުސުތަކާއި ނަންތަކަކީ ކޮބައިތޯ ދެނެގަތުމެވެ. އެއީ ގިނަފަހަރު ސިޔާސީ މަގާމުތަލަށް ހޮވާ ފަރާތްތަކުން މަގާމު ލިބުމަށްފަހު ހިދުމަތްކޮށްދޭނީ އެމީހުން މަގާމަށް ގެނައުމަށް ހެދަކުރި ވިޔަފާރިތަކާއި ފަރުދުންގެ މަސްލަހަތު ކުރިއެރުވުމަށެވެ. ﷲގެ މަގުގައެއް ނޫނެވެ. މީގެއިތުރުން، ދީނީ ކެނޑިޑޭޓަކީ ލާދީނީ ކެނޑިޑޭޓެކޭ އެއްވަރަށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ބަލިކަށި ފަރާތަކަށް ވުމަކީ އެކަށީގެންވާކަމަކަށް ވީހިނދު، ނިޒާމުގެ ތެރެއަށްވަދެ އެ ނިޒާމު އެތެރެއިން ބަދަލުކޮށްގެން ނޫނީ ކޮރަޕްޝަން ނުހުއްޓުވޭނެކަމަށް ދީނީ ކެނޑިޑޭޓުން އެމީހުންގެ ސަޕޯޓަރުންނަށް އޮންނަނީ ވިސްނައިދީފައެވެ. އެހެންނަމަވެސް، މިއުކުޅަކީ އެއްގޮތަކަށްވެސް ކާމިޔާބުވާނެ އުކުޅެއް ނޫނެވެ. އެއީ ކޮރަޕްޓް ނިޒާމެއްގެ ތެރޭގައި ތިބޭ ފަރާތްތަކަކީ ޝައިޠާނާ ފަދައިން، ހެޔޮ މަސައްކަތަށް އަންނަ މުސްލިމުން މަގު ފުރައްދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ބައެކެވެ. އެމީހުން ކޮންޓްރޯލް ކޮށް ބާރުގެ ދަށަށް ގެނެވޭނެ މަގެއް ހޯދާ، ބަލިފަޔަކަށް ތިބޭނީ ބަލަބަލައެވެ. މިގޮތުން، ސިޔާސީ ނިޒާމު މަސައްކަތްކުރަނީ ކޮންގޮތަކަށްކަން އަހަރެމެން އެންމެނަށްވެސް ވަރަށް ސާފުކޮށް އެނގޭއިރު، ގައުމުގެ ހެވާއި ލާބައަށް އެދޭ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، ވޯޓު ކަރުދާހުން އެމަސައްކަތް ދެއްކުމަށް މަސައްކަތްކުރާނީއެވެ 
މުސްލިމުންނަކީ ކުރެވޭ ގޯސް ތަޖުރިބާތަކުން އިބްރަތް ހާސިލްކުރާ ބައެއްކަމަށް ކީރިތި ރަސޫލާ ﷺހަދީޘްފުޅު ކުރައްވާފައިވާކަމަށް ސަހީހް ބުޚާރީ (6133) އަދި ސަހީހް މުސްލިމް (2998) ރިވާކުރައްވާފައިވެއެވެ. 
އެހެންކަމުން، ސިޔާސީ ފަރާތަކުން ކުރިން ވެފައިވާ ވައުދަކާއި ޚިލާފުވެފައިވާނަމަ ދެވެނަފަހަރު ހަމަ އެމީހާއަށް އިތުބާރުކޮށްގެން ނުވާނެއެވެ. އެއީ 

ﷲ އަށްޓަކައި އޭނާގެ ވައުދަށް އިތުބާރުކުރުމަށްފަހު، އޭނާ އެވައުދާއި ޚިލާފުވެއްޖެނަމަ، އޭގެ ޖަޒާ ހުންނާނީ ވައުދާއި ޚިލާފުވި މީހަކަށެވެ. 

މުސްލިމަކާއެކު ވެފައިވާ ވައުދެއް ނުފުއްދައި އެއާއި ޚިލާފުވެއްޖެ މީހަކާއި މެދުގައި މާތް ﷲ ކޯފާވެވަޑައިގަންނަވާކަމަށާއި، މަލާއިކަތް ބޭކަލުން އޭނާއަށް ލައުނަތްލައްވާނެކަމަށާއި، އޭނާ ކުރާ ނާފިލް އަޅުކަންތައް ﷲގެ  ހަޟްރަތަށް ބަލައެއް ނުގަންނާނެކަމަށް ކީރިތި ރަސޫލާ ﷺހަދީޘްފުޅު ކުރައްވަަފައިވާކަން އަލީގެފާނުގެ ފަރާތްޕުޅުން ރިވޭވެގެންވެއެވެ. 

ވީމާ، މުސްލިމުންނަކީ ވްރަށް ސާބިތުކަމާއެކު ﷲގެ މަގުން ހިނގުމަށް ލޯބިކުރަންޖެހޭ ބައެކެވެ. އަހަރެމެން ކުރާ ހުރިހާކަމެއް އެކަލާނގެ ބައްލަވާވޮޑިގެންވާކަމާއި، އަހަރެމެން ދައްކާ ވާހަކަތަކާއި ނުދައްކާ ވާްހަކަތައްވެސް އެކަލާނގެ އައްސަވޤވޮޑިގެން ވާކަމާއި، ކުރާހުރިހާކަމެއްގައިވެސް އެކަލާނގެއަށް ވަކީލުކޮށް ފުދިގެންވާ ހާލު  ﷲގެ މަގުން ހިނގުމަކީ މުސްިމުންގެ ސިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް