އައިސިސްއިން މޮސްކޯގައި ދިން ހަމަލާގެ ފަހަތުގައި އޮތީ އެމެރިކާ؟

Loading

Facebook
Twitter
WhatsApp

ރަޝިއާއިން ޔޫކްރޭނުގައި ކިރާ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ އެމެރިކަައާއި ރަޝިއާއާއި ދެމެދު “ޕްރޮކްސީ ވާރ” އެއް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެމެރިކާގެ މަސައްކަތުގައި ކުލަ ނުޖެހި އުޅެނިކޮށް އިރާނާއި ޗައިނާ ފަދަ އަސްކަރީ ބާރުތަކުގެ މަދަދާއެކު ރަޝިއާވަނީ އިތުރަށް ބާރުގަދަ ވާން ފަށާފައެވެ.

އައިސިސް ހަނގުރާމަވެރިން މޮސްކޯގައިދިން ނިރުބަވެރި ހަމަލާގެ ކުރިން އެމެރިކާ ސަރުކާރުގެ ތަރުޖަމާނު ވަނީ މޮސްކޯގައި ތިބި އެމެރިކާ ރައްޔިތުން މޯލްތަކާއި، ތިއެޓަރތަކާއި، މުނިފޫހިފިލުވުމަށާއި އެހެނިހެން ކަންކަމަށްވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. އެހެންކަމުން، އާންމުންގެ 90 މީހަކު މަރާލައި ދިން މިހަމަލާގެ މައުލޫމާތު އެމެރިކާއަށް އެނގޭކަން މިކަމުން ހާމަވެއެވެ.

މިގޮތުން، ހަމަލާއަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި ހަގީގަތުގައިވެސް އޮތީ އައިސިސް ނަމަ ހަނދާން ބަހައްޓަންޖެހޭ ކަމަކީ، ރަޝިއާއިން ސީރިއާގައި ބަލިކުރި މިފަދަ ޖަމާއަތްތަކަކީ އެމެރިކާއާއި އިޒްރޭލުން އެމީހުންނާއި ދެކޮޅުވެރި ގައުމުތަކާއި ދެކޮޅަށއ ބޭނުންކުރާ ޖަމާއަތްތަކެއް ކަމަށެވެ.

މިފަދަ ޓެރަރިސްޓުންނަކީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް އޮތް ބައެއް ނޫންކަން ފާހަގަކޮށް ޕުޓިން ވިދާޅުވީ އައިސިސްގެ ފަހަތުގައި ތިބީ ކޮންބައެއްކަން އެންމެންށްވެސް ވަރަށް ސާފުކަމަށެވެ.

ސީރިއާގައި ހަރަކާތްތެރިވާތާ ޒަމާންތަކެއް ވެފައިވާ އައިސިސް އިން އެންމެ ފަހަރަކުވެސް އިޒްރޭލަށް ހަމަލާ ނުދެނީ މިހެންވެގެން ކަމަށް ވެސް ވެދާނެއެވެ.

ބައިނަލްއަޤްވާމީ ސިޔާސީ ދުނިޔޭގެ ކަޅު ހަގީގަތަކީ އިޒްރޭލާއި އެމެރިކާއިން އެކި އެކި މުޖުތަމައުގެ ޖަޒުބާތުތައް ހަތިޔާރަށް ހަދައި، އެމީހުންގެ އެދުންތައް ފުރިހަމަކުރުމަށް އައްޑަނައިގެ ގޮތުގައި ބޭނުންކުރުމުގައި ކާމިޔާބުވެފައިވާކަމެވެ. އަދި މި ޖަމިއްޔާތަކަކީ އެމީހުންގެ އިންޓެލިޖެންސަށް ބޭނުންކުރާ އެއްޗެއްކަމަށް ހަދައި، ސީއައިއޭ އާއި މޮސްއަދް އިން ކުރިއަށް ގެންދާ ހަމަލާތަކާއެކު އެގައުމުތަކުގެ ޚާރިޖީ މަސްލަހަތު ފުރިހަމަކިރުމަށް ބޭބުންކުރާ އެއްޗަކަށް ވެއްޖެއެވެ.

އެމެރިކާއާއި އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް މުޅިދުނިޔެއިން ބަސްބުނަމުންދާއިރު ރަޝިއާއާއި އިރާނާއި އެގައުމުތަކުގެ ބައިވެރިން ކަމުގައިވާ އިރާޤުން ގެންދަނީ ފަލަސްތީނަށް އެއްބާރުލުންދީ އެމެރިކާއާއި އިޒްރޭލުގެ މަސްލަހަތު އޮންނަ ކަންކަން ދަތިކޮށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

ފަހުގެ ބައިނަލްއަޤްވާމީ ރިޕޯޓަކާއި ހަވާލާދީ އެނގޭގޮތުގައި އަރަބި ދުނިޔޭގެ ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއާއާއި، ޖޯޑަނާއި، ބަހްރޭނާއި، ޔޫއޭއީ އިން ގެންދަނީ ޣައްޒާ ހަނގުރާމައިގައި އިޒްރޭލަށް ވާގިވެރިވަމުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ގައުމުތަކަކީ އެމެރިކާގެ ޒަމާންވީ އައުވާނުންކަމެވެ. އަދި އެތައް ޒަމާންތަކެއް ވާންދެން އިޒްރޭލާއި އެކުގައިވެސް އިންޓެލިޖެންސް ބަދަލުކޮށް، ފައިސާގެ ބަދަލުގައިވެސް އިޒްރޭލާއި އެކުގައި ސުލްހަވެރިވުމަށް ދެކޮޅު ހަދާފައިވާ ހަމާސް ނައްތާލުމަށްޓަކައި މަސައްކަތްކޮށްދީފައިވާ ގައުމުތައް ކަމެވެ.

ތަފާތު ގިނަ ހަނގުރާމަތަކެއް އުފެދި ދެތުރެމުންދާއިރު، ދުނިޔޭގެ ކަންކަން ދާނީ އިތުރަށް ބޮއްސުންލައިގެން ކަން ޔަގީނެވެ. އަދި ބޮޑެތި ބާރުތަކުން އެމީހުންގެ މާލީ މަސްލަހަތު ކުރިއަށް ނެރެ ފައިދާ ނަގަން އުޅޭނީވެސް ދުނިޔެ ހަލަބޮލިވާ މިފަދަ ދަނޑިވަޅުތަކުގައެވެ. އެކަމުގެ ސަބަބުން ފުރާނަ ގެއްލެނީ ނުވަތަ އަނިޔާވަނީ ކުށެއްނެތް އާންމުންގެ ކިތައް މީހުންނަށްތޯ އެފަރާތްތަކުން ނުވިސްނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް