ޔަމަންގެ ރަށެއް ކަމަށްވާ ސޮކޯޓްރާ އަށް ޔޫއޭއީގެ ހަނގުރާމަވެރި ޖަމާޢަތް ތަކަކުން އިންގިލާބެއް ގެނެސްފި

މިދިޔަ ހޮނިހިރު ދުވަހު ޔަމަންގެ ސަރުކާރުން ބުނެފައިވާ ގޮތުން ސަދަން ޓްރާންސިޝަން ކައުންސިލުގެ ހަނގުރާމަވެރި ޖަމާޢަތަކުން “ އެގައުމުގެ ގަވަނަރޭޓެއް ކަމަށްވާ ސޮކޮޓްރާ އަށް ފުރިހަމަ އިންގިލާބެއް ގެނެސްފިއެވެ.“ އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ. ޔަމަންގެ ރަސްމީ ޚަބަރު ފަތުރާ އިދާރާއިން ރިޕޯރޓު ކޮށްފައިވާ ގޮތުން: ”ސޮކޮޓްރާގައި ޓްރާންސިޝަނަލް ކައުންސިލުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ގެނެސްފައިވާ އިންގިލާބުގެ ސަބަބުން އެޕްރޮވިންސުގެ ސްޓޭޓް އިންސްޓިޓިއުޝަން ތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.“ ”ތަފާތު ނުރައްކާތެރި ހަތިޔާރު ތަކާއެކެ ދިން މި […]

”ރިކޯޑް މިންވަރަށް ބަލިޖެހިފައިވާ މީހުން ރިޕޯޓުކުރި ދެވަނަ ދުވަސް“، ޖަޕާން

ޖަޕާނުގެ މީޑިއާތަކުން ބުނެފައިވާގޮތުގައި ހުކުރު ދުވަހު ރިކޯޑު އަދަދަކަށް ކޮރޯނާވައިރަސްގެ ވޭދަނަ (ކޭސްތައް) ތައް ވެރިކަންކުރާރަށް ޓޯކިޔޯއިން ފެނިއްޖެއެވެ. މިއާއެކު ޓޯކިޔޯގައި ކޮރޯނާވައިރަސް ޖެހފައި ތިބި މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށްވަނީ ގޮސްފައެވެ.  ކިޔޯޑޯ ނިއުސް ބުނާގޮތުން، ޖެހިޖެހިގެން ދެވަނަ ދުވަހު ޓޯކިޔޯއިން 243 އާ ވޭދަނަ (ކޭސް) ފެނިފައިވާކަމަށް ސިއްހަތާއިބެހޭ އޮފީސްތަކުން ވަނީ މައުލޫމާތު ދީފައެވެ. މީގެ ތެރެއިން 200 ވޭދަނައަކީ ސިޓިއިން ފެނުނު ވޭދަނަ ތަކެވެ. އޭގެ ކުރީދުވަހު ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް 224 […]

ސިކުނޑިން އުފައްދާ ކުދި ރާޅުތަކުގެ ބާރުގައި ހަށިގަނޑުގެ މަސްތަކަށް ބާރުދޭ މެޝިނެއް (ސައިބޯގް)

news

55 އަހަރުގެ ކްރިސްޓެން ސޮރެންސެން ވަނީ މިދިޔައަހަރު ކަނދުރާއިން ފެށިގެން ތިރި ވާގިނެތިފައެވެ.  ”މިކަމެއް އައީ ކޮން ދިމާއަކުން ކަމެއްނޭނގުނު“ ސޮރެންސެން ބުނެފައިވެއެވެ. “ އަހަރެން ހުރީ ހަމަ ވަރަށް ހެޔޮހާލުގައި، ކޮންމެ ދުވަހަކު ކަސްރަތު ކުރަން. އެކަމަކު މިކަން ފެށުނީ އިނގިލި ކުރީގައި އުފެދުނު ތުރުތުރަކުން. ދެން މިކަން އިތުރުވާންފެށީ“ ހަށިގަނޑުގެ ނާރުގެ ނިޒާމަށް ވަރަށް މަދުން ޖެހޭ ބައްޔެއްކަމަށްވާ ގިލައިން ބެރޭ ސިންޑްރޯމް ކިޔާ ބައްޔެއް އޭނާއަށް ޖެހިފައިވަކަން 2018 ވަނައަހަރު އޮކްޓޯބަރުގައި އެނގުނެވެ. […]

ސައުދީ އަރަބިއްޔާ އުފެއްދުމުގައި ޒައިނިޒަމް ގެ ދައުރު.

Creation of Israel & Saudi Arabia Maldives News

ސައުދީ އަރަބިއްޔާ އާއި އިސްރާއީލުގެ ޒައިނިސްޓުންނާ އޮންނަ ސިއްރު ގުޅުމުގެ ވާހަކަ އަކީ ބްރިޓިޝް އިމްޕީރިއަލިޒަމް ކިޔަވާ ކުއްޖަކަށް އާކަމަކަށް ނުވާނެއެވެ. މައްސަލައަކީ ބްރިޓިޝް އިމްޕީރިއަލިޒަމް ކިޔަވާ ކުދިންގެ އަދަދު މަދުކަމެވެ. ބްރިޓިޝް ޔުނިވަރސިޓީ ތަކުގެ އަންޑަރގްރެޖުއޭޓް، އަދި ޕޯސްޓްގްރެޖުއޭޓް ކޯސް ތަކުގެ އިސްތިހާރުތަކަށް ބަލައިލި ކަމުގައި ވީނަމަވެސް، ބްރިޓިޝް އެމްޕަޔަރާ ބެހޭގޮތުން ޕޮލިޓިކްސް ޑިގްރީއެއް ނުފެންނަތާ، އެއާ ގުޅުންހުރި ޑިގްރީއެއް އަދި މާސްޓަރސް ޑިގްރީއެއް ފެނުމަކީވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ކޮންމެ ގޮތަކަށް […]

ވައިރަސް އާއިބެހޭގޮތުން ފަރަންސޭސިވިލާތުގެ ސިޔާސީ އިސްބޭފުޅުންތަކަކާއި ސުވާލުކޮށްފި

Maldives News

ކޮރޯނާވައިރަސްގެ ބަލިމަޑުކަންމެނޭޖުކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި ގުޅިގެން، ފަރަންސޭސި ވިލާތުގެ ސިޔާސީގޮތުން އެންމެ އިސް ތިން ބޭފުޅެއްގެ ތަހުގީގު ހިންގުމަށް ފަރަންސޭސި ވިލާތުގެ މަތީ ކޯޓަކުން ރަސްމީކޮށް އަންގައިފިއެވެ. މިތަހުގީގުގައި ބައިވެރިކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު އެޑުއާޑް ފިލިޕޭއާއި، ކުރީގެ ހެލްތު މިނިސްޓަރ އެގްނެސް ބަޒީންއާއި، އަދި  އެބޭފުޅާގެ ބަދަލުގައި އައްޔަން ކުރެއްވި އޮލީވިއާ ވެރަން އެވެ. މިތަހުގީގަކީ ކޯރޯނާ ވައިރަސް ކާރިސާ، މިނިސްޓްރީތަކުން މެނޭޖްކުރި ގޮތް ބެލުމަށް ނުވަތަ މެނޭޖް ނުކުރި ސަބަބު ހޯދުމަށް ހިންގާ ތަހުގީގެކެވެ.  ކޯޓް […]

ޖެފެރީ އެޕްސްޓެއިންގެ ސިއްރުވެރިޔާގެ ގޮތުގައި ގިނަދުވަހު މަސައްކަތްކުރި، ގިސްލެއިން މެކްސްވެލް ޖިންސީގޯނާގެ ތަހުގީގަކާއި ގުޅިގެން ހައްޔަރުކޮށްފި

news

ޗާޕްކުރުމުގެ ދާއިރާއިން މަޝްހޫރުކަން ލިބިފައިވާ، މިހާރު ނިޔާވެފައިވާ މަހުޖަނު ރޮބަރޓް މެކްސްވެލްގެ އަންހެން ދަރިކަނބަލުންނަށްވަނީ ހަށިވިއްކުމުގެ ވަގުފާރީގެ އޮޕަރޭޝަނެއް ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައެވެ.  ސީނިއަރ ލޯ އެންފޯސްމަންޓް އޮފިސަރުން ވިދާޅުވެފައިވާ ގޮތުގައި، ހަށިވިއްކުމުގެ ވިޔަފާރިއާއި ގުޅުންހުރި ކަމެއްގައި، ޖެފެރީ އެޕްސްޓެއިންގެ ސިއްރުވެރިޔެއްގެ ގޮތުގައި ވަރަށްގިނަ ދުވަހު ހުންނެވި، ގިސްލެއިން މެކްސްވެލް ވަނީ ކަމާއިބެހޭ ފަރާތުން  ބުރާސްފަތިދުވަހު ހެމްޝަޔަރއިން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެނދުނު 8.30ގައި ބެޑްފޯޑް އިންނެވެ. އެޕްސްޓެއިންއާ […]

އީ.ޔޫ ކޮރޯނާ ވައިރަސް ސޭފް ލިސްޓު: ޔޫ.އެސް މިލިސްޓަށް އަރަން އަދި ގާތްވެސް ނުވޭ

news

އަލްޖީރިއާ، ރުވާންޑާ، އުރުގުއޭ، ޗައިނާ، ކެނެޑާ މިގައުމުތަކުގެ މީހުންނަށް މިހާރު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕަށް ދިއުމުގެ ހުރަހެއް ނެތެވެ. އެކަމަކު ޔޫ.އެސް ފަތުރުވެރިންނަށް އެފުރުސަތެއް ނެތެވެ.  ތަފާތު 15 ގައުމެއްގެ ރައްޔިތުން ވަކި ބޭނުމެއްނެތިވެސް ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް ޔޫރަޕުންވަނީ ހުއްދަ ދީފައެވެ. މިގޮތުން ހުއްދަ ދިން ގައުމުތަކަކީ ޔޫރަޕިއަން ޔޫނިއަންއިން ވަކި ގޮތަކަށް ހޮވާފައިވާ ގައުމުތަކެއް ކަމަށް ކުރިން ބެލެވުނެވެ. މާޗްމަހުން ފެށިގެން ޔޫރަޕަށް ދަތުރު ކުރުން މަނާކޮށްފައި އޮތުން މިހާރުވަނީ ބަދަލުކޮށްފައެވެ.  ޔޫރަޕުން ބުނާގޮތުގައި، […]

އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީ ކަނޑުގެ ސިފައިންގެ ބާރު އިތުރަށް ގަދަވެ، ބާރުވެރިކަމުގެ ހަމަހަމަކަން ގެއްލިއްޖެ

އަންކާރާއިން އެކުލަވާލާފައިވާ، އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީ ކަނޑުގެ ސިފައިންގެ ބާރުގަދަކުރުމުގެ ދުރު މުސްތަގުބަލުގެ ޕްލޭން ކާމިޔާބު ވެއްޖެއެވެ.    ހަ ދަހަރަށްވުރެ (ޑިކޭޑް) ގިނަދުވަހު ތުރުކީ ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި އޮތްއިރު، ރައީސް ރަޖަބް ޠައްޔިބު އުރުދުގާން ގެ ލީޑަރޝިޕްގެ ދަށުން، އަންކަރާއިންވަނީ  އެ ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ބޮޑަށް، ތުރުކީގެ މިލިޓަރީ ގާބިލުކަން އިތުރުކޮށްފައެވެ.  އިރުމަތީ މެޑިޓެރޭނިއަންގައި ފަހުގެ ތާރީޚުގައި ހިނގި ކަންކަމަށްބަލާއިރު ފެނިގެންދަނީ، ތުރުކީގެ ކަނޑުގެ ސިފައިންގެ ފައުޖުތަކުގެ ގާބިލްކަން އިތުރުކޮށް، ސަރަހައްދުގެ ބާރުގަދަ ގައުމުތައް […]

އދ ގެ އޮފިޝަލަކު ޔަމަނުގެ ހާލަތު ސިފަކުރީ ”މިއީ އަޅުގަނޑުގެ ހަޔާތުގައި ދުށް އެންމެ އަނދިރި ވަގުތުކޮޅު“ ގެގޮތުގައި

yemen news

އދ ގެ އަންޑަރ ސެކެއްޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް ސަރ މާކް ލޯކޮކް ވިދާޅުވި ގޮތުގައި، ހަނގުރާމައާއި ސައޫދީން އިސްވެއޮވެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަސަބަބުން, ޔަމަނުގައި ވަމުންދާގޮތްތަކަށް ދުނިޔެއިން ސަމާލުކަން ނުދީފިނަމަ އެތައް މިލިޔަން ކުދިން މަރުވެގެންދާނެއެވެ.  ބޮޑު ކާރިސާއަކުން ރައްކާތެރިވުމަށް، ޔަމަނަށް އެހީވުމަށް މުއްސަދި ގިނަ ގައުމުތަކުން ވެފައިވާ ވައުދާއި އެއްގޮތަށް ޚައިރާތު ކުރަން ކަނޑައެޅި ފައިސާ ޔަމަނާއި ހަވާލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މި ހުރިހާ ވާހަކައެއް ސަލްވާގެ ތަސްވީރުތަކުން (މާކު […]

އެމް.ފީ މަގާމުން ދުރުކުރުމުން އެނގިގެންދަނީ ޔޫކޭގައި އުޅޭ އިޒުރޭލު މީހުންނަށް ފާޑުކިޔުމުގެ ނުރައްކާތެރިކަން

news uk

އިޒުރޭލު އޮފިސަރުން ޔޫ އެސްގެ ފުލުސް އޮފިސަރުން ތަމްރީނު ކުރުމާއިބެހޭ ތަފްސީލު އެކުލެވޭ އާޓިކަލެއް ހިއްސާކުރުމާއިގުޅިގެން ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުގައި ހުންނެވި ރެބެކާ ލޯންގް-ބެއިލީ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. އިޒްރޭލަށް ފާޑުކިޔާފައިވާ އާޓިކަލެއް ހިއްސާކޮށްގެން އެމް.ޕީއަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމުން، ޔޫކޭގެ އިދިކޮޅު ލޭބާ ޕާޓީގައިހިމެނޭ ްވާތުފިޔާގެ މެންބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.  އެޕާޓިގައި ހިމެނޭ ވާތުފިޔާގެ އިސްމެންބަރެއް ކަމަށްވާ ރެބެކާ ލޯންގް-ބެއިލީ  ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުން ދުރުކުރީ ފިލްމީތަރި މެކްޒިން ޕީކޭ […]