ސަންދާނު ދަ ބްލެކް ޑޭ! 2- (ދެވަނަ) ބައި

Loading

Facebook
Twitter
WhatsApp
SANDHAANU MALDIVES

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން!

ސިޓީގެ 2 ވަނަބައި…..

ސަންދާނުގައި ވަނީ މާޒީގައި ހިގާފައިވާ ގިން ހާދިޘާ ތަކެކެވެ. ޤައުމުގައި ހަމަހަމަކަމާއި ޢަދުލު އިންސާފު ޤާއިމު ނުވާކަމަށް ގޮވާލާ ލިޔުމެކެވެ. އެފަދަ ޝުޢޫރުތައް ފާލުކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އަސާސީ ޙައްގެއް ނޫންތޯއެވެ! خيال ފާޅުކުރުމަކީ ޤާނޫނީ ސަރުކާރާއި އިދިކޮޅު ޢަމަލެއް ކަމުގައި ދެކޭނެ އެއްވެސް ހަމައެއް އޮވޭތޯއެވެ؟ މިދުނިޔާގއި ޤައުމީ ފެންވަރުގައިވެސް އެކަން ގަބޫލު ކުރާނެ ޤައުމެއް ނުވާނެކަން ކަށަވަރެވެ. ސަންދާނުގެ މޮޓޯއަކީ “ ޢަދުލު އިންސާފް  މުޖުތަމަޢުގެ ހަމަޖެހުން “ މިއެވެ. މިދެންނެވިފަދަ ޝުޢޫރުތައް އިޙުސާސްވެފައި އެފަދަ ކަރަޕްޝަނާ ފަސާދައާއި ދެކޮޅަށް ޚިޔާލު ފާލުކުރުމުން އެއީ ހަތިޔާރާއެކު އައިސް ގައުމަށް  ހަމަލާ ދިނުން ކަމަށް ނިންމިދާނެތޯއެވެ! ނުވަތަ ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅެނީކަމަށް މާނަ ކުރެވިދާނެތޯއެވެ! ސަރުކާރުން މިލިޔުމާއި ބެހޭގޮތުން ރަސްމީ މުއާސަލާތް މެދުވެރިކޮށް އަޅުގަނޑުމެންނަށް ޙުކުމް ކުރި ދުވަހު ( 2002 – 07 – 07 )  ޤައުމަށް އިއްވެވި އިއުލާނުގައި މިދެންނެވި ސަންދާނު އިންޓަނެޓް ނިއުސް އަށް ދެއްވާފައިވާ ނަމަކީވެސް ސަންދާން ނޫސްއެވެ. ވީމާ، ސަރުކާރު ޤަބޫލުުކުރާ ގޮތުގައިވެސް މިއީ ނޫހެކެވެ. ވީމާ، ނޫހެއް ނެރުމަކީ ދައުލަތާއި އިދިކޮޅު ހަރަކާތަކަށް ވާނީ ކޮން ތިއަރީއެއްްގެ ދަށުންކަން ވަނީ ނޭނގިފައެވެ. ކޮން ލޮޖިކެއްގެ ދަށުންކަން ވަނީ އޮޅުން އަރާފައެވެ. ކޮން ފަލްސަފާއެއްގެ ދަށުންކަން ވަނީ ފޮރުވިފައެވެ. މުޅި އިންސާނީ ތަޞައްރަފް ވަނީ ޙައިރާން ކުރުވާފައެވެ. ކޮރަޕްޝަނަކީ އިންސާނުންކުރާ ޢައިރު ޤާނޫނީ ޢަމަލަކަށް ވާއިރު، އެޢަމަލު ހިންގެވި ކަމަށްވަނީ ވިއްޔާ އެވާހަކައެއް ދެއްމުން އެއީ ބައެއްްގެ އަބުރާ ބެހެވުންތޯއެވެ!

Sandhaanu News Maldives

އަޅުގަނޑުމެން ބަންދު ކުރެވުނު ފަހުން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ސަންދާނުގައި ލިޔެފައިވާ ގިނަ ކަންތައްތައް ވަނީ ހަޤީގަތެއް ކަމަށް ފައުޅުވެފައެވެ. އޭގެ ތެރެއިން ޖަލުގައި ކުރަމުންދިޔަ ސިފައިންގެ އަނިޔާ ވެރިަކަން މިއަދު މިވަނީ މުޅި ދުނިޔެއަށް ޘާބިތު ވެފައެވެ. ޖަލުގެ އަނިޔާވެރިކަމުގެ ވާހަކަ ޢާއްމުވެފައި ވާތާ އަހަރުތަކެއް ވެއްޖެއެވެ. ދުނިޔެގެ ސަމާލުކަމަށް ކަންތައް ތިލަވީއިރުވެސް ޤައުމީ ފެންވަރުގައި އޮތީ ސަމާލު ކަމަށް ނުގެނެވިއެވެ. ޕްރިޒަންސް ޑިވިޝަން ޒަމާނުއްސުރެން ޖަލާ ހަވާލުވެ ވަޑައިގެން ހުންނެވީ އަނިޔާވެރި އަނިޔާ ތަކެއް ދިވެހި ރައްޔިތުންނަށް ދިނަކަމަށް ދިވަހި ބައެއް ދޫތަކުން މަޝްހޫރުވެފައިވާ ކުރީގެ ސޭފްޓީ މިނިސްޓަރ އަބްދުލް ހަންނާނު “ އެކްޓިވް ޑިރެކްޓަރ“ އަދި މިހާރުގެ ޑިފެންސް މީނިސްޓްރީގެވެސް އެގްޒެކްޓިވް ޑައިރެކްޓަރ އިސްތަފާ އިބްރާހީމް މަނިކެވެ. އަދި ކީއްކުރަންތޯއެވެ. ޢަމަލީ ގޮތުން މިހާރުވެސް ޑިފެންސް މިނިސްޓްރީ ހިންގަވާ ކަމަށް ގިނަ ބަޔަކު ދެކެނީވެސް އިސްތަފާ އިބްރާހީމް މަނިކެވެ. އެހެންކަމުން ހަންނާނުގެ ދުވަސްވަރަށްވުރެން ވެސް މިދައުރުގެ އަނިޔާވެރިކަން މާބޮޑުވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކޮންމެ އަކަސް އިބްރާހިމް މަނިކު ކަރެކްޝަނުގެ އެންމެ އިސްމަޤާމުން ދުރުކުރެވި، ގުލްފާމުގޭ މުއިޒް އަދުނާނުއާއި ހަވާލު ކުރެވުނު ހަފްތާގައި ޖަލުގެ ގިނަ އަނިޔާތަކަށް ހުއްޓުމެއް އައެވެ. އަދި ޖަލުގެ ކޮއްތު %1000 ރަނގަޅު ވިއެވެ. ޖަލުގައި ތިބޭ މީހުންނަށް ވެރިމީހާއާއި ވާހަކަ ދެންނެވެއެވެ.

މިއީ އޭރު ޖަލުގައި ތިބި 1300 މީހުން ހެކިވާނެ حقيقتކެވެ. ވީމާ ސަންދާނުގައި ބަޔާންވެފައިވާ ޖުމްލަ ވާހަކަ ތަކަކީ ދައުލަތާއި އިދިކޮޅު حركات އެއް ކަމަށް މާނަކުރުމަކީ އުފެދެންޖެހޭ ސުވާލެއް ކަމަށް އަމުދުން މިހާރު މީހުންނެއް قبول ނުކުރާނެއެވެ. އެއީ خيال ފާލުކުރުމެވެ. އިޞްލާހަށް މަގުދެއްކުމެވެ.

Sandhaanu News

“ ސަންދާނު “ އާއި ގުޅިގެން ދައުލަތުގެ ވަކީލް އަޅުގަނޑުގެ މައްޗަށް ދަޢުވާ ކުރެއްވެވީ 29 ވަނަ މާއްދާގެ ދަށުން ދައްލަތާއި އިދިކޮޅު حركات ހިންގަން އުޅުނު ކުށުގައެވެ. ރާއްޖޭގެ އާދަކާދައިގެ މަތިން ސަރުކާރުން ދައުވާ އުފުލާ ގޮތާއި އެއްގޮތަށް ފަނޑިޔާރު حكم ކުރެއްވީއެވެ. އަދި އިތުރަށް 150 އާއި 152 ގެ ދަށުން އަބުރުގެ ދައުވާއެއްވެސް އުފުއްލަވާ 1 އަހަރު ދުވަހު އަރުވާލުމަށްވެސް حكم ކުރީއެވެ.

މިތަޙްޤީގުގައިވެސް އަދި މިޝަރީޢަތުގައިވެސް އަޅުގަނޑުގެ އަސާސީ ހައްޤު ތަކުން محروم ކުރެވިފައިވެއެވެ. ތިޔަ ކޮމިޝަނުން ވިސްނަވަން ހުރި ނުކުތާތަކަކީ މިއެވެ.

  1. މިމައްސަލާގައި ފުރަތަމަ ބަންދު ކުރެވުނީ 30 ޖެނުއަރީ 2002 ގައެވެ. ބައިންދާފައި އިނީ ’6 * ’8 ގޮޅިއެއްގައި އެކަނިމާ އެކަންޏެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. { ތަކުރާރުކޮށް ގޮވާލުމުން ޑިޔުޓީގައި ހުންނަ މީހަކު އާދެއެވެ. ކާންދެނީ ދޮރުގައި ހަދާފައި ހުންނަ ލޯވަޅަކުންނެވެ. ދޮރުގެ ތޭރިތަކުން ފުރޭނިގެން އައިސްފައިވާ އަލިކަމެއް ގޮޅީގެ 2\1 އަށް ހުރެއެވެ. ( މިގޮތަށް މިދެންނެވެނީ ތިޔަ ކޮމިޝަނުގެ އެއްވެސް ބޭފުޅަކަށް ދޫނިދޫގެ ގޮޅިއެއްގައި ރޭކޮށްލެއްވުމުގެ ނަސީބު ލިބިލައްވާފައި ނުވެދާނެތީއެވެ)}. ރޭގަނޑު ގޮޅިތެރޭގައި ބައިންދާފައި ހުންނަ ފާޚާނާ ތަށްޓަށް އޮންނަނީ އަނދިރިކޮށެވެ. ޙާލަތު ތަސައްވަރު ކޮށްލައްވާށެވެ! 28 މާޗް 2002 ގައި ތަޙްޤީގް ނިމި 4 ކޮޕީގައި ސޮއި ކުރުވިއެވެ. ތަޙްޤީގަށް ގިންފަހަރު ނެރެނީ ރޭގަނޑު ދަންވަރުގައެވެ. ގޮވާލާނެ ވަގުތަކަށް ގޮޅިގައި ސިހިސިހިވާ ހާލުގައެވެ. ގޮޅިން ނެރެގެން ގެންދާނީ އަތިރިމަތީ މަގޫގަސްތަކާއި ދިމާއަށެވެ. އެތަނުގައި ބައިންދާފަ މީހާ ވަރުބަލިވެ ނިދިން ތާއްޔާޖެހެންފެށީމާ ދެންގޮވާނީ ތަޙުގީގަށެވެ. އެގޮތަށް އެތަކެއްރެއެއްގެ އަތްނުލަ އައްދޮކިޔުއްވުމަށްފަހު ތަޙުގީގު ނިމުނީކަމަށް އެންގިއެވެ. އެގޮތުން ތަޙުގީގް ބަޔާންގައި އެބޭފުޅުން ބޭނުންފުޅުވެލައްވާ ގޮތަށް ބަސްބަސް އިތުރުކޮށް އުނި ކުރައްވާފައިވެއެވެ. އަދި ބަޔާނުގެ ޖުމްލަތައް ރާވާފައިވަނީ އެބޭފުޅުން ބޭނުންވެލައްވާ ގޮތަށެވެ. 28 މާޗް 2002 ގައި ރަސްމީކޮށް ތަހްޤީގު ނިމުނުކަންވެސް އެންގިއެވެ. ތަހްޤީގުގައި ގެންގުޅެއްވި ދުވަސްތަކުގައި އަޅުގަނޑުގެ ސްކޫލު އަޅުގަނޑަށް ވެވުުނުހައި ރަނގަޅަކަށް ބެލެހެއްޓީމެވެ. ނަމަވެސް 26 ޖޫން 2002 އާއި ޖެހެންދެން އެއަނިޔާތަކަށް އިންސާނުން ކެތް ނުކުރެވިގެން އަމިއްލައަށް ދަންޖެހި މަރުވާ ޙާލަތުގައި، ނަފްސާނީ ގޮތުން ބަލިކޮށްލުމާއި ވިސްނުމާއި ބުއްދި ގޯސްކޮށްލުވާ ފަދަ ޙާލުގައި މައްސަލަ ޝަރީޢަތަށް ނުފޮނުއްވާ ބޭއްވެވި ސަބަބެއްވެސް ވިސްނާ ވިސްނާ އަޅުގަނޑަކަށް ނޭގުނެވެ.
  2. މި ހިތްދަތި ކަމާއި ނަފްސާނީ އުދާސްކަމުގެ ތެރޭގައި ވަނިކޮށް ވަގުތީގޮތުން މާލެ ދާން ޖެހޭ ކަމަށް އަންގަވައި މާލެ ގެނެވުނެވެ. އެއީ ޖޫން މަހުގެ ކުރީ ކޮޅެވެ. ގެންދެވުނީ ފުލުސް އޮފީހުގެ ވެލްފެއަރ ގޮޅިއަށެވެ. އެތަނުން ބޭރު ނުފެންނަ ވެންޓިލޭޝަން ނެތް ވޭނަކަށް ލައިގެން ގޮސް ވޭން މަޑުކުރިއެވެ. އަދި ފައިބާށޭ ބުންޏެވެ. ފޭބުމުން މިފޭބުނީ ޖަސްޓިސް ބިލްޑިންގްއަށް ކަން އެގުނެވެ. އޭރު އެކަނިމާ އެކަނި ކުޑަ ގޮޅިއެއްގެ ތެރޭގައި އޮންނަތާ 5 މަސް ވަނީއެވެ. ޝަރީޢަތުގެ މަޖިލިސްއެއްގައި ވާހަކަ ދެއްކޭވަރަށްވުރެ މީހާ ވަނީ ސައިކޮލޮޖިކަލް ގޮތުން ބަލިކަށިކޮށްލެވިފައެވެ. މީހާ ވަނީ ނިކަމެތިކަން އިޙުސާސްވެ ވަރުބަލި ވެފައެވެ. އެތަނުންވެސް އެއްވެސް މީހަކާ ބައްދަލުކުރުމުގެ ފުރުޞަތެއް ސިފައިނެއް ނުދިނެވެ. ޖަޖް عبدالله عريف ގެ އަރިހުގައި ތަކްރާރްކޮށް قانونى وكيل އެއްގެ އެހީ ބޭނުންކަމަށް ބުނެ ތަކުރާރު ކުރީމެވެ. އެކަންވެސް ސަރުކާރު ބޭނުންވާ ގޮތަށް މީހާ ކުށްވެރިކޮށްލަން ބޭނުންވެލައްވާ ބޮޑުކަމުން އެފަދަ ޗާންސެއްވެސް ލިބިނުދެއްވީއޭ ދެންނެވުން ނޫން އެހެން އެއްޗެއް އެ ޢަމަލުން އެވަގުތު އަޅުގަނޑަށް އިޙްސާސް ވާނެތޯއެވެ. ވީމާ އަޅުގަނޑު ކޯޓަށް ޙާޝިރުކުރެއްވީ އަޅުގަނޑުގެ ޙާޝިރުގައި ކޯޓެއްގެ ޤާޞީއެއްގެ ކުރިމަތީގައި ޝަރީއަތް ކުރެއްވެވިކަމަށް ލިޔެކިޔުމަށް އަރުވަންވެގެންނޫން އެހެން ކޮންކަމެއްގައި ބާވައެވެ.

NEWS

  1. ޤާނޫން އަސާސީގެ ޗެޕްޓަރ 2 ގެ 15 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން މީހަކު ބަންދުކުރެވޭއިރު އެމީހާ ބަންދު ކުރެވޭ ސަބަބެއް އެމީހަކަށް އަންގަން ޖެހެއެވެ. މިއީ قانون އަސާސީ އެގޮތަށް ލާޒިމް ކުރާ ކަމެކެވެ. މިގޮތުން އަޅުގަނޑު ބަންދު ކުރެއްވިކަމަށް އަންގަވާފައިވަނީ ހަޤީގަތާއި ޚިލާފް ދޮގު މަޢުލޫމާތުތަކެއް މަސްލަޙަތު ގެއްލޭގޮަތަށް ފަތުރަމުންދާ ކަމަށް ތުޙުމަތު ކުރެވިގެންނެވެ. މިއެންގުން އަންގަވާ ސިފައިން އެލިޔުމުގައި އަޅުގަނޑު ލައްވައި ސޮއިކޮށް އިނގިލި ފިއްތުވިއެވެ. ނަމަވެސް شريعة ގެ މަޖްލީސްގައި ސަރުކާރުން އެޕޮއިންޓް ކުރައްވާފައިވާ އެޓޯނީގެ ވަކީލު ދަޢުވާ އުފުލެއްވީ ތަފާތު އެހެން މައްސަލައެއްގައެވެ. އާދެ! އަޅުގަނޑުމެންގެ ލޮބުވެތި ދައުލަތާއި އިދިކޮޅު ޙަރަކާތެއް ހިންގަން އުޅުނުކަމުގެ ކުސުގެ މައްޗަށެވެ. ސަރުކާރު ކުރިމަތީގައި قانون އަސާސީ އަކީ މާބޮޑުއަގެއް ހުރިއެއްޗަކަށް ނުވާކަން ޢަމަލީ މައިދާނުންފެނުމުން ޙައިރާންވިއެވެ. މިއީ އޮޅުމަކުން ހިގާ ކަންތައްތަކެއް ނޫންކަން އަޅުގަނޑަށް ޔަޤީންކުރެވެއެވެ. އަޅުގަނޑުމެން 5 މަސްވަންދެން ކ. ދޫނިދޫ އޮއެއް ވަޔެއް ނުޖެހޭ ކުޑަ ގޮޅިއެއްގައި ބާއްވައިގެން ދައުވާކޮށްލަން ފެނިލެއްވީ ބަންދުކުރެވުނު މައްސަލައާއި ގުޅުމެއްނެތް عمرގެ حكم އެއް ބޮލުގައި އަޅުވާލެވޭފަދަ މާއްދާއެއްގެ ދަށުންނެވެ. މިގޮތަށް ހެދުމަކީ ޒާތީ މައްސަލައެއް ކަމަށްވެސް ދަންނަވަމެވެ. ސަންދާނުގެ ހުރިހާ އަދަދެއް ( ކޯޓުން އަޅުގަނޑުމެންގެ މައްސަލަ ރިޕޯޓާއިއެކު ) ހޯއްދަވާ ބައްލަވާށެވެ. ކުރީގައިވެސް ދެންނެވުނު ފަދައިން 28 މާޗް 2002 ގައިވަނީ މުޅި ތަހްޤީގް ނިމި ރަސްމީކޮށް އެކަން އަޅުގަނޑުމެން 4 މީހުންނަށް އަންގާފައެވެ. ވީމާ، އަޅުގަނޑު ކުރި ކުށުގެ ބާވަތާއި ބޮޑު ކުޑަމިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަށް ވާނީ ވަރަށް ފުރިހަމަކޮށް އެނގި ވަޑައިގެންފައެވެ. އަޅުގަނޑުގެ މަންމަ މ. އަހްމަދީއާބާދު ޙައްވާ އިބްރާހީމްފުޅު 9 އޭޕްރީލް 2002 ގައި އަޅުގަނޑުގެ ތަޙްޤީގް ނިމިފައިވުމުން ގެއަށް ބަދަލު ކޮށްދެއްވުމަށާއި ގެއިން ބައްދަލުކޮށްދެވޭނެ ގޮތެއްވޭތޯ އާދޭހުގެ ސިޓީއެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއަށް ފޮނުވިއެވެ. 10 އޭޕްރީލް 2002 ގައި އެސިޓީގެ ޖަވާބު ދެއްވީ އަންނަނިވި އިބާރާތުންނެވެ. “ ޙައްވާ އިބްރާހީމްގެ ދަރިފުޅު މުޙައްމަދު ޒަކީ ބަންދު ކުރެވުނީ ހަޤީގަތާއި ޚިލާފް ދޮގު މަޢުލޫމާތު ތަކެއް މަސަލަޙަތު ގެއްްލޭ ގޮތަށް ފަތުރަމުންދާ ކަމަށް ތުޙުމަތު ކުރެވުނު މައްސަލައެއްގައި ކަމަށްވާތީ އަދި ގެއަށް ބަދަލުކޮށްދެވޭކަށް ނެތެވެ. ބައްދަލު ކުރުމަށް ގެއަށް ފޮނުވައިދެވޭކަށް (ވެސް ) ނެތެވެ. މިޖަވާބުގެ ފޮޓޯ ކޮޕީއެއް މިސިޓީއާއި އެކު ހުށަހެޅީމެވެ. ވީމާ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުން މިހާބޮޑަށް ރައްޔިތުންނަށް އޮޅުވާލައްވާނެ ކަމަށް ހުވަފެނަކުންވެސް މީގެ ކުރީގައި ފެނިފައެއް ނުވެއެވެ.
  2. ސަރުކާރުގެ ވަކީލު އަޅުގަނޑުގެ މައެްޗަށް ޤާނޫން ނަމްބަރ 29 ވަނަ މާއްދާއާއި 152 އަދި 150 ގެ ދަށުން ދަޢުވާ ކުރެއްވިއެވެ. ދަޢުވާގެ ޖަވާބުގައި އަޅުގަނޑު ދައުލަތާއި އިދިކޮޅު ޙަރަކާތެއް ހިންގަން މަސައްކަތް ކޮށްފައި ނުވާކަމަށާއި އިންޓަރނެޓް ވިއުގައަށް ލިޔުމެއް ލިޔެ ފޮނުވުން އެއީ ދައުލަތާއި އިދިކޮޅު ޙަރަކާތެއް ހިންގަން އުޅުނުކަމަށް ބެލެވޭނެ ޤާނޫނީ އެއްވެސް ޖާގައެއް އޮތްކަމަށް ނުދެކޭކަމަށް ދެންނެވީމެވެ. އިންޓަރނެޓް ވިއުގައަށް ފޮނުވާލެވޭ އެއްޗަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ އެއްޗެއް ނޫނެވެ. އެހެނީ އިންޓަރނެޓަކީ ދުނިޔޭގެ ވަކި މީހެއްގެ އެއްޗެއް ނޫނެވެ. އިންޓަރނެޓް ވިއުގައަށް ވަކި މީހަކު އެއްޗެސް ފޮނުވިޔަސް އެއެއްޗެއް ޑައުންލޯޑް ކުރުމުން ނޫނީ އެ އެއްޗެއް ބެލޭނެ ގޮތެއް ނޯވެއެވެ. އެފޮނުވާ މީހާއަކީ އެލިޔުމެއްގެ ޕަބްލިޝަރ ކަމުގައި ނުވެ އިންޓަރނެޓް ސާރވަރ މެދުވެރިކޮށް އިންޓަރނެޓް ވިއުގާއަށް ފޮނުވާލެވޭ އީ- މެއިލް އަނެއްކޮޅަށް ދިޔަކަންވެސް ފޮނުވާ މީހާއަކަށް ޔަޤީންކަމާއި އެއްކޮށް ނުވެސް އެނގޭނެއެވެ. އަޅުގަނޑު “ ސަންދާން“  ނޫސް ދިވެހި ރާއްޖެއަށް ފޮނުވީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރެގެނެއް ނޫނެވެ. އަޅުގަނޑު އެލިޔުން އީ- މެއިލްކުރީ މެލޭޝިޔާގެ ޤާނޫން އަދި ސިޔާސީ ސަރަޙައްދުގައި ހުރެގެންނެވެ. މެލޭޝިޔާގައި އެއީ ކުށެއް ނޫނެވެ. ވީމާ އަޅުގަނޑު އެހިންގި ޢަމަލު ހިންގީ މެލޭޝިޔާގެ ޤާނޫން ހިގާ ސަރަހައްދުގައި ހުރެގެން ކަމަށްވާއިރު، އަޅުގަނޑުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނީ މެލޭޝިޔާގެ ޤާނޫން އާއި ޤަވާޢިދާ އެއްގޮތަށް ކަމަށް ބައިނަލް އަގުވާމީ ޤާނޫނާއި ޤަވާޢިދު ހަރު އަޑުން ގޮވައެވެ.  އަޅުގަނޑަކީ މެލޭސިޔާގައި ދިރިއުޅޭ މެލޭސިޔާގެ ޕާރމަނެންޓް ރެޒިޑެންސެކެވެ. ދިވެހި ރާއްޖޭގެ ޤާނޫނީ ސަރަޙައްދުގައި ބިދޭސިން ކުރާ ކުށްތަކަށް އަދަބު ކަނޑައަޅަނީ  އަކީ އެމީހަކު ނިސްބަތްވާ ގައުމުގެ ޤާނޫންތަކަށް ބަލައިގެނެއް ނޫނެވެ! ރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީމާ ބައިނަލް އަޤުވާމީ ޤާނޫނުތަކުން އަޅުގަނޑަށް ލިބިގެންވާ ޙައްޤުތަކުންވެސް މަޙްރޫމް ކުރެވިއްޖެކަމަށް ދެކެމެވެ.
  3. ފުރަތަމަ ދުވަހު ޝަރީޢަތުގެ މަޖްލިސްގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ފަނޑިޔާރު عبدالله عريف އަށް ދެންނެވީމެވެ. ޖަވާބުގައި ވިދާޅުވީ އެކަން އޮންނަ ގޮތް ސާފުކުރުމަށްފަހު ވަކި އެއްޗެއް އަންގާނެ ކަމަށެވެ. عبدالله عريف ރާއްޖޭގެ ޤާނޫންތައް މަތިންވެސް ބައްލަވާފައި ނުވާ ކަމަށާއި އަލަށް ޝަރީއަތް ކުރައްވާ ކަމަށް ފާހަގަ ކުރެވުނެވެ. އެހެނީ ދިވެހިރާއްޖޭގެ قانون އަސާސީގެ ޗެޕްޓަރ 2 ގެ 16 ވަނަ މާއްދާގެ 2 ވަނަ ނަމްބަރުގައި ވަރަށް ޞަރީޙަ އިބާރާތުން މީހަކު އެމީހެއްގެ ކުށުން ބަރީޢަވުމަށްޓަކައި قانونى وكيل ގެ އެހީ ބޭނުންވެއްްޖެ ހިނދެއްގައި قانونى وكيل އެހީ ލިބިދޭން ޖެހޭނެ ކަމަށް بيان ކޮށްފައި ވެއެވެ! ވީމާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރެވޭ އެއްވެސް شريعة އަކީ ޢައިރު ޤާނޫނީ شريعة އެއް ނޫންކަމުގައި ނުބެލެވޭނެއެވެ. އެހެންނާ، ކޯޓް ތަކުގެ قاضىން ނަކީ قانون ތައް އެނގޭ، قانون ތަކާއި އެއްގޮތަށް شريعة ކުރާ ބައެކެވެ. ކޮންމެ އަކަސް، ފުރަތަމަ ދުވަހު شريعة مجلس ނިމުނީ ނިޔާއެއް ނީއްވައެވެ. ވަގުތުތައް ނަގާލަން، ބޭކާރު މަސައްކަތެއް ކުރަން ނިޔާ ނީއްވާ ފަސްކުރީ ކީއްވެގެން ބާވައޭ ހިތަށް އަރައެވެ.  عدل ވެރިކަން شريعة ގައި ހުރިކަން ދައްކަން ކަމަށް މިހާރު ޔަޤީން ކުރެވެއެވެ. އެދުވަހު شريعة ގެ މަޖްލިސްއަށްފަހު، އަނެއްކާވެސް ކުރީގައި ދެންނެވި ’6  x ’8 ގޮޅިގައި ގައިދު ކުރެވުނެވެ. 20 ދުވަސް ފަހުން ވަގުތީގޮތުން މާލެ ޖައްސާލަން ޖެހޭކަމަށް އަންގަވައި، މާލެ ގެންގޮސް ފުލުސް އޮފީހުގެ ގޮޅީގައި ބޭންދެވިއެވެ. ކުރީ ދުވަހެކޭ އެއްގޮތަށް ބޭރު ނުފެންނަ ވެންޓެއްނެތް ވޭނު ތެރެއަށް ލައިގެން ގޮސް ވޭން މަޑުކުރިއެވެ. ފައިބާށޭ ބުނުމުން ފޭބިއިރު، މިއީ ޖަސްޓިސް ބިލްޑިންް ކުރިމައްޗަށެވެ. އަނެއްކާވެސް  شريعة مجلس އަށް ޙާޞިރު ކުރެވުނީހެން ހީވިއެވެ. އަޅުގަނޑު ގެންދެވޭ ތަނެއް އެންގެވުންވެސް މި އަމާން އޮމާން ރާއްޖޭގެ  قانونى ސަރުކާރު މަނާކުރެއެވެ. ކޮންމެއަކަސް އެދުވަހު شريعة مجلس ފެށިއްޖެއެވެ. ފަނޑިޔާރު އަބދުﷲ އަރީފް ކުރެއްވި ސުވާލަކީ މައްސަލައާއި ބެހޭގޮތުން އިތުރަށް ދައްކަވަން ޖެހޭ ވާހަކައެއް އޮތްތޯއެވެ.  قانونى وكيل ގެ އެހީ ބޭނުންކަމށް ކުރީ ދުވަހު شريعة مجلس އަށް ހުށަހެޅިކަމާއި އޭގެ ޖަވާބަކީ ކޮބައިތޯ ސުވާލު ކުރީމެވެ. ފަނޑިޔާރު عبدالله عريف  ވިދާޅުވީ ހަމަޖެހިފައިވާ ޤަވާޢިދުގެ ދަށުން ޖިނާޢީ މައްސަލަ ތަކުގައި  قانونى وكيل ގެ އެހީ ލިބިދެވޭން ނެތް ވާހަކައެވެ. އަޅުގަނޑަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ދިވެހިރާއްޖޭގެ قانون އަސާސީއާއި ޚިލާފަށް ގައުމުގެ އަދާލަތުގެ ނަމުގައި ފަނޑިޔާރު عبدالله عريف މިފަދައިން ނިޔާ އިއްވުމަކީ ދިވެހި ދައުލަތާއި އިދިކޮޅަށް ހިންގެވި ޙަރަކާތެްް ތެއް ކަމުގައި ނޫނީ ނުވާނެއެވެ. ފަނޑިޔާރުގެ މިނިޔާއަކީ އުޑުމަތި ސާފް ދުވަހެއްގެ މެންދުރުގެ އިރު ޖައްވުން ފާޅުކަން ބޮޑުކޮށް ބަބުޅާ ދިއްލާފައިވާއިރު ފެންނަހެން  قانون އަސާސީއާއި ޚިލާފަށް އިއްވި ނިޔާއެކެވެ.   عبدالله عريفގެ ހުރީ ޖަންގަލީގެ އުސޫލުކަމަށާއި  قانون އާއި ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމަކީ އޭނާގެ އިންސާފުން ބޭރުގައިވާ ކަމެއްކަން އެހިނދު ޤަބޫލުކުރެވުނެވެ. މި شريعة مجلسގެ ރެކޯޑިންގ އަޑުއައްސަވާ ލެއްވުމުން އަޅުގަނޑުގެ މިބަހުގެ ތެދުކަން ثابت ވާނެއެވެ. އަދި އެދުވަހު شريعة އަޑުއަހަން ވެންނެވި 10 ވަރަކަށް މީހުންނާއި ސުވާލު ކުރެއްވުމުންވެސް އަޅުގަނޑު މިބުނި ބަހުގެ ތެދުކަން ثابت ވާނެއެވެ. ކުރީ ދުވަހު شريعة مجلس އަޑުއަަހަން ވަނުމުގެ ހުއްދަ ނުދެއްވިޔަސް، ނަސީބަކުން ނުވަތަ ބަދުނަސީބަކުން މިދުވަހުގެ  شريعة އަޑުއަހަން 10 ވަރަކަށް ބޭފުޅުން ވެންނެވިއެވެ. ރާއްޖޭގެ އެތެރެއާއި ބޭރުވަނީ ހަމަހަމަކަމާއި ޢަދުލު އިންސާފުން ގިރިޓީވެފައިކަން  ލައުޑް ސްޕީކަރުތަކުން 24 ގަޑިއިރު އެޖަހާ ތާރައިގެ  حقيقى މާނަ މިދޭހަވަނީއެވެ. ކޮންމެއަކަސް އެދުވަހު شريعة ގައި އިބްރާހީމް މޫސާ ލުތުފީ އެނޫހުގައި ލިޔެފައިވަނީ މުޅިންވެސް ހަޤީގީ ވާހަކަތައް ކަމާއި އަދި އެވާހަކަތައް  ثابت ކޮށްދިނުމަށްޓަކައި ބޭނުންވާ ހެކިން حاضر ކޮށްދެއްވުމަށް އެދި ހުށަހެޅިއެވެ. އޭގެފަހުން ހަފްތާއެއްހާ ދުވަސް ފަހުން ގެންގޮސް އިތުރު ވާހަކައެއް ދެއްކުމަކާއި ނުލައި  حكم އިއްވިއެވެ.

    މި حكم އިއްވުމުގެ 11 ދުވަސް ކުރިން ދޫނިދޫއިން މާފުށީ ޖަލަށް ބަދަލު ކުރިއެވެ. މިފަހަރު އެކަހެރިކޮށް ބަންދު ކުރެއްވީ ކުޑަ ކެޕްސޫލެއް ވަރުގެ ތަނެއްގައެވެ. އެއީ ’4 x ’6 ކުޑަ ގޮޅިއެކެވެ. މަތީގައިވަނީ ކޮންކްރީޓް ޝީޓެކެވެ. ދަގަނޑު ތޭރިތަކެއް ޖަހާފައިވާ 2’ ‘ x6 ފޫޓް ދޮރެެއް ހުއްޓެވެ. އޮކްސިޖެން ދައުރު ކުރުމައްޓަކައި އިތުރު ވެންޓިލޭޝަނެއް ނެތުމުގެ ސަބަބުން އެކަށީގެންވާ އޮކްސިޖަން ގޮޅީގައި ނުހުރެއެވެ. ދޮރުހުރީ އިރުމަތީ ފަރާތުގައި ކަމުން މީހާ ހާސްވާ ކަހަލަ ހޫނުކަމެއް ގޮޅިތެރޭގައި އުފެދެއެވެ. ގޮޅިގެ ކުރިމަތީގައި 3 ފޫޓް ދުރުމިނުގައި ހުރީ 10 ފޫޓް އުސްމިނުގެ ޓިނު ފެންސެކެވެ. އެއްވެސް އެހެން ހިޔަލެއް ނެތެވެ. އިރު އެރީއްސުރެ ހަވީރު 5 ޖަހަންދެން ސޮނި ފުހޭ ކަހަލަ ފޮތިކޮޅަކުން ދާފޮހެލަ ފޮހެލާ ހުންނަން ޖެހެއެވެ. މި ގޮޅިތަކަށް ލާކަމަށްވަނީ މީހުން މަރާ މީހުނާއި އިންތިހާ އަށް ނުކިޔަމަންތެރިވާ މީހުންނެވެ. އެތަނަކީ މީހާ ފްލެޓް ވުމުން ނޫނީ ޑިސްޕްރިން ގުޅައެއްވެސް ނުލިބޭ ތަނެކެވެ.

    ނުނިމޭ …….

Loading

One Response

  1. ސަންދާނުގެ ބައިވެރިން ވަރަށްވެސް ހިތްވަރުގަދަ. އަހަރެމެންވެސް ވަރަށް ސިއްރުން ކިޔަން އަދި ފްރެންޑުންނާއިޝެއަރ ވެސް ކުރަން. ވަރަށް ބިރުންތިބެގެން ކިޔަނީވެސް ވަރަށް ސިއްރުން. އެނގޭވިއްޔާ މައުމޫނުގެ ވެރިކަން ދަމަހަށްޓަން އައްޔަން ކޮށްފާ ތިބި ޖައްލާދުންތަށް އެފަދަ ލިޔުމެއް ކީކަން އެނގުނަށް ގެންގޮސް ލިޓިއެއް ދެނެކަން. ވަރަށް ކާމިޔާބު ނެރެވުނު މަސައްކަތެއް. ބަޔަކު ހަންގޮސްގެންނަމަވެސް މައުމޫނުގެ ވެރިކަން ނިންމުނު ނަމަވެސް ދެން ވެރިކަމަށް އައި އެއްވެެސް ތަޖުރިބާއެއްނެތް ސިޔާސަ ކުއްޖެއްގެ ސަބަބުން މިހާރު މިވަނީ ތިބުނިހެން އެތަކެއް ބަޔަކު ހެޔޮނިޔަތުގައި ގެނައި ބަދަލު ޖަދަލުކުރުމާއި ޖެއްސުމާއި ހަޔާތްގޮވުމާއި ގަރުލު ޢާމް ހިންގާ ހިސާބަށް ފާލުން ނެއްޓިފައި. އުންމީދަކީ 2023 ގައި ވެރިކަން ކުރެވޭވަރުގެ ގާބިލުކަން ހުރި ހެޔޮލަފާ ވެރިއެއް މިންވަރު ކުރެއްވުން. އަނގަ ގަދަ މިތުރުންގެ ކިބައިން ސަލާމަތްކަން ލިބުން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް