ޖުލައި 15 އަކީ އާދައިގެ ބަޣާވަތެއްނޫން. އެއީ ތާރީޚުގައި ފަވާލެވޭ ހާދިސާއެއް: އުރުދުގާން

Loading

Facebook
Twitter
WhatsApp
world news

2016 ޖުލައި 15ވަނަ ދުވަހުގެ ރޭގަނޑު ނުރައްކާތެރި ބަޣާވަތަކުން ތުރުކީގެ ސަރުކާރު ވައްޓާލަން ފެޓުއްލާ ޓެރަރިސްޓް އޮގަނައިޒޭޝަނުން މަސައްކަތްކުރިތާ ހަތަރު އަހަރު ފުރުނީއެވެ. 

ސަރުކާރާޢި ދެކޮޅަށް ޖުލައި 15ގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވަތަށް 4 އަހަރު ފުރުން ތުރުކީގައި ފާހަގަކުރަމުންދަނީ، އެބަޣާވާތުގެ ސަބަބުން ގެއްލުންވި މީހުންގެ ހަނދާންތައް އާކުރަމުން ހަފަލާތައްވެސް ބާއްވަމުންނެވެ.

ބުދަ ދުވަހު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުގާންއާއި ބަޣާވަތާއި ދެކޮޅަށް ހަނގުރާމަކުރި މަދަނީ އިސްރައްވެހިންނާއެކު ވަޑައިގެން، އަންކާރާގައި ހުންނަ ރައީސްގެ ގަނޑުވަރު ސަރަހައްދުގައި ހުރި ހަނދާނީ ބިނާގައި  މާބޮނޑިއެއް ބާއްވަވާ، ދުއާކުރެއްވިއެވެ. 

”ޖުލައި 15 އަކީ އާދައިގެ ބަޣާވަތެއްނޫން. އެއީ ތާރީޚުގައި ފަވާލެވޭ ހާދިސާއެއް“ އެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އުރުދުގާން ވިދާޅުވިއެވެ. 

މަޖިލީހުގައި ބޭއްވި ހަފްލާވެސް ހިމެނޭގޮތަށް، ބަޣާވާތް ނާކާމިޔާބު ކޮށްލުން ފާހަގަކުރުމަށް ތަފާތު ގިނަ ހަރަކާތްތަކުގެ ސިލްސިލާތައް އުރުދުގާން ފައްޓަވައިދެއްވިއެވެ. ކޮވިޑް-19ގެ ބަލާއާފާތުތެރޭގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، ބައިވެރިންތިބީ މާސްކު އަޅައިގެންނެވެ. 

”ބަޣާވާތް ކުރި މީހުންނަށް އެނގޭ އެމީހުން ކުރަން އުޅުނު ކަންތައް. ޖުލައި 15 ވަނަ ދުވަހުގެ ރޭ އަންކާރާއާއި އިސްތަންބޫލްގެ މަގުމަތީގައި ޓޭންކަރާއި ހަތިޔާރު ހަރުކުރި އުޅަނދުތައް ހަރަކާތްތެރި ވަމުންދިޔަ. އެމީހުން ދަތުރުކުރަމުންދިޔައީ އެމީހުންނަށް ހުރަސްއެޅި މީހުން ޗަސްކުރަމުން“ އުރުދުގާން ވިދާޅުވިއެވެ.

“ އެރޭ މިލިއަން ބަތަލުން ފާޅުވި“ އުރުދުގާން އިތުރަށް ވިދާޅުވިއެވެ. “ އެމީހުން މިގައުމުގެ މުސްތަގުބަލް ބަދަލުކޮށްލި“. 

ފެޓުއްލާ ޓެރަރިސްޓް އޮގަނައިޒޭޝަނުން (ފެޓޯ) ހިންގަން އުޅުނު ނުރައްކާތެރި ބަޣާވާތުގައި ނިޔާވި މީހުންގެ ހަނދާންތައް އާކުރުމަށް ތުރުކީގެ ރައްޔިތުންގެ މަޖިލީހުގައިވެސް ހަރަކާތެއް ބޭއްވިއެވެ. އެ ބަޣާވަތުގައި 250 އަށްވުރެ ގިނަ މީހުން މަރުވިކަމަށް ވެއެވެ. 

އެ ހަނަދާނީ ހަފްލާ ފެއްޓިގެންދިޔައީ މަޖިލީހުގެ އަމީންޢާންމު މުސްތަފާ ސެންޓޮޕް، ”ޖުލައި 15 ޑިމޮކްރަސީ ޝަހީދުންގެ ހަނދާނީ ބިނާ“ އަށް، އަންކާރާ ގަނޑިން ހެނދުނު 7 ޖެހިއިރު، ޒިޔާރަތް ކުރެއްވުމުންނެވެ. 

މީގެ ހަތަރު އަހަރު ކުރިން، ބަޣާވާތާއި ދެކޮޅަށް މަގުތަކަށް ނުކުތް އެތައް ހާސްބަޔަކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، ތުރުކީގެ 81 އަވަށެއްގެ އެތުލީޓުން “ ޑިމޮކްރަސީ ވޮޗް“ގެ ނަމުގައި ”ޖުލައި 15 ޑިމޮކްރަސީ ޝަހީދުންގެ ހަނދާނީ ބިނާ“ ގެ ކުރިމަތީގައި ހަރަކާތެއް ބޭއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް