"ރިކޯޑް މިންވަރަށް ބަލިޖެހިފައިވާ މީހުން ރިޕޯޓުކުރި ދެވަނަ ދުވަސް"، ޖަޕާން

Loading

Facebook
Twitter
WhatsApp

ޖަޕާނުގެ މީޑިއާތަކުން ބުނެފައިވާގޮތުގައި ހުކުރު ދުވަހު ރިކޯޑު އަދަދަކަށް ކޮރޯނާވައިރަސްގެ ވޭދަނަ (ކޭސްތައް) ތައް ވެރިކަންކުރާރަށް ޓޯކިޔޯއިން ފެނިއްޖެއެވެ. މިއާއެކު ޓޯކިޔޯގައި ކޮރޯނާވައިރަސް ޖެހފައި ތިބި މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށްވަނީ ގޮސްފައެވެ. 

ކިޔޯޑޯ ނިއުސް ބުނާގޮތުން، ޖެހިޖެހިގެން ދެވަނަ ދުވަހު ޓޯކިޔޯއިން 243 އާ ވޭދަނަ (ކޭސް) ފެނިފައިވާކަމަށް ސިއްހަތާއިބެހޭ އޮފީސްތަކުން ވަނީ މައުލޫމާތު ދީފައެވެ. މީގެ ތެރެއިން 200 ވޭދަނައަކީ ސިޓިއިން ފެނުނު ވޭދަނަ ތަކެވެ. އޭގެ ކުރީދުވަހު ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް 224 ވޭދަނައެވެ. 

ގައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ އަދަދުގެ ތިންބައިކުޅަ އެއްބައި ފެނިފައިވަނީ އެ ސިޓީންނެވެ. އެއީ ގާތްގަނޑަކަށް 21،425 ވޭދަނައެވެ.  438,166 މީހުންނަށްވުރެ ގިނަ މީހުންވަނީ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކޮށްފައެވެ.

982 މީހުން މިބަލީގައި މަރުވެ، ބަލިޖެހޭމީހުންގެ ޢަދަދު އިތުރުވަމުންދިޔަ ނަމަވެސް، ޖަޕާނުންވަނީ 5000 މީހުންނަށްވުރެ ގިނަމީހުންނަށް ކުޅިވަރުކުރުމަށާއި އެހެނިހެން ހަފްލާތަކުގައި ބައިވެރިވުމުގެ ހުއްދަ ދީފައެވެ. 

ޗައިނާ، ދެކުނު ކޮރެއާ، ތައިވާން ހިމެނޭގޮތަށް ދަތުރުފަތުރު ކުރުމަށް އަޅާފައިހުރި ފިޔަވަޅުތަކަށް ދޫދިނުމާއި ބެހޭގޮތުން ގާތްގަނޑަކަށް 10 ގައުމާއިއެކު ވާހަކަ ދައްކަން ފަށާނެކަން ޖަޕާނު ސަރުކާރުންވަނީ ވިދާޅުވެފައެވެ. 

 

”ގައުމަށް އަންނަ އެންމެން ބައްޔަށް ނައްސި ކަން އަންގައިދޭ ޓެސްޓު ނަތީޖާ ދައްކަންވާނެ“، ދެކުނު ކޮރެއާ

އެހެން ގައުމުތަކުން އަންނަ މީހުން ކޮވިޑް-19 އަށް ފައްސިވުން އިތުރުވުމާއެކު،  ހުކުރު ދުވަހު ދެކުނު ކޮރެއާއިންވަނީ އެގައުމަށް އެހެންގައުމުތަކުން އަންނަ މީހުން، ބައްޔަށް ނައްސި ކަން އަންގައިދޭ ޓެސްޓު ނަތީޖާ ހުށަހެޅުން މަޖްބޫރުކަމަކަށް ހަދާފައެވެ. 

ދެކުނު ކޮރެއާގައި މިހާރުވެސް އެހެންގައުމުތަކުން ބަލިހިފައިގެން އައި  1791 މީހުން އެބަތިއްބެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެ ގައުމަށް ނިސްބަތްވާ މީހުންނެވެ. ދެކުނު ކޮރެއާއަށް ދާ މީހުން 48 ގަޑިއިރުތެރޭގައި، ކޮރޯނާވައިރަސްއަށް ނައްސިކަން އަންގައިދޭ ޓެސްޓު ނަތީޖާ ދައްކަންޖެހޭކަން އެގައުމުގެ ޔޮންހެޕް ނިއުސް އެޖެންސީންވަނީ ރިޕޯޓްކޮށްފައެވެ.  އެ ސެޓްފިކެޓަކީ ދެކުނު ކޮރެއާގެ ޑިޕްލޮމެޓިކް މިޝަންތަކުން ގަބޫލުކުރާ ”ޓެސްޓު ކުރާ މަރުކަޒަކުން“ ދޫކޮށްފައިވާ ސެޓްފިކެޓަކަށްވުންވަނީ ލާޒިމް ކޮށްފައެވެ. 

ހުކުރު ދުވަހު އެގައުމުގެ ސިއްހީ އިދާރާތަކުންވަނީ ފައްސި 45 ވޭދަނައަށް ވުރެ ގިނަ ވޭދަނަ (ކޭސް) ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 22 ވޭދަނައަކީ ގައުމުން ފެނުނު ވޭދަނަތަކެވެ. ދެންހުރި ވޭދަނަ ތަކަކީ ގައުމުން ބޭރުން އައިމީހުންގެ ތެރެއިން ފެނުނު ވޭދަނަތަކެވެ. 

”ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދިއުމާއެކު، ގައުމަށް އަންނަ މީހުންގެ ތެރެއިން ފައްސިވާ މީހުން ގިނަވަމުންދާކަން ފާހަގަކުރެވޭ“. ސިއްހީ އިސް އޮފިޝަލެއް ކަމުގައިވާ ޔޫން ޓައެ-ހޯ ވިދާޅުވިއެވެ. 

 އެ ގައުމުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު  13,338 އަށް އަރައެވެ. މީގެ ތެރޭގައި މިބަލީގައި ނިޔާވި 288 މީހުން ހިމެނެއެވެ. ދެކުނު ކޮރެއާއިން ވަނީ 1.3 މިލިއަން މީހުން މިބައްޔަށް ޓެސްޓް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް