ސިކުނޑިން އުފައްދާ ކުދި ރާޅުތަކުގެ ބާރުގައި ހަށިގަނޑުގެ މަސްތަކަށް ބާރުދޭ މެޝިނެއް (ސައިބޯގް)

Loading

Facebook
Twitter
WhatsApp
news

55 އަހަރުގެ ކްރިސްޓެން ސޮރެންސެން ވަނީ މިދިޔައަހަރު ކަނދުރާއިން ފެށިގެން ތިރި ވާގިނެތިފައެވެ.  ”މިކަމެއް އައީ ކޮން ދިމާއަކުން ކަމެއްނޭނގުނު“ ސޮރެންސެން ބުނެފައިވެއެވެ. “ އަހަރެން ހުރީ ހަމަ ވަރަށް ހެޔޮހާލުގައި، ކޮންމެ ދުވަހަކު ކަސްރަތު ކުރަން. އެކަމަކު މިކަން ފެށުނީ އިނގިލި ކުރީގައި އުފެދުނު ތުރުތުރަކުން. ދެން މިކަން އިތުރުވާންފެށީ“

ހަށިގަނޑުގެ ނާރުގެ ނިޒާމަށް ވަރަށް މަދުން ޖެހޭ ބައްޔެއްކަމަށްވާ ގިލައިން ބެރޭ ސިންޑްރޯމް ކިޔާ ބައްޔެއް އޭނާއަށް ޖެހިފައިވަކަން 2018 ވަނައަހަރު އޮކްޓޯބަރުގައި އެނގުނެވެ. އެހެންކަމުން ދެން ދުވަހަކުވެސް ހިނގާބިނގާވެ އުޅެވިދާނެކަމަށް އޭނާ ހީނުކުރާކަމަށް ބުނެފައި ވެއެވެ. 

އެހެންނަމަވެސް އެއަހަރު ކުރީކޮޅުފްލޮރިޑާގެ ޖެކްސޮންވިލާގައި ހުންނަ  ބްރޫކްސް ސައިބަރނިކް ޓްރީޓްމަންޓް ސެންޓަރވަނީ، ޖަޕާނުން ތައްޔާރު ކޮށްފައިވާ، މީހުން މުޖުތަމަޢަށް އަނބުރާ ގެނައުމަށް މަގުފަހި ކުރާ ތަފާތު ޓެކްނޮލޮޖީއެއް ކަމަށްވާ  ”ދި ހައިބްރިޑް އެސިސްޓިވް ލިމްބް (ހަލް)“ ބޭނުންކުރި ފުރަތަމަ ޔޫއެސް މަރުކަޒަކަށް ވެފައެވެ. 

މައިބަދައަށް އަނިޔާވެފައިވާ މީހުންނަށާއި، ހަށިގަނޑުގެ މަސްތަކުގެ ބާރުދެރަވެފައިވާ މީހުންނަށް އަލުން ހަރަކާތްކުރުމުގެ މަގުފަހިކޮށްދީ، ނާރުތަކާއި މަސްތައް ވަރުގަދަކުރުމަށް، ހަށިގަނޑުގެ ގުނަވަންތަކުގައި އެޅުވޭގޮތަށް ހަދާފައިވާ މެޝިން، ”ހަލް“ އިން އެހީތެރިވެއެވެ. 

އެންމެ އަޖައިބުވާ ކަމަކީ މި މެޝިން ކޮންޓްރޯލްކުރަނީ މެޝިން ބޭނުންކުރާ މީހުންގެ ސިކުނޑިން އުފައްދާ ކުދި ރާޅުތަކުގެ ބާރުގައި ކަމަށްވުމެވެ. 

ރޮބަޓު އުފައްދާ ޖަޕާނުގެ ޔޮޝިޔޫކީ ސަންކާއީ އުފެއްދި،  ސިކުނޑިން އުފައްދާ ކުދި ރާޅުތަކުން ކޮންޓްރޯލްކުރާ މި މެޝިންގެ ޚަބަރު ލިބުމުން، ސޮރެންސެން ބޭނުންވީ މީގެ އަޖުމަ ބެލުމަށެވެ. މަދު މަސްތަކެއްފަހުން އަންނަ ޑިސެންބަރު މަހުގައި އޮންނަ އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި އޭނާ އަމިއްލައަށް ހިނގަން އަޒުމް ކަނޑައެޅިއެވެ.

އެހެންނަމަވެސް މި މެޝިނުން ފައިދާ ކުރާނީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެކި އަނިޔާތައް ލިބިފައި ތިބިމީހުންނެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރާކުރައްވާގޮތުގައި، 2050 ވަނަ އަހަރު އަންނަ އިރު 60 އަހަރުން މަތީގެ 2 ބިލިއަން މީހުންނަށް މިފަދަ މެޝިނުން ފައިދާކުރާނެއެވެ. ދުނިޔޭގައި އިތުރުވަމުންދާ އުމުރުން ދުވަސްވީ މީހުންގެ އާބާދީއަށް މި މެޝިނުން ހައްލުތަކެއް ލިބިގެންދާނެއެވެ. 

އުމުރުން ދުވަސްވުމުގެ ސަބަބުން މީހުންގެ ހަށިގަނޑު ބަލިކަށިވުމުން، ހަރަކާތްތެރި ސިނކުނޑިތަކުން ބާރު ލިބިގެން ހިންގޭ، ގުނަވަންތަކުގެ ބޭރުން ލެއްވޭ، މިފަދަ މެޝިންގެ އެހީގައި، މުސްތަގުބަލުގައި މީހުންނަށް ހިނގާބިނގާވެ އުޅުމަށް އެހީތެރިކަން ލިބޭނެއެވެ. 

ކުންފުނިތަކުގެ މާކެޓަާއި ބެހޭ ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، މި މެޝިންގެ ބޭނުން ހިފާނެ ބޮޑު އާބާދީއެއް އޮތުމުގެ ސަބަބުން، 2023 އަންނައިރު މިފަދަ މެޝިން އުފައްދާ ދުނިޔޭގެ މާރުކޭޓުގެ އަގު 2.8 ބިލިއަން ޑޮލަރަށް އަރާނެއެވެ. 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް