ކިއުއެނަންއަށް ނިސްބަތްވާ ގެއްލުންދެނިވި ނަޒަރަިއްޔާތުތައް ފަތުރާ މީހުން ޓްވިޓަރ އިން ބޭރުކުރީ ކީއްވެ؟

news maldives

ކިއުއެނަން ހަރަކާތަކީ އެއްއިރެއްގައި ސައިންސް ފިކްޝަން ސީރީސްއެއްގޮތަށް އޮންލައިންކޮށް ހިންގި ހަރަކާތެކެވެ. މި ނުރައްކާތެރި ހަރަކާތްވަނީ ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ އޮފީޝަލުނަނާއެކު ތަފާތު ޓްރެްންޑެއްގެ ގޮތުގައި މަގުބޫލުކަން ހޯދަން ފަށާފައެވެ.   ޓްވިޓަރއިން ވަނީ ކިއުއެނަންއަށް ނިސްބަތްވާ ގެއްލުންދެނިވި ނަޒަރަިއްޔާތުތައް ފަތުރާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައެވެ. އެ ގޮތުން މިފަދަ 7000 އެކައުންޓް ބަންދުކޮށް، މިހަރަކާތް ކުރިއަރުވާ، ޓްރެންޑްކުރަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ވެބް ލިންކާއި ހެޝްޓެގްތައް ދަނީ ނަގަމުންނެވެ.  އެމެރިކާގެ ރައީސް […]

ސަންދާނު ދަ ބްލެކް ޑޭ! 3- (ތިންވަނަބައި)

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން! http://sandhaanu.today/1075 http://sandhaanu.today/1102 ސިޓީގެ 2 ވަނަ ބަޔާސި ގުޅޭ.. ކޮންމެއަކަސް حكم އިއްވި ދުވަހުގެރޭ ކ. މާފުށީ ޖަލުގައި 100 މީހުން ތިބި ބިޔަ ގޮޅިއަކަށް ލައިފިއެވެ. އެއީ ކުރީގެ އެސް.ޓީ.އޯ. އިން ހިކިމަސް ރައްކާކުރަން ބޭނުންކުރި ބޯނުގެއެވެ. ވަށައިގެން ހުރީ ޓިނު ޖަހާފައެވެ. މަތީގައި ހުރީ ޓިނެވެ. އެއްވެސް ވެންޓިލޭޝަނެއްް ނެތެވެ. ފަންކާއެއް ނެތެވެ.ކުރިމަތީގައި ހުރީ ގޮޅި ކަނޑާފައިވާ ފެންސަކަށް ވިޔަސް […]

އަނިޔާތައް ތަހުގީގުކުރުމަށް އަބޫދާބީގެ ވަލީއަހުދާއި ސުވާލު ކުރުމަށް ފުރާންސުން އަމާޒުހިފައިފި

world news

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔޫއޭއީ- ސައޫދީ ކޯލިޝަނުން ޔަމަނުގެ ހޫޠީންނާއި ދެކޮޅަށް ކުރާ ހަނގުރާމައަކީ ޚިޔާލުތަފާތުވުންތައްގިނަ ހަނގުރާމައެކެވެ. އިންސާނީ ހައްގަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ މިހަނގުރާމައަކީ އިންސާނީ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ހަނގުރާމައެއްކަމަށް ބުނެފައެވެ.  އދ. ގެ ހުއްދަނެތި އެމެރިކާއިން އަފްޣާނިސްތާނާއި ދެކޮޅަށް ކުރި ހަނގުރާމައަށް ފިޔަވަޅު ނޭޅި ފަދައިން، ޔަމަނުގައި ޔޫއޭއީ- ސައޫދީ ކޯލިޝަނުންކުރާ ހަނގުރާމައާއި ދެކޮޅަށް އދ. އިން ފިޔަވަޅުއަޅާފައި ނުވެއެވެ. އެހެންކަމުން ޔަމަނުގައި ހިނގާ ހަނގުރާމައަކީ މިހާރުވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި […]

ވަކިބަޔަކާއި ވަރުގަދަ ގުޅުމެއް ބޭއްވުން، ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ޖައްސާލުމަކީ ނަސްލީ ތަފާތު ކުރުން (ރޭސިޒަމް) ތޯ؟

racism news

2011 ވަނަ އަހަރު އދ. ގެ ނަސްލީ ތަފާތުކުރުން ނުވަތަ ރޭސިޒަމް ނައްތާލާ ކޮމިޓީއިން ބުނެފައިވާ ގޮތުގައި ތަފާތުތައް ހުންނަ މީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް ބާއްވާ އެހެން މީހުންނާއި ޖައްސާލުމަކީ ނަސްލީ ތަފާތުކުރުން ކަމުގައި ބެލެވިދާނެއެވެ. މިސާލެއްގެ ގޮތުން އެމީހުން ބަލަނީ އިރުމަތީ އަޔަރލެންޑްގައި މިކަން އޮތްގޮތެވެ. އެތަނުގައި ވަކިބަޔަކާއި މާވަރުގަދަ ގުޅުމެއް އޮތުން، ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ދުރުހެލިވެގަތުން ދެކެނީ “ ޕްރޮޓެސްޓެންޓް ކެތޮލިކް މަޒުހަބުގެ މީހުންނާއި ތަފާތު […]

މިފަހަރު ސަފާރީ ރޭޕް ކޭސް!

ތަޙުގީގު ކުރުމުގައި ނުފޫޒުގަދަ މީހުންނަށް ތަފާތުގޮތްތަކަށް ޢަމަލުކުރޭ. މިއީ ދިވެހި ރާއްޖޭގެ ތަޙުގީގީ އިދާރާތަކުން ބަދަލުގެންނަން ލަސްވެފައިވާ ވަރަށް ދެރަވަރު ނާއިންސާފީ ޢަމަލެކެވެ. 1980 ގެ އަހަރުތަކަށް ބަލާލުމުންވެސް ހަމަ އެފަދައެވެ. މަޝްހޫރު އެފް.ޕީ.އައި.ޑީ ގެ ކޭސް ހަދާންކޮށްލަމާތޯއެވެ. އެ ބޮޑުވައްކަން ހިންގިމީހުން ދެއަތްފުޅާކޮށް ބޮޑުކަންމަތީ އުޅެވިގެން ދިޔަކަމީ އެންމެން ހެކިވާނެ ޙަގީގަތެކެވެ. ނަމަވެސް އެ ބޮޑު ވައްކަން ލީކުކޮށްލުމުގައި ބައިވެރިބި އެންމެން ގައިދު ކުރެވުނީ ދޫނިދޫ ކުޑަގޮޅިތަކުގައެވެ. ބައެއްމީހުން ކީސްބިޑި އަޅުވާފައި ގައިދުކުރެވުނެވެ. އެ އިރެއްގައި […]

ސަންދާނު ދަ ބްލެކް ޑޭ! 2- (ދެވަނަ) ބައި

SANDHAANU MALDIVES

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން! ސިޓީގެ 2 ވަނަބައި….. ސަންދާނުގައި ވަނީ މާޒީގައި ހިގާފައިވާ ގިން ހާދިޘާ ތަކެކެވެ. ޤައުމުގައި ހަމަހަމަކަމާއި ޢަދުލު އިންސާފު ޤާއިމު ނުވާކަމަށް ގޮވާލާ ލިޔުމެކެވެ. އެފަދަ ޝުޢޫރުތައް ފާލުކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އަސާސީ ޙައްގެއް ނޫންތޯއެވެ! خيال ފާޅުކުރުމަކީ ޤާނޫނީ ސަރުކާރާއި އިދިކޮޅު ޢަމަލެއް ކަމުގައި ދެކޭނެ އެއްވެސް ހަމައެއް އޮވޭތޯއެވެ؟ މިދުނިޔާގއި ޤައުމީ ފެންވަރުގައިވެސް އެކަން ގަބޫލު ކުރާނެ ޤައުމެއް […]

ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް އުފައްދައިފިކަމަށް ރަޝިއާގެ މިލިޓަރީން ބުނެފި

news

ރަޝިއާގެ މިލިޓަރީން ބުނާގޮތުގައި ކޮވިޑް-19 ގެ ވައިރަހަށް އުފެއްދި ވެކްސިންވަނީ ޓެސްޓުކޮށްފައެވެ. އެއީ ރައްކާތެރި ވެކްސިނެކެވެ.  ވެކްސިން ޓެސްޓު ކުރުމަށް ވޮލަންޓިއަރކުރި މީހުންތަކަކަށް ވެކްސިންދީ އަޖުމަ ބެލުމަށްފަހު، ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވިދާޅުވިގޮތުގައި ރަޝިއާގެ މިލިޓަރީން އުފެއްދީ ރައްކާތެރި ވެކްސިނެކެވެ.  އެ މިނިސްޓްރީން ވިދާޅުވިގޮތުގައި މި ދިރާސާގައި 18 މީހުން ބައިވެރިވިއެވެ. އެ އެންމެންވެސްވަނީ ވެކްސިން ދިނުމުގެ ސަބަބުން މާބޮޑު ސިއްހީ މައްސަލަތަކެއް ދިމާނުވެ، ސީރިއަސް ހާލަތެއް ކުރިމަތިނުވެ، އަދި މާބޮޑު ނޭދެވޭ އަސަރެއްވެސް ނުފެނި، ހާލަތު […]

ޖުލައި 15 އަކީ އާދައިގެ ބަޣާވަތެއްނޫން. އެއީ ތާރީޚުގައި ފަވާލެވޭ ހާދިސާއެއް: އުރުދުގާން

world news

2016 ޖުލައި 15ވަނަ ދުވަހުގެ ރޭގަނޑު ނުރައްކާތެރި ބަޣާވަތަކުން ތުރުކީގެ ސަރުކާރު ވައްޓާލަން ފެޓުއްލާ ޓެރަރިސްޓް އޮގަނައިޒޭޝަނުން މަސައްކަތްކުރިތާ ހަތަރު އަހަރު ފުރުނީއެވެ.  ސަރުކާރާޢި ދެކޮޅަށް ޖުލައި 15ގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވަތަށް 4 އަހަރު ފުރުން ތުރުކީގައި ފާހަގަކުރަމުންދަނީ، އެބަޣާވާތުގެ ސަބަބުން ގެއްލުންވި މީހުންގެ ހަނދާންތައް އާކުރަމުން ހަފަލާތައްވެސް ބާއްވަމުންނެވެ. ބުދަ ދުވަހު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުގާންއާއި ބަޣާވަތާއި ދެކޮޅަށް ހަނގުރާމަކުރި މަދަނީ އިސްރައްވެހިންނާއެކު ވަޑައިގެން، އަންކާރާގައި ހުންނަ ރައީސްގެ ގަނޑުވަރު […]

ސަންދާނު ދަ ބްލެކް ޑޭ!

SANDHAANU MALDIVES

         ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލަކީ ޚުތުބާގެތެރެއަށް ދެގަނޑު ލައިގެން ގެނެވުނު ބަދަލެއްނޫން! 7 ޖުލައި 2002، މިއަދަކީ ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފަށް ސަންދަނުގެ ބައިވެރީންނަށް ޢުމުރުދުވަހުގެ ޖަލުޙުކުމަކާއި އަދި އެއް އަހަރު ދުވަހަށް އަރުވާލުމަށް ކުރީގެ ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމްގެ ބޭނުންފުޅަކަށް ދިވެހިރާއްޖޭގެ ޢަދާލަތުގެ ދަރުބާރުން ފުރަތަމަފަހަށް (ރައްޔިތުން ބިރުދެއްކުމަށްޓަކައި) މިފަދަ ޙުކުމެއް ކުރި ފުރަތަމަ ދުވަހެެވެ. މިހާރުގެ ސިޔާސީ ކުދިންނަށް މިޙަގީގަތް ނޭނގި އޮތުމަކީ ހަމަ އެކަށިގެންވާ ކަމެކެވެ. އެހެންވުމާއި އެކު […]

ސަރުކާރުން އެދެވިގެންވާ ވަރުގެ ކާމިޔާބީއެއް ނުލިބެނީ ތަޖުރިބާ ނެތީމަތޯ؟

maldives news

ހިޔާލު: މުޅި ދުނިޔެތެރޭގައި ކޮވިޑް 19 ފެތުރެމުންދިޔަ އިރު، ގިނަ ގައުމުތަކުން އެގައުމެއްގެ ބޯޑަރާ ހަމައަށް ބަލި އައުމުގެ މާ ކުރިން ފެށިގެން ތައްޔާރީތައް ވާން ފަށާފައި ވެއެވެ. ގިނަ ގައުމު ތަކުން ދުރާލައި ވިސްނައި ބޯޑަރުތައް ބަންދުކޮށް، ސިއްހީ އާލާތްތަކާއި މާސްކު އެތެރެ ކޮށްފައިވެއެވެ. އަދި ބައެއް ގައުމުތަކުން، އެގައުމެއް ފުރަބަންދު ކޮށްފި ހާލަތެއްގައި އިގްތިސާދީ ގޮތުން ދިމާވެދާނެ ދަތިތަކަކަށް ވިސްނައި ފަންޑުތައް ވެސް ތައްޔާރު ކޮށްފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސަރުކާރުން، އެގައުމާ ހަމައަށް ބަލިމަޑުކަން […]