ލިވަރޕޫލްގެ ކާމިޔާބަށްފަހު ޕްރިމިއަރ ލީގު ތަށި ދިނުމުގެ ހަފްލާގައި މުހައްމަދު ޞަލާހު އޭނާގެ އާއިލާ ބައިވެރިކޮށްފި

Loading

Facebook
Twitter
WhatsApp
maldives news

އިތުރު ކާމިޔާބު ސީޒަނެއް ނިންމާލުން އެންފީލްޑް ދަނޑުގައި ފާހަގަކުރަމުްނދިޔައިރު މުހައްމަދު ޞަލާހުގެ އާއިލާ އެ ހަފްލާގައި ބައިވެރިވެއްޖެއެވެ. މިއި މިހާރަކަށް އައިސް ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ. މިފަހަރު ހަމައެކަނި ތަފާތަކީ އޭނައާއި އޭނަގެ އަބިމީހާއާއި ދަރިންނަށް ޕްރިމިއަރ ލީގު ތަށި އުފުލުމުގެ ފުރުސަތު ލިބިގެންދިއުމެވެ. 

ލިވަރޕޫލްގެ ރިހިތަށި ވަށާލައިގެން ސަލާހުގެ އާއިލާތިބި މަންޒަރު ސަލާހުވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަންލީގުގެ ތަށިގެ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.  ލިވަރޕޫލަށް ފުރަތަމަ ފަހަރަށް ޕްރީމިއަރ ލީގު ކާމިޔާބު ކުރެވުނީ 1990ގައެވެ. މިދިޔަ ހަފްތާގައި ޗެލްސީގެ މައްޗަށް ހޯދި ކާމިޔާބީއަކީ އެތައްދުވަހުއްސުރު ލިބި އިއުލާން ނުކޮށްވާ ކާމިޔާބީއެކެވެ. 

maldives news

އެންފީލްޑްގެ ފުރާޅުމަތިން ބަޑިބޭހުގެ ކުޅިވަރު ފެންނަމުންދިޔައިރު، ސްޓޭދިއަމްތެރޭގައި ކުޅުންތެރިން ބާޓީ ބޭއްވިއެވެ. އަދި އެތައް ހާސް ބަޔަކު ސްޓޭޑިއަމްގެ ބޭރުގައި މަޑުކޮށްގެން ތިއްބެވެ. ސަލާހް މިސްރުގެ ދިދައެއް ގައިގައި އޮޅާލައިގެން ހުރެ ތަށި ހިފަހައްޓަލައިގެން ހުރިއިރު، އެ ތަށީގައި ޖޯޑަން ހެންޑަރސަންއާއި ވާޖިލް ވެން ޑިޖް ހިފަހައްޓައިހުއްޓާ ނަގާފައިވާ ފޮޓޯތަކެއްވަނީ ހިއްސާކޮށްފައެވެ. 

ހަފްލާގެ ކަންކަން ހަމައަކަށް އެޅުމުން، ސަލާހްވަނީ އެންފީލްޑުގައި އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކޮށްފައެވެ. އޭނާގެ އަންހެންދަރިފުޅު މައްކާ ވަނީ 2018/2019 ސީޒަން ނިންމާލުމުގެ ހަފްލާގައި ދަނޑުގައި އެތާތިބި އެންމެންގެ ކުރިމަތީގައި ބޯޅަ ޑްރިބްލްކޮށް ހުހަށްހުރި ގޯލަކަށް ބޯލަ ޖަހާފައެވެ. 

maldives news

އަދި 2019 ވަނައަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕޮޓް ބަލިކޮށް ޗެމްޕިއަންކަން ހޯދިދުވަހު ސަލާހްގެ އަންހެން ދަރިފުޅުވަނީ ދަނޑުން ފެނިފައެވެ. 

ލިވަރޕޫލް އެމީހުންގެ ސީޒަން ނިންމާލީ އާދީއަތް ދުވަހު ނިއުކާސަލް ޔުނައިޓެޑަށް ކުރި ދަތުރުންނެވެ. އެމީހުންނަށް ލީޑް ލިބުނީ ތިން މެޗުން ބަލިވެ،  ޕޮއިންޓާއެކު ދެވަނައަށް އޮތް މެންޗެސްޓަރ ސިޓީބަލިކޮށްގެންނެވެ. 

ޕްރީމިއަރ ލީގު ނިންމާލިއިރު އެންމެ ގިނައިން ލަނޑުޖެހި ލިސްޓުގައި 4 ވަނައިގައި އޮތީ 19 ލަނޑާއެކު ސަލާހުއެވެ. އެންމެ ގިނަ ގޯލް ޖެހީ ޖެމީ ވަރޑީއެވެ.

maldives news

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް