ސައޫދީ އަރަބިައްޔާގައި ނިޔާވި މީހަކަށް ހަމްދަރުދީ ފާޅުކޮށްފިނަމަ ޖަލަށްދާން ޖެހިދާނެ!

ޖަލަށް ލައިފައި ހުއްޓާ  އެކްޓިވިސްޓު ޢަބްދުއްﷲ އަލް ހާމިދު އެޕްރީލްމަހު ނިޔާވިފަހުން، އެކަމާއި ގުޅިގެން ހަމްދަރުދީގެ މެސެޖު ފޮނުވި މީހުން ހޯދުމަށް ސަޢޫދީ ދިފާއީ ބާރުން އެތައް ތަނެއް ބަލައި ފާސްކޮށްފިއެވެ. އެކްޓިވިސްޓު ޢަބްދުއްﷲ އަލް ހާމިދު އެޕްރީލްމަހު ނިޔާވުމާއި ގުޅިގެން ހަމްދަރުދީގެ މެސެޖު ފޮނުވި މީހުންގެ ތެރެއިން މަދުވެގެން ތިން ސަޢޫދީ ރައްޔިތުން ވަނީ އެއްވެސް ސުވާލެއް ކުރުމަކާއި ނުލައި ހައްޔަރުކޮށްފައި ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕަކުން ބުނެފިއެވެ.  ޢަބްދުއްﷲ އަލް ހާމިދު ނިޔާވިއިރު، […]

ޢީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި އެހީތެރިވުމުގެ މުނާސަބަތެއް- ރައީސް

އަޟްޙާ ޢީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި އަދި އެތަކެއް ޤުރުބާނީއެއްގެ ޒިކުރާ އާކޮށްދޭ މުނާސަބަތެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައްޔިތުންނާ މުޚާތަބުކޮށް ދެއްވި ޚިޠާބުގައެވެ. މިކަމަކީ މިވަޤުތު ޤައުމަށް ދިމާވެފައިމިވާ ޙާލަތުގައި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނުވަނީ، ޙައްޖާއި ޢީދުގެ ޙިކުމަތްތަކަށް ވިސްނާ، އެކަކު އަނެކަކަށް މަޢާފު […]

މެލޭޝިއާގެ ކޮރަޕްޝަންގެ ބޮޑު މައްސަލައަާއި ޔޫއޭއީ އާއި ސީދާ ގުޅުމެއްވޭ.

news

ލިއޮނާޑޯ ޑިކެޕްރިއޯއާއި ވޭން ގޮފްސްގެ ކުރެހުންތަކުން ފެށިގެން، މަކަރާއި އޮޅުވާލުންތައް އެނބުރެނީ ބާރުގަދަ މީހުންނާއި ފައިސާވެރިންގެ ވަށައިގެންނެވެ. މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމް އޭ ސީ ސީ) އިން ބުދަ ދުވަހު ޔަގީންކޮށްދިން ގޮތުގައި އަބޫދާބީގެ ވަލީއަޙުދު  ޝެއިޚް މުޙައްމަދު ބިން ޒައިދުއާއި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހިންގިކަމަށް ބުނާ އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅުމެއްވެއެވެ.  އެމް އޭ ސީ ސީން ދޫކޮށްފައިވާ އޯޑިއޯ ރިކޯޑިންގަކުން އެގުނުގޮތުގައި ޔޫއޭއީގެ ވަލީއަޙުދު […]

ހުއްދަ ކަން ކަން އަދަދުނުކުރެވޭހާ ގިނައެވެ.

dheen

އިސްލާމްދީނުގައި ވަނީ، އިންސާނާއަށް ގެއްލުންހުރި ކޮންމެ ކަމެއް މަނާ ކުރައްވާފައެވެ. އަދި އިންސާނާއަށް ފައިދާހުރި ކަންކަން ވަނީ ހުއްދަކުރައްވާފައެވެ. މަނާ ކުރައްވާ ޙަރާމް ކުރައްވާފައިވަނީ، ހުއްދަ ކުރައްވައި ޙަލާލް ކުރައްވާފައިވާ ކަން ކަމާއި އަޅާ ބަލާއިރު ވަރަށް މަދު ކަމެކެވެ. މަނާ ކުރައްވާފައިވާ ކަން ކަމަކީ، ކީރިތި ގުރުއާނުގެ ނައްސުން ނުވަތަ ކީރިތި ރަސޫލާގެ ޙަދީސް ފުޅުތަކުން ވަރަށް ފަސޭހައިން އެނގެންހުރި ކަންކަމެވެ. މިސާލަކަށް ޒިނޭ ކުރުން، ވައްކަން ކުރުން ރިބާ ކެއުން، ޖުވާ ކުޅުން ، […]

ފަލަސްތީނުގެ ބިމުގައި ގަދަކަމައަށް ވަޒަންވެރި ވެގެން އުޅޭ އިޒްރޭލު މީހުން ”ޕްރައިސް ޓެގް“ ގެ ނަމުގައި ހުޅަނގު އައްސޭރީގައިހުންނަ މިސްކިތަކަށް ހަމަލާދީފި.

އޮފިޝަލުން ވިދާޅުވާގޮތުން ހަމަލާދިން މީހުން އަލް ބިރާހް ގައި ހުރި މިސްކިތުގެ ފާރުތަކުގައި ނަސްލީ ތަފާތުކުރުމާ ބެހޭ ކުރެހުންތަކެއް ކުރަހައިފިއެވެ. ”ޕްރައިސް ޓެގް“ ގެ ނަމުގައި ތަންތަން ލޫޓު ވުމުގެ ހަރަކާތަކީ އލަށް އާބާދުކުރާ ޔަހޫދީންނަށް އޮތް ބިރުވެރިކަމެކޭ ބުނެ، ހަތިޔާރުއެޅި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ހިންގާ ހަރަކާތެކެވެ.  ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ އިޒްރޭލުގެ މީހުންވަނީ ”ޕްރައިސް ޓެގް“ އަށް ޝައްކު ކުރެވޭ ކަމަށް ބުނެ މިސްކިތެއް ލޫޓުވާލާފައި ކަމަށް، […]

ލިވަރޕޫލްގެ ކާމިޔާބަށްފަހު ޕްރިމިއަރ ލީގު ތަށި ދިނުމުގެ ހަފްލާގައި މުހައްމަދު ޞަލާހު އޭނާގެ އާއިލާ ބައިވެރިކޮށްފި

maldives news

އިތުރު ކާމިޔާބު ސީޒަނެއް ނިންމާލުން އެންފީލްޑް ދަނޑުގައި ފާހަގަކުރަމުްނދިޔައިރު މުހައްމަދު ޞަލާހުގެ އާއިލާ އެ ހަފްލާގައި ބައިވެރިވެއްޖެއެވެ. މިއި މިހާރަކަށް އައިސް ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ. މިފަހަރު ހަމައެކަނި ތަފާތަކީ އޭނައާއި އޭނަގެ އަބިމީހާއާއި ދަރިންނަށް ޕްރިމިއަރ ލީގު ތަށި އުފުލުމުގެ ފުރުސަތު ލިބިގެންދިއުމެވެ.  ލިވަރޕޫލްގެ ރިހިތަށި ވަށާލައިގެން ސަލާހުގެ އާއިލާތިބި މަންޒަރު ސަލާހުވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަންލީގުގެ ތަށިގެ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.  ލިވަރޕޫލަށް ފުރަތަމަ ފަހަރަށް ޕްރީމިއަރ […]

އިލެކްޓްރިކް އެއްގަމު އުޅަނދު އުފެއްދުމުގެ އުއްމީދާއެކު ތުރުކީ ކުރިއަށް ޖެހިލައިފި

togg turkey news

ޓޮގް ކުންފުނިން އުފައްދާފައިވާ އެއްގަމު އުޅަނދުތަކުގެ ޕްރޮޓޯޓައިޕް މޮޑެލް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ މިދިޔަ އަހަރު ދައްކަވާލައްވާފައެވެ. ޖެހިގެން އަންނަ އަހަރު މިވައްތަރުގެ އަސްލު އުޅަނދުތައް އުފައްދާ މާރުކޭޓަށް ނެރުމަށްވަނީ ހަމަޖެހިފައެވެ. މިދިޔަ ޑިސެންބަރު މަސްތެރޭގައި  ތުރުކީގެ ހުޅަނގުއުތުރު އަވަށެއްކަމަށްވާ ގިބްޒީގައި އެގައުމުގައި ފުރަތަމަ އުފެއްދި އިލެކްޓްރިކް ކާރުގެޕްރޮޓޯޓައިޕް މޮޑެލް ދައްކަލާ، އަމިއްލައަށް ކާރެއް އުފައްދާ ބޭނުންކުރުމަށް ކުރަމުންދިޔަ އިންތިޒާރަށް ނިމުން އަންނަން އުޅޭކަން އެގައުމުންވަނީ އިއުލާންކޮށްފައެވެ.  އެއްގަމުގައި ދުއްވާ އުޅަނދު އަމިއްލައަށް […]

ސަޢޫދީން އިސްވެ އޮވެ، ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވަތީ ބަދަލެއްގެ ގޮތުން 5 ބިލިއަން ޑޮލަރު ހޯދުމަށް ގަތަރު އެއަރވޭސްއިން މައްސަލަ ހުށަހަޅައިފި

qatar airways news

ސައޫދީ އަރަބިއްޔާއިންނާއި، ޔުނައިޓެޑް އަރަބި އެމިރޭޓްސް އިންނާއި، މިސުރާއި ބަހުރައިންއިން  ގަތަރު އެއަރވޭސްއަށް ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުން 5 ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ގަތަރު އެއަރވޭސްއިން ފަށައިފިއެވެ.  ”އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ ބައެއް ގައުމުތަކުން އެގައުމުގެ ވައިގެ ސަރަހްއްދަށް  ގަތަރު އެއަރވޭސް ވަނުން މަނާކޮށް، އެގައުމުތަކުގެ މާރކެޓުން ގަތަރު އެއަރވޭސް ދުރުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް“ ކަމަށް ގަތަރު އެއަރވޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.  ”މި ކަންކަން ކޮށްފައިވަނީ […]

86 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތުރުކީގެ ހައިބަތުބޮޑު އަޔާ ސޯފިޔާ މިސްކިތުގައި ހުކުރުކޮށްފި

ތުރުކީގެ އެންމެ ފާހަގަކޮށްލެވޭ މިސްކިތް ކަމަށްވާ އަޔާ ސޯފިޔާ, ދާރުލް އާސާރަކަށް ބަދަލު ކުރުމަށް ތުރުކީ ސަރުކާރުން  1934 ވަނައަހަރު ނެރުނު ގަރާރެއް، ތުރުކީގެ ކޯޓަކުން ބާތިލުކޮށް، އެތަން މިސްކިތެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށްވަނީ ބަދަލު ކޮށްފައެވެ. އިއްޔެ އެމިސްކިތަށް ހުކުރު ނަމާދަށް 350،000 އަށްވުރެ ގިނަ މީހުން ހާޒިރުވިއެވެ.  އިއްޔެކުރި އަޔާ ސޯފިޔާގައި ކުރި ހުކުރު ނަމާދަކީ ވަރަށް ރާތީޚީ ނަމާދެކެވެ. އެ ހުކުރުނަމާދަކީ 86 އަހަރު ތެރޭގައި އެ ފުރިހަމަ މިސްކިތުގައިކުރި ފުރަތަމަ ހުކުރު […]