މިހަފްތާގައި ބެއިރޫތުގައި ގޮވި ބޮޑުގޮވުމަށްފަހު، ތުރުކީގެ އިސް މަސްއޫލުވެރިނަތްކެއް ލުބްނާނުގެ ވެރިރަށަށް ޒިޔާރަތްކޮށްފިއެވެ.
ލުބްނާންގެ ވެރިރަށުގައި ގޮވު ބާރުގަދަ ގޮވުމުގެ ސަބަބުން ސުންނާފަތިވެފައިވާ ބެއިރޫތުގެ ބަނދަރު އަލުން ހެދުމަށް ތުރުކީން އެހީވާން ހުށަހަޅައިފިއެވެ.
ތުރުކީގެ ނައިބު ރައީސް ފުއާދު އޮކްތޭ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި ބޭރޫތުގެ ބަނދަރާއި، ބަނަދަރާއި ކައިރީގައިހުރި އިމާރާތްތައް އަލުން ބިނާކުރަން ލުބްނާނަށް އެހީވުމަށް އނަކާރާއިން އޮތީ ތައްޔާރަށެވެ. އަދި ޒަޚަމް ވެފައިވާ މީހުންނަށް ފަރުވާކުރުމަށް ތުރުކީގެ ހޮސްޕިޓަލުތަކަށް ގެނައުމަށް އެމްބިއުލާންސް މަތިންދާބޯޓު ފޮނުވުމަށްވެސް ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ.
ލުބަނާންގެ ރައީސް މިޝެލް އައުން އާއި ބައްދަލު ކުރެއްވުމަށްފަހު ރިޕޯޓަރުންނާއި އޮކްތޭ ވާހަކަދެއްކެވިއެވެ. އޮކްތޭ އިތުރަށް ވިދާޅުވިގޮތުގައި އަންގާރަދުވަހުގެ ބޮޑު ގޮވުމުގައި ހަލާކުވި ބަނދަރު ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް ތުރުކީގެ ޓީމަކުންދަނީ ކުރަމުންނެވެ.
#Beyrut’ta Başbakan Hasan Diyab’a taziyelerimizi ilettik.
📌Lübnanlı kardeşlerimize gıda&ilaç yardımlarımız devam edecek.
📌Beyrut’un yeniden imarına,Sayda Hastanesi’nin açılışına destek olacağız.
📌Beyrut Limanı devreye girene kadar Mersin Limanımızı kullanmalarını önerdik. pic.twitter.com/70SItU7f6Y— Mevlüt Çavuşoğlu (@MevlutCavusoglu) August 8, 2020
އޮކްތޭ ވިދާޅުވި ގޮތުގައި މިހާރުވެސް ތުރުކީންވަނީ އަތުރާލެވޭ ކަހަލަ ދެ ހޮސްޕިޓަލާއި 400 ޓަނުގެ ގޮދަނާއި އެހެން ކާނާގެ ބާވަތްތައް ފޮނުވާފައެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ލުބްނާންއަށް ލިބޭ ތަކެތި ބަލައިގަނެ، ފަހުން ކުދި ބޯޓުފަހަރުގައި ލުބުނާނަށް އެތަކެތި ގެންދިއުމަށް ތުރުކީގެ މާސިން ބަނދަރު ބޭނުންކުރުމަށް ތުރުކީ ސަރުކާރުން އޮތީ ތައްޔާރަށެވެ.
“ ލުބުނާންގެ ބަނދަރު ބޭނުންކުރެވޭވަރު ވަންދެން، އަޅުގަނޑުމެންގެ މާސިން ބަނދަރު އޮންނާނީ ލުބުނާނަށް ޚިދުމަތްކުރުމަށް ހުޅުވާލާފައި“ އޮކްތޭ ވިދާޅުވިއެވެ.
ލުބުނާނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަން އެހީތެރިވުމާއި، ކަސްޓަމުގެ ޚިދުމަތާއި ގުދަންކުރުމުގެ ޚިދުމަތް ދިނުން ހިމެނެއެވެ.
Turkey's AFAD, @saglikbakanligi UMKE and @RedCrescent teams arrived in #Beirut
Head of AFAD Dr. @mgulluoglu visited the areas that were demolished due to the explosion at the Port of Beirut pic.twitter.com/X2rtCHyNSk
— AFAD (@AFADTurkiye) August 6, 2020
ރަސްމީ ބައްދަލުވުންތައް.
އޮކްތޭ ލުބުނާނަށް ވަޑައިގަތީ އެދުވަހުގެ ވަރަށް ހެނދުނު ތުރުކީގެ ޚާރިޖީ ވަޒީރު މެވުލުޓު ކަވުސުގްލޯ އާއެކުއެވެ. އެދެބޭފުޅުން ބޮޑުވަޒީރު ހަސަން ދިއާބު އާއި ބައްދަލު ކުރެއްވިއެވެ. އަދި މަޖުލިސްގެ ރައީސް ނަބީހު ބިއްރީއާއި ބައްދަލުކުރެއްވުމަށްވަނީ ތާވަލުކުރެވިފައެވެ.
ލުބްުނާނާއި އޮތް ގާތް ގުޅުން ދެއްކުމަށް މެދު އިރުމައްޗާއި ޔޫރަޕުންވެސް އެގައުމުތަކުގެ އިސްވަފުދުތައް ލުބުނާނަށް ޒިޔާރަތްކުރަންވަނީ ފަށާފައެވެ.
ހޮނިހިރު ދުވަހު ލުބުނާނަށް ފުރަތަމަ ވަޑައިގަތީ ޢަރަބި ލީގުގެ 22 މެންބަރުންގެ ވެރިޔާ އަޙުމަދު އަބުލް ގީތު އާއި ތުރުކީގެ ނާއިބު ރައީސާއި ޚާރިޖީ ވަޒީރެވެ.
ފްރާންސުގެ ރައީސް އިމްނުއަލް މެކްރޮންގެ އޮފީހުން ޔަގީންކޮށްދެއްވި ގޮތުގައި ބޭރޫތުގައި ހިނގި ނުރައްކާތެރި ގޮވުމަށްފަހު، ލުބުނާނަށް އެހީހޯދުމަށް ބައިނަލްއަގުވާމީ އެހީގެ ކޮންފަރެންސެއް އާދީއްތަ ދުވަހު އިންތިޒާމް ކުރައްވާނެއެވެ.