ބޭރޫތުގެ ބޮޑު ގޮވުން: އެމޯނިއަމް ނައިޓްރޭޓަކީ ކޮން އެއްޗެއް؟ އަދި އެ އެހާ ގަދައަށް ގޮވީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

އެމޯނިއަމް ނައިޓްރޭޓަކީ އާންމުގޮތެއްގައި ގަސްކާނާގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އެހެންނަމަވެސް ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ ގޮވާތަކެއްޗަށް ބަދަލުވެއެވެ. މީގެ ނަމުންވެސް އެނގޭގޮތުން މިއީ ނައިޓްރޮޖަން ގިނަ މާއްދާއެކެވެ. ފަސޭހައިން ފެނާޢިއެކުވެ ގިރިގެންދާ އަގުހެޔޮ މާއްދާއަކަށްވާތީ މިއީ ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރަން ވަރަށް އެކަށޭނަ އެއްޗެކެވެ. 

އެމޯނިއަމް ނައިޓްރޭޓުގެ މެޓްރިކް ޓަނެއް އުފެއްދުމަށް ޚަރަދުވަނީ 65 ޑޮލަރާޢި 100 ޑޮލަރާއި ދެމެދުގެ ޢަދަދެކެވެ. އަގަށް ބަލާއިރު މިއީ ދަނޑުވެރިން ބޭނުންކުރަން ވަރަށް އެކަށޭނަ މާއްދާއެކެވެ. އެހެން ކަމުން މި މައްދާގެ މަޝްހޫރުކަމާއި، މި މައްދާ ގިނައަދަދަކަށް ތަންތަނަށް ގެންދިއުމާއި ގުދަންކުރުމުގެ ސަބަބު އެނގިގެންދެއެވެ. 

އެހެންނަމަވެސް ނައިޓްރޭޓް ކޮމްޕައުންޑުގައި ނޭދެވޭ ކަންކަންވެސް ހުރެއެވެ. އަލިފާނަށާއި އެހެނިހެން އަލިފާން ކަނޑާތަކެއްޗަށް ހުށަނޭޅޭނަމަ މިއީ އެއްވެސް ގެއްލުމެއް ނެތް އެއްޗެކެވެ. އެހެންނަމަވެސް މއީ ގޮވާއެއްޗަކަށް ފަސޭހައިން ބަދަލުކޮށްލެވޭ އެއްޗެކެވެ. 

ނިރުބަވެރިންނާއި ( 1995 ގައި ކަނާތު ފިޔައިގެ ނިރުބަވެރިޔާ ޓިމޮތީ މެކްވެއި، ޔޫއެސްއޭގެ އޮކްލަހޯމާ ސިޓީގެ މުއްރާ ފެޑެރަލް ބިލްޑިންގެ ބޭރުގައި އެމޯނިއަމް ނައިޓްރޭޓް ހުރި ޕިކަޕް ޓްރަކެއް ޕާކްކޮށްފައި ބޭއްވި) މައިން ކޮންނަ މީހުން މި މާއްދާއިން ގެއްލުންދެނިވި މިންވަރު ހޯދިއެވެ. ދަނޑު ހައްދަން ބޭނުންކުރާ މި ގަސްކާނާ ބާރުގަދަ ގޮވާ ތަކެއްޗަށް ބަދަލުކޮށްލަން ބޭނުންވަނީ ކެމިސްޓްރީގެ އަސާސީ މަޢުލޫމާތާއި ގެއާއި އެކި ސިނާއަށްތަކުގައި ފަސޭހައިން ލިބެންހުންނަ ބައެއް މާއްދާތަކެވެ.

ބެއިރޫތު ގޮވުމާއި ދާދި އެއްގޮތް ގޮވުމެއް ކަމަށްވާ ޓެކްސަސް ސިޓީގެ ޓެކްސަސްގައި 1947ގައި ހިނގި ގޮވުމަކީ ފަރުވާކުޑަގޮތަކަށް މީހަކު ނުނިވާ އެއްލާލި ސިގިރެޓް ބުރިއަކުން ކުރިމަތިވި ގޮވުމެކެވެ. ގުދަންކޮށްފައި ހުރި  2300 ޓަނުގެ އެމޯނިއަމް ނައިޓްރޭޓު  ގޮވުމުގެ ސަބަބުން އުފެދިގެންދިޔައީ އިންސާނުންގެ ސަބަބުން ގޮވި ނިއުކުލިއާ ގޮއްވުން ނޫން އެންމެ ވަރުގަދަ ގޮވުމަށެވެ.  

ނައިޓްރޮޖަން އަކީ އޭގެ އަމިއްލަ ޒާތުގައި އެހާ ހަރަކާތްރެރި އެއްޗެއް ނޫނެވެ. އެއީ ޖައްވުގައި އެކުލެވިފައިވާ ގޭސްތަކުގެ %78 ހިއްސާކުރާ މާއްދާއެވެ. 

ނައިޓްރޭޓް ފަދަ ނައިޓްރޮޖަން އެކުލެވޭ މާއްދާތަކަކީ އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ މާއްދާތަކަށްވުރެ ހަރަކާތްތެރި މާއްދާތަކެވެ. އަލިފާން ހުޅު، ބާރު އަޑެއް ނުވަތަ ބާރުގަދަ ތުރުތުރެއްފަދަ ފުދޭވަރަކަށް ގިނަ ހަކަތަ ލިބިގެންދާ ކޮންމެ ކަމަކުން ނައިޓްރޭޓް ގެ މޮލެކިއުލާ އޮނިގަނޑުގައި އެކުލެވޭ އެއް މާއްދާ އާއި އަނަެއް މާއްދާ ގުޅުވާދޭ ގުޅުންތައް ނުވަތަ ބޮންޑުތައް ކެނޑި، ގޭހުގެ ހާލަތު ކަމަށްވާ ނައިޓްރޮޖަން އާއި އޮކްސިޖަން އަދި ވޯޓަރ ވޭޕަރް ނުވަތަ އާއްވަށް ބަދަލު ވެގެންދެއެވެ. 

މިގޮތަށް ގޭސްތަކަށް ބަދަލުވުމަށް މޮލެކިއުލް ފުޅާވެގެންދާއިރު ދޫވެގެންދާ ހަކަތައިގެ ސަބަބުން ބޮޑު ގޮވުމެއް ގޮވައެވެ. އެ ގޮވުމުގެ ސަބަބުން ދިރޭ ތަކެއްޗަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުން ލިބެއެވެ.  ކުރު ގޮތަކަށް ބުނާނަމަ، ގޮވާތަކެތީގައި ނައިޓްރޭޓް ގިނަވިވަރަކަށް، ގިނަ ހަކަތަ ބޭރުވެ ގޮވުން ބާރުގަދަވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް