ޖަލަށް ލައިފައި ހުއްޓާ އެކްޓިވިސްޓު ޢަބްދުއްﷲ އަލް ހާމިދު އެޕްރީލްމަހު ނިޔާވިފަހުން، އެކަމާއި ގުޅިގެން ހަމްދަރުދީގެ މެސެޖު ފޮނުވި މީހުން ހޯދުމަށް ސަޢޫދީ ދިފާއީ ބާރުން އެތައް ތަނެއް ބަލައި ފާސްކޮށްފިއެވެ.
އެކްޓިވިސްޓު ޢަބްދުއްﷲ އަލް ހާމިދު އެޕްރީލްމަހު ނިޔާވުމާއި ގުޅިގެން ހަމްދަރުދީގެ މެސެޖު ފޮނުވި މީހުންގެ ތެރެއިން މަދުވެގެން ތިން ސަޢޫދީ ރައްޔިތުން ވަނީ އެއްވެސް ސުވާލެއް ކުރުމަކާއި ނުލައި ހައްޔަރުކޮށްފައި ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕަކުން ބުނެފިއެވެ.
ޢަބްދުއްﷲ އަލް ހާމިދު ނިޔާވިއިރު، އޭނާ ދިޔައީ ސަޢުދީ ރަސްމަތިފުށުގެ ޢާއިލާއަށް ފާޑުކިޔުމުގެ ސަބަބުން، އޭނައަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އެންމެ ފަހުދެއަހަރު ހޭދަކުރަމުންނެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ. ސައޫދީގެ ކަމާއިބެހޭ ފަރާތްތަކުން އޭނާއަށް ސިއްހީފަރުވާ ލަސްކޮށް، ފަރުވާކުޑަކުރިކަމަށްބުނެ އެކްޓިވިސްޓުންވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. ޖަލުގައިހުރެ ހާމިދު ދިޔައީ އޭނާގެ ބައްޔާއި ގުޅިގެން ޝަކުވާ ކުރަމުންނެވެ. އޭނާގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް އޭނާވަނީ މަރުވުމުގެ ކުރިން ބުނެފައެވެ. ސައޫދީގެ ހިއުމަން ރައިޓްސް އޯގަނައިޒޭޝަން، އޭއެލްކިއުއެސްޓީން ބުނާގޮތުގައި، ހާމިދުގެ މަރަށްފަހު ތިން މީހުން (އަގްލް އަލް ބަހީލީ، އަބދުލް އަޒީޒް އަލް ދުޚައިލް، އަދި ސުލްތާން އަލް އަޖްމީ) ވަނީ ސައޫދީ ބާރުތަކުން ހައްޔަރުކޮށްފައެވެ.
ALQST has learned that the #Saudi authorities carried out a spate of arrests of journalists and intellectuals for expressing sympathy over the death of Abdullah al-Hamid, including Aql al-Bahili, Abdulaziz al-Dukhail and Sultan al-Ajmi.
Read more here: https://t.co/YSvQLpXGd1 pic.twitter.com/PHMmSdKtPQ
— ALQST for Human Rights (@ALQST_En) July 21, 2020
އޭއެލްކިއުއެސްޓީން ބުނާގޮތުގައި ނޫސްވެރިޔާ، ބަހީލީ ވަނީ ރިޔާޒުގައި ހުންނަ އަލް ހައިރު ޖަލުގައި ބަންދުކޮށްފައެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ބުނެދީފައި ނުވެއެވެ. އަދި ވަކީލެއް ހޯދުމުގެ ފުރުސަތެއްވެސް އޭނާއަށް ދީފައި ނުވެއެވެ.
ލިޔުންތެރިޔާ ދުޚައިލް އާއި އެކްޓިވިސްޓް އަޖްމީ ހައްޔަރުކޮށްފައި ބަހައްޓާފައިވާތަނެއްގެ މަޢުލޫމާތު އެ އޯގަނައިޒޭޝަނަށް ލިބިފައިނުވެއެވެ.
ސައުދީޖަލުތަކުގައި ހައްޔަރުކޮށްފައިތިބި އެތައް އެކްޓިވިސްޓުންނަކާއި މިތިން މީހުންވަނީ ގުޅިފައެވެ. މި މީހުންގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ލުޖެއިން އަލް ހަތުލުލް އާއި ދީނީ އިލްމުވެރިޔާ ސަލްމާން އަލް އުދާ ހިމެނެއެވެ.
Shortly after he took power, MBS ordered the first of several waves of mass arrests that together targeted hundreds of #HRDs, #WHRDs, journalists, academics, lawyers, religious figures, businessmen and even members of the royal family. #StandWithSaudiHeroes#G20SaudiArabia pic.twitter.com/LoOLQJOnui
— ALQST for Human Rights (@ALQST_En) July 29, 2020
ގަލްފުގެ ގައުމުތަކުން ގަތަރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށް، ގަތަރާއި ސައުދީއާއި އަލުން ގުޅުންބަދަހި ކުރުމަށް ހިއްވަރުދީ ޓްވީޓު ކުރުމުގެ ސަބަބުން އުދާއަށް އިއްވާފައިވަނީ މަރުގެ ހުކުމެވެ.
ހަތުލުލްގެ ދައްތަ ބުނާގޮތުން ހަތުލުލްގެ ފިރިމީހާއަށް ބާރުގެ ބޭނުންކޮށްގެން ހަތުލުލްވަނީ ވަރިކުރުވާފައެވެ. އަދި ހަތުލުލްއަށް ކޮންމެ ދުވަހަކު އަނިޔާކޮށް ޖިންސީފުރައްސާރަވެސް ކުރެއެވެ.