އިންޑިއާގެ ހަރުކަށި އަނިޔާވެރި ޢަމަލު ތަކުގެ ސަބަބުން، އިސްލާމްއާބާދުން ބޭނުންވަނީ ކަޝްމީރު މުސްލިމުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަށް އަލި އަޅުވާލައި މުސްލިމު ގައުމުތަކުން އިތުރަށް މަސައްކަތް ކޮށްދިނުމަށެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޕާކިސްތާނުންވެސް އެކަށީގެންވާވަރަށް މަސައްކަތެއް ނުކުރެއެވެ.
އޮގަސްޓު 5 ވަނަ ދުވަހަކީ އިންޑިއާގެ އިންޑިއާގައި އުޅޭ މީހުންނަށް ވަރަށް ހިތްނުތަނަވަސް ދުވަހެކެވެ. ހިންދީން އެމީހުންގެ ދީނީ ލަވަތައް ކިޔަމުން ދިޔައިރު، އިރުމަތީ އަޔޯދިއާގެ މާތް ތަނެއްކަމަށް މުސްލިމުންނާއި ހިންދީންގެ މެދުގައި ގަބޫލު ކުރެވިފައިވާ ތަނެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ހިންދީން އަޅުކަންކުރާ ފައްޅިއެއްގެ ބިންގާ އެޅުއްވިއެވެ.
އެ ހަފްލާ ހިނގަމުންދިޔައިރު ނަގާފައިވާ ފޮޓޯތަކުންނާއި ވީޑިއޯއިން ފެންނަގޮތުން، މޯދީ އޮންނެވީ ނިތްކުރި ބިންމަތީގައި ޖައްސަވައިގެން ދީނީ އަޅުކަމެއްކުރުމަށެވެ. އެ ފައްޅި އަޅަނީ 16 ވަނަ ގަރުނުގައި ބިނާކުރި ބާބްރީ މިސްކިތް ހުރި ތަނުގައެވެ.
ހައްދު ފަހަނައަޅާފައިވާ ހިންދީން ބާބުރީ މިސްކިތް ތަޅާލީ 1992 ވަނަ އަހަރުގައެވެ. އެ ހަމަނުޖެހުންތަކުގައި އެތައްސަތޭކަ ބަޔަކު މަރުވިއެވެ. ގިނައިން މަރުވީ މުސްލިމުންނެވެ. އޭގެފަހުން މިސްކިތް އަލުން ބިނާކުރމަށްޓަކައި، އެތައް އަހަރެއްވަންދެން ގާނޫނީ ހަނގުރާމައެއްގެ ތެރޭގައި އިންޑިއާގެ މުސްލިމުން ތިބެން ޖެހުނެވެ. މިދިޔަ އަހަރު އިންޑިއާގެ ކޯޓަކުން އެބިން ހިންދީންނާއި ހަވާލު ކުރިއެވެ.
މުލސްލިމުން ނުރުހުންވީ ރާމް ކިޔާ ފައްޅިއެއް އަޅާތީ އެކަންޏެއް ނޫނެވެ. އެ ހަފްލާ ބޭއްވީ ކަޝްމީރުގެ މީހުންގެ އަމިއްލަވަންތަކަން ނިގުޅައިގަތްތާ އެއް އަހަރު ފުރުން ފާހަނގަކުރި ދުވަހުއެވެ.
ހިމާލިޔާއާއި ގާތުގައި އޮންނަ ކަޝްމީރުގެ ސަރަހައްދަކީ އިންޑިއާއާއި ޕާކިސްތާނުންވެސް އެމީހުންގެ ތަނެއްކަމުގައި ބުނަމުންދާ ތަނެކެވެ. އަދި ކަޝަމީރުގެ ދެބައި ކޮންޓްރޯލުކުރަނީ މިދެ ގައުމުންނެވެ.
އެހެންނަމަވެސް، 1.2 ބިލިއަންގެ އާބާދީ އޮންނަ އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަނީ އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރުގައި އެކަންޏެވެ. މިކަން މިގޮތަށްއޮތުމުން، ކަޝްމީރުގެ ހާލަތު ބަދަލުކުރުވުމަށް މޯދީ ވެރިކަންކުރާ ހިންދީންގެ ވަތަނީ ޕާޓީ، ބަހާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ން މަސައްކަތްކުރާތީ ކަޝްމީރުގެ މުސްލިމުން ވަނީ ކަންބޮޑުވެފައެވެ.
”މިގޮތަށް އެއްކަން އަނެއްކަމާއި ގުޅުވާފަ، އިންޑިއާއިން އެބުނަނީ އިންޑިއާ މިހާރު އެއްވެސް ބަޔަކު ދެކެ ބިރު ނުގަނެޔޭ“ ކަރާޗީގައި ހުންނަ ބައިނަލް އަގުވާމީ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޝައިސްތާ ތަބައްސުމް ވިދާޅުވިއެވެ. “ މިކަން މިހިނގަނީ ޕާކިސްތާނުން މިފަދަ ކަންތަކަށް އަޅާލުން ކުޑަވެފައިވާ ވަގުތެއްގައި، ކަޝްމީރުގެ މައްސަލައަށް ކަމެއް ކުރާނެ ރަނގަޅު ސިޔާސަތެއް އޮތްކަން އަޅުގަނޑަށް ޔަގީނެއްނޫން“.
މިހާރު އަޚުވަންތަކަމެއްނެތް
މިގޮތަށް ވާހަކަ ދައްކަމުންދާއިރު، ހަމައެދުވަހު ޕާކިސްތަނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީވަނީ ކަޝްމީރުގައި އިންޑިއާއިން ހިންގި ލާއިންސާނީ އަމަލުތަކަށް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) އާއި ސައޫދީ އަރަބިއްޔާއިން ރައްދު ދިން ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އަޅުގަނޑު އަދި އެއްފަހަރު ވަރަށް އަދަބުވެރިކަމާއެކު އޯއައިސީއަށް މިދަންނަވަނީ އަޅުގަނޑުމެން އުއްމީދުކުރަނީ ކައުންސިލް އޮފް ފޮރިން މިނިސްޓަރުން ބައްދަލުކުރައްވާނެ ކަމަށް، އެކަން ނުކުރެއްވޭނެނަމަ، އަޅުގަނޑުމެންގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދަންނަވައިގެން، އަނިޔާ ލިބެމުންދާ ކަޝްމީރުގެ މީހުންނަށް ތާއީދުކޮށް، ކަޝްމީރުގެ މައްސަލައިގައި އަޅުގަނޑުމެންނާއެކު ތިއްބެވި އިސްލާމީ ގައުމުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރާނަން“. ޓީވީ ޝޯއެއްގައި އުރުދޫ ބަހުން އޭނާ ވިދާޅުވިއެވެ.
އެވިދާޅުވި އެއްޗެއްގެ މާނައަކީ ސައުދީ އަރަބިއްޔާއާއި އެއްކޮށް ވިއަސް ނުވަތަ އެއްކޮށް ނޫންކަމަށް ވިއަސް ތި މައްސަލައާއިގެން ކުރިއަށް ވަޑައިގަންނަވާނެ ވާހަކަތޯއޭ ޝޯ ހުށަހަޅާ ބޭފުޅާ ސުވާލު ކުރުމުން ގުރައިޝީ ވިދާޅުވިއެވެ. “ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަރަބި އެކުވެރިޔާއާއި އެއްކޮށް ވިއަސް ނުވަތަ އެއްކޮށް ނޫންކަމަށް ވިއަސް އިސްލާމްއާބާދުން ކުރިއަށްދާނެ“ ކަމުގައެވެ.
ޖެހިގެން އައިދުވަހު، ޕާކިސްތާނުގެ ޚާރިޖީ އޮފީހުން، ޚާރިޖީ ވަޒީރުގެ ވާހަކަކޮޅު އިތުރަށް ޔަގީންކޮށްދެމުން ވިދާޅުވެފައިވެއެވެ. ”އެ ވިދާޅުވުމުން ރިވެލިވަނީ ޕާކިސްތާނުގެ މީހުންގެ ހިތްވަރު“.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ގާއިމުވެފައިވާ 57 މެންބަރުންގެ ގުރޫޕެއް މެދުވެރިކޮށް، މުސްލިމުންގެ އިސް ޑިޕްލޮމެޓުންގެ ބައްދަލުވުމެއް ބޭއްވުމަށް ބާރުއަޅާ އެތައް މަހެއްވަންދެން ޕާކިސްތާނުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިކަން ހުއްޓުވީ ސައުދީ އަރަބިއްޔާއިންނެވެ.
ގުރެއިޝީ ވާހަކަ ދެއްކެވި ދުވަސް ދިމާވީ ބެލެންސް އޮފް ޕޭމަންޓް ކާރިސާއެއް ކުޑަކުރުމަށް ބޭނުންވާ ބޭރުގެ ފައިސާގެ ރިޒާވް އިތުރު ކުރުމަށް ސައޫދީން އިސްލަމްއާބާދަށް ދިން އެތައް ބިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ފަށަން އޮތް މުއްދަތު ހަމަވުމުގެ ކުރިން، އެއް ބިލިއަން ޑޮލަރު ޕާކިސްތާނުން ރިޔާޒަށް ދެއްކި ދުވަހާއެވެ.
“ އޯއައިސީ ފްރޭމްވޯކުގެ ބޭރުންނަމަވެސް، ކަޝްމީރާއި ބެހެގޮތުން ބާއްވާ ބައްދަލުވުމަކަށް ޕާކިސްތާނު ދާނެކަން ކަށަވަރު ”، މެދު އިރުމަތީގެ މަޝްރަހު ދިރާސާކުރައްވާ ރުޕާޓް ސްޓޯން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މެލޭޝިއާގައި މިދިޔަ އަހަރު ބޭއްވި ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވި މުސްލިމުން ލީޑަރުންނާއި ބައްދަލު ކުރުމަކީ އިތުރު އިޚްތިޔާރަކަށް ވެދާނެއެވެ.
2019 ވަނަ އަހަރު ޑިސެންބަރު މަހު ކުއަލަލަމްޕޫރުގައި ބޭއްވި މުސްލިމް ލީޑަރުންގެ ބައްދަލުވުމުން، ސައުދީ އަރަބިއްޔާގެ ޕްރެޝަރއާއިހެދި ނުކުމެ ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން އިމްރާން ޚާނަށް ލަދުވެތިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
އެ ސަމިޓުގައި އީރާނާއި މެލޭޝިއާއާއި، ގަތަރާއި، ތުރުކީގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ކަޝްމީރުގެ މައްސަލައިގައި ފާޅުގައި ޕާކިސްތާނަށް ތާއީދުކުރާ ގައުމުތަކެވެ.
އެ ސަމިޓު ހިނގި ވަގުތު ސައޫދީއާއި އެމިރޭޓުސް އިން މަސައްކަތް ކުރަމުންދިޔައީ މޯދީގެ ސަރުކާރާއެކު އިގްތިސާދީ އަދި ޑިޕްލޮމެޓިކް ގުޅުން ވަރުގަދަ ކުރުމަށެވެ.
މޯދީގެ ސަރުކާރުން ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ބަދަލުކުރުމުން ސައުދީން އެކަމަށް ދިނީ ފިނި ރައްދެކެވެ. އަދި “ އެއީ އިންޑިއާގެ އެތެރޭގެ ކަމެއް“ ކަމަށްބުނެ، ޔޫއޭއީން ވަނީ އެކަން ދޫލައިގެ ދަށަަށް ލައިފައެވެ.
ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް ބަދަލުކޮށް، މުއާސަލާތީގުޅުންތައް ކަނޑާލުމަށް ނިންމުމުގެ ދެތިން ދުވަސްކުރިން، އަބޫދާބީގެ ވަލީ އަހުދު ޒައިދު އަލް ނަހުޔާން ވަނީ މޯދީއަށް އެގައުމުންދޭ އިއްޒަތުގެ އެންމެމަތީ އެވޯޑު އަރުވާފައެވެ.