ފަލަސްތީނުގެ ބިމުގައި ގަދަކަމައަށް ވަޒަންވެރި ވެގެން އުޅޭ އިޒްރޭލު މީހުން “ޕްރައިސް ޓެގް” ގެ ނަމުގައި ހުޅަނގު އައްސޭރީގައިހުންނަ މިސްކިތަކަށް ހަމަލާދީފި.

137

އޮފިޝަލުން ވިދާޅުވާގޮތުން ހަމަލާދިން މީހުން އަލް ބިރާހް ގައި ހުރި މިސްކިތުގެ ފާރުތަކުގައި ނަސްލީ ތަފާތުކުރުމާ ބެހޭ ކުރެހުންތަކެއް ކުރަހައިފިއެވެ. “ޕްރައިސް ޓެގް” ގެ ނަމުގައި ތަންތަން ލޫޓު ވުމުގެ ހަރަކާތަކީ އލަށް އާބާދުކުރާ ޔަހޫދީންނަށް އޮތް ބިރުވެރިކަމެކޭ ބުނެ، ހަތިޔާރުއެޅި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ހިންގާ ހަރަކާތެކެވެ. 

ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ އިޒްރޭލުގެ މީހުންވަނީ “ޕްރައިސް ޓެގް” އަށް ޝައްކު ކުރެވޭ ކަމަށް ބުނެ މިސްކިތެއް ލޫޓުވާލާފައި ކަމަށް، ފަލަސްތީނުގެ ވެރިންނާއި ރައްވެހިންވަނީ ބުނެފައެވެ. 

 ހުޅަނގު އައްސޭރީގައިވާ ސިޓީއެއްކަމަށްވާ އަލް ބިރާހް ގައި ހުރި މިސްކިތުގެ ފާރުތަކުގައި ނަސްލީ ތަފާތުކުރުމާ ބެހޭ އަރަބިންނާއި ދެކޮޅު ކުރެހުންތަކެއް ސްޕްރޭކޮށްފައިވާ ކަމަށް އެ ސިޓީގެ މީހުން ބުނެފައިވެއެވެ. 

ފަލްސްޓިނުގެ ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވިގޮތުގައި ވަޒަންވެރިކޮށްފައިވާ އިޒްރޭލުގެ މީހުން މިސްކިތް އަންދަންވެސް މަސައްކަތް ކުރިއެވެ. 

މިސްކިތުގެ ފާރުގައި ހިބްރޫ ބަހުން ލިޔެފައިވާ ލިޔުމުގައި ވަނީ ” އިޒްރޭލުގެ ބިމަކީ އިޒރޭލު މީހުންގެ ތަނެކޭ” މި ރިއާޔަތް ކުރަނީ ޔަހޫދީން ގަބޫލު ކުރާގޮތުގައި އެމީހުންގެ ފޮތުގައި އޮންނަ، އަދި ތަރީޚީ، ސިޔާސީ ގޮތުން ބަލާއިރު، ހިފާފައިވާ ހުޅަނގު އައްސޭރިވެސް އެބުނާ ބިމުގައި ހިމެނޭކަމަށް އެމީހުން ގަބޫލު ކުރެއެވެ. 

ފަލަސްތީނުގެ އިމަޖެންސީ ޚިދުމަތްދޭ އޮފިޝަލުން ވިދާޅުވި ގޮތުގައި އަލް ބިރު އާއި އަލް ތުސަން މިސްކިތުގެ ވުޟޫކުރާ ސަރަހައްދު ވަނީ ފަތިސް ވުމުގެ ކުރިން، ޕެޓްރޯލްފަދަ އެއްޗެއް އަޅާ އަންދާލާ، ކުޑަގޮރުތައް ހަލާކުކޮށްލާފައެވެ. 

އެ ފަރާތުން ވިދާޅުވި ގޮތުގައި މިސްކިތުގެ ކައިރީގައި ދިރިއުޅޭ މީހުންނާއި، އަލިފާން ނިންވާލާ މީހުން މަސައްކަތްކޮށްގެން، މިސްކިތުގެ ނަމާދުކުރާބައި އެނދުމުގެ ކުރިންވަނީ އަލިފާން ނިއްވާލާފައެވެ. 

މިއީ “ޕްރައިސް ޓެގް” ގެ ނަމުގައި ތަންތަން ލޫޓު ވުމުގެ ހަރަކާތެއްގޮތަށް އެންމެ ފަހުން ހިންގި ހަރަކާތެވެ.  “ޕްރައިސް ޓެގް” ހަރަކާތަކީ އަލަށް އާބާދުކުރާ ޔަހޫދީންނަށް އޮތް ބިރުވެރިކަމެކޭ ބުނެ، ހަތިޔާރުއެޅި ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ހިންގާ ހަރަކާތެކެވެ. 

1 ހިޔާލު

  1. ޢަރަބީންގެ ފިނޑިކަމާއި މުނާފިގު ކަމާމެދު ހިތާމަކުރެމެވެ. ދީނީ ވާހަކަތަށް ހަރުއަޑުން ގޮވަމުން މުސްލިމުންނީ އެއް އަޚުންތަކެކޭ ގޮވަމުން މުނާފިގުންގެ ގޮތުގައި ތިބެން އެބައިމީހުން ލަދެއް ނުގަނެއެވެ. ފަލަސްތީނުގެ ވާހަކައިގެ އިތުރުން ޔަމަނުގެ އަޚުންނައި އުޚުތުންނަށް އެހަދާލާ ގޮތް ދެކެބަލާށެވެ. ޢަރަބިޒަމް އިޒް ޑޭންޖަރަސް ޓު މުސްލިމް އުއްމަތް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ