ސަޢޫދީން އިސްވެ އޮވެ، ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވަތީ ބަދަލެއްގެ ގޮތުން 5 ބިލިއަން ޑޮލަރު ހޯދުމަށް ގަތަރު އެއަރވޭސްއިން މައްސަލަ ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp
qatar airways news

ސައޫދީ އަރަބިއްޔާއިންނާއި، ޔުނައިޓެޑް އަރަބި އެމިރޭޓްސް އިންނާއި، މިސުރާއި ބަހުރައިންއިން  ގަތަރު އެއަރވޭސްއަށް ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުން 5 ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ގަތަރު އެއަރވޭސްއިން ފަށައިފިއެވެ. 

”އާބިޓްރޭޝަނަށް ހުށަހަޅާފައިވަނީ ބައެއް ގައުމުތަކުން އެގައުމުގެ ވައިގެ ސަރަހްއްދަށް  ގަތަރު އެއަރވޭސް ވަނުން މަނާކޮށް، އެގައުމުތަކުގެ މާރކެޓުން ގަތަރު އެއަރވޭސް ދުރުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް“ ކަމަށް ގަތަރު އެއަރވޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. 

”މި ކަންކަން ކޮށްފައިވަނީ ސީދާ ގަތަރު އެއަރވޭސްއަށް އަމަޒު ކޮށްގެން. އެ މީހުންގެ  މަގުޞަދަކީ ގަތަރު އެއަރވޭސްގެ އޮޕަރޭޝަންތައް ހުއްޓުވާ ، އެއަރލައިންގެ އިންވެސްޓްމަންތްތަކުގެ އަގު ވައްޓާލައި، ދުނިޔޭގެ އެކި ސަރަހައްދުތަކަށް ގަތަރު އެއަރވޭސްއިން ކުރާ ދަތުރުފަތުރުތަކަށް ބޮޑެތި ގެއްލުން ދިނުން“ ކަމަށް އެބަޔާނުގައި ވެއެވެ. 

މިދިޔަ ހަފްތާގައި ބައިނަލްއަގުވާމި ކޯޓް އޮފް ޖަސްޓިސްއިންވަނީ އެ ހަތަރު ގައުމުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކުރުމުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އދ ގެ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ)އަށް ހުށަހެޅިދާނެ ކަމަށް ނިންމާފައެވެ. .

ގަތަރަށް ލިބިފައިވާ ވައިގެ ސަރަހައްދުގެ ކުޑަކަމާއި، ގަތަރާއި ބައެއް އަރަބި ގައުމުތަކާއިމެދު އުފެދުނު ދެބަސްވުމުގެ ސަބަބުން، ގަތަރު އެއަރވޭސްއަށް ޖެހިފައިވަނީ އީރާނުގެ މަތިން އުނދުހޭށެވެ.  އޭގެ މާނައަކީ ދަތުރު ދިގުވުމުގެ ސަބަބުން ތެލަށްކުރާ ޚަރަދު ބޮޑުވުމެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް