ކިއުއެނަންއަށް ނިސްބަތްވާ ގެއްލުންދެނިވި ނަޒަރަިއްޔާތުތައް ފަތުރާ މީހުން ޓްވިޓަރ އިން ބޭރުކުރީ ކީއްވެ؟

Loading

Facebook
Twitter
WhatsApp
news maldives

ކިއުއެނަން ހަރަކާތަކީ އެއްއިރެއްގައި ސައިންސް ފިކްޝަން ސީރީސްއެއްގޮތަށް އޮންލައިންކޮށް ހިންގި ހަރަކާތެކެވެ. މި ނުރައްކާތެރި ހަރަކާތްވަނީ ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ އޮފީޝަލުނަނާއެކު ތަފާތު ޓްރެްންޑެއްގެ ގޮތުގައި މަގުބޫލުކަން ހޯދަން ފަށާފައެވެ. 

 ޓްވިޓަރއިން ވަނީ ކިއުއެނަންއަށް ނިސްބަތްވާ ގެއްލުންދެނިވި ނަޒަރަިއްޔާތުތައް ފަތުރާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައެވެ. އެ ގޮތުން މިފަދަ 7000 އެކައުންޓް ބަންދުކޮށް، މިހަރަކާތް ކުރިއަރުވާ، ޓްރެންޑްކުރަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ވެބް ލިންކާއި ހެޝްޓެގްތައް ދަނީ ނަގަމުންނެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ތާއީދުކުރާ މީހުންގެ ތެރޭގައި ހިމެނޭ، ކިއުއެނަން އަށް ތަބާވާ މީހުން، އެއްވެސް ހެއްކެތް ނެތި، ގަބޫލު ކުރަނީ ދުނިޔެ ހިންގަނީ ޝައިތާނާއަށް އަޅުކަންކުރާ މަތިވެރިބައެއް ހިމެނޭ ޖަމާއަތަކުން ކަމަށާއި، އެ މީހުންނަކީ ދީނީ ކަންކަމުގައި ގުރުބާންކުރުން އިތުރު އަދި ކުޑަކުދިންނާއި އަޅައިގަނެގެން އުޅޭ މީހުންކަމަށެވެ. 

މި ނުރައްކާތެރި ނަޒަރިއްޔާތުގައި ބުނެފައިވާ ވަރުގަދަ ޝަޚުސިއްޔަތު ތަކުގެ ތެރޭގައި ބިލިއަނަރު ފިނޭންޝިއަރ ޖޯޖް ސޮރޮސް އާއި ޓްރްމްޕަށްވުރެ ކުރިން ރައީސްކަންކުރެއްވި ބަރަކް އޮބާމާއާއި، 2016 ގައި އޮބާމާއާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން ހިމެނެއެވެ. މި ނުރައްކާތެރި ނަޒަރިއްޔާތަށް ތަބާވާ މީހުން ގަބޫލު ކުރާގޮތުގައި ޓްރަމްޕް މަސައްކަތް ކުރައްވަނީ މިއަނދިރި ދައުލަތް ހަރަކާތްކުރުވާ މީހުންނާއި ހަނގުރާމަކުރުމަށެވެ. 

މި ހަރަކާތުންވަނީ ކުރިން ހިންގި ޕިއްޒާގޭޓް ފަދަ ގާނޫނާއި ޚިލާފު ހަރަކާތްތައް މަޑުޖައްސާލާފައެވެ.  ޕިއްޒާގޭޓް ހަރަކާތުން ބުނާ ގޮތުން ޑިމޮކްރެޓް އަޑީދައުލަތުގެ ހަރަކާތްތެރިންވަނީ އިޓަލީގެ ކާތަކެތީގެ ނަން ކަމަށްވާ، ޕިއްޒާ، ޕާސްޓާ އަދި ޗީޒް ސޯސް ފަދަ ކޯޑުތައް ބޭނުންކޮށްގެން މުޢާމަލާތުކޮށް، ކުޑަކުދިންނަށް ގޯނާކޮށް، އެތައް ބަޔަކު މަރާލުމުގައި ބައިވެރިވެފައެވެ. 

”ކިއުއެނަން“ މިނަން އުފެދުނީ ކާކުކަން ނޭނގޭ ފަރާތަކުން 4 ޗަން އަދި 8 ޗަންގެ ނަމުގައި މެސެޖް ބޯޑެއްގައި ލިޔުނު މާނަފުން ޕޯސްތަކަކަށް ނިސްބަތްކޮށެވެ. މި ޕޯސްޓް ތައް ބުނާގޮތުން އެމީހުންނަށް އެމެރިކާގެ ސަރުކާރުގެ ކިއު ފެންވަރުގެ ރުހުންވަނީ ލިބިފައެވެ. އަދި އަޑީސަރުކާރުގެ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ. އަދި ކުޑަކުދިންނާއި އަޅަިގަނެގެން އުޅޭ ޝައިތާނުންނާއި ކުރިމަތިލާނެ ބާރުވެސް ލިބިފައިވެއެވެ. 

”ބިރުވެރި“ އިންޒާރު

ކިއު އިން ލަފާކުރިގޮތަށް މީހުން ހައްޔަރުކުރުމާއި މެރުން ފަދަ ކަމެއް ހަގީގަތަށް ނުވިއަސް، އެ ހަރަކަާތްދަނީ އިތުރަށް މަޝްހޫރުވެ ފުޅާވަމުންނެވެ. 

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ކިއުއެނަންގެ ވާހަކަތައް ދޮގުކޮށް ފާޑުކިޔަމުންދާއިރު، ޓްރަމްޕްގެ ކުރީ ގައުމީ ސަލާމަތީ އެޑްވައިޒަރު ޖެނެރަލް މައިކަލް ފްލީން އާއި ކުރިއަށް އޮތް 2020ގެ އިންތިޚާބުގައި ކުރިމަތިލައްވާފައިވާ 11 ރިޕްބަލިކަން ކެންޑިޑޭޓުންވަނީ ކިއުއެނަންއަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. 

އެމެރިކާގެ ފުލުސް އޮފިސަރުންވަނީ ކިއު ނިޝާންޖެހި ހެދުންލައިގެން ތިއްބާ ފޮޓޯތަކަށް އަރާފައެވެ. އަދި މިފަދަ މަންޒަރުތައް ޓްރަމްޕްގެ ކެމްޕޭނު ހަރަކާތްތަކުން ދަނީ ފެންނަމުންނެވެ. އެފް.ބީ.އައި އިން ސިފަކުރާގޮތުގައި ކިއުއެނަން ހަރަކާތަކީ ގައުމަށް އޮތް ނުރައްކަލުގެ އިންޒާރެކެވެ. މި ނުރައްކާތެރި ނަޒަރަިއްޔާތު ބަލައިގަނެ، ފޮލޯކުރާމީހުންވަނީ ނިރުބަވެރި އަމަލުތަކުގައި ބައިވެރިވެފައެވެ. 

ކިއުއެނަންގެ ގަބޫލުކުރުންތައް ގަބޫލު ކުރާ ކެނެޑާގެ މީހަކުވަނީ އޭނާގެ ކާރު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑާގެ ގެކޮޅުގައި ޖެއްސުމުގެ ސަބަބުން ހައްޔަރުކޮށްފައެވެ. މިމީހާއަކީ ސިޔާސީމީހަކަށް ރައިފަލަކުން ހަމަލާދީ މަަރާލުމަށް އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. 2019ގައި ނިއުޔޯކް ސިޓީގައި ހަމަނުޖެހުން ހިންގި ޖަމާއަތެއްގެ ވެރިއަކު މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު ބުނެފައިވާ ގޮތުގައި، އޭނާ އެމީހާ މަރާލީ ، އެމީހާއަކީ އަޑީދައުލަތަށް ނިސްބަތްވާ މީހަކަށްވާތީއެވެ.  ކިއުއެނަން އަށް ތަބާވާ މީހުން ބުނާގޮތުގައި އަޑީދައުލަތުން ކުދިންނަށް ގޯނާކުރާ ނެޓްވޯކު ހިންގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް