ވަކިބަޔަކާއި ވަރުގަދަ ގުޅުމެއް ބޭއްވުން، ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ޖައްސާލުމަކީ ނަސްލީ ތަފާތު ކުރުން (ރޭސިޒަމް) ތޯ؟

Loading

Facebook
Twitter
WhatsApp
racism news

2011 ވަނަ އަހަރު އދ. ގެ ނަސްލީ ތަފާތުކުރުން ނުވަތަ ރޭސިޒަމް ނައްތާލާ ކޮމިޓީއިން ބުނެފައިވާ ގޮތުގައި ތަފާތުތައް ހުންނަ މީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް ބާއްވާ އެހެން މީހުންނާއި ޖައްސާލުމަކީ ނަސްލީ ތަފާތުކުރުން ކަމުގައި ބެލެވިދާނެއެވެ.

މިސާލެއްގެ ގޮތުން އެމީހުން ބަލަނީ އިރުމަތީ އަޔަރލެންޑްގައި މިކަން އޮތްގޮތެވެ. އެތަނުގައި ވަކިބަޔަކާއި މާވަރުގަދަ ގުޅުމެއް އޮތުން، ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ދުރުހެލިވެގަތުން ދެކެނީ “ ޕްރޮޓެސްޓެންޓް ކެތޮލިކް މަޒުހަބުގެ މީހުންނާއި ތަފާތު ކުރުން، ނުވަތަ ސިޔާސީ ގޮތުން ވަކިވެގަތުން، ނުވަތަ ޤަބީލާ ވަންތަ “ ކަމެއްގެ ގޮތުގައެވެ.  1969 ގައި އދ. އިން އަމަލުކުރަންފެށި ނަސްލީ ތަފާތުކުރުން ނުވަތަ ރޭސިޒަމް ނައްތާލާ ބައިނަލް އަގްވާމީ މުއާހަދާއާއި ހިލާފް ކަމަކަށް ވުމުގެ އިތުރުން މިއީ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާއި ހިލާފް ކަމެކެވެ.

އެކޮމިޝަނުން ބުނާގޮތުގައި ޔޫރަޕާއި، މެދުއިރުމަތީ އަދި އޭޝިޔާގައި ވިޔަސް، ޔަހޫދީންނާއި މުސްލިމުންނާއިމެދު ނަފްރަތު އުފައްދައި، ވަކިބަޔަކާއި މާވަރުގަދަ ގުޅުމެއް ބާއްވައި، ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ޖައްސާލުން ދެކެން ވާނީ ވަކިވައްތަރެއްގެ ނަސްލީ ތަފާތު ކުރުމެއް ކަމުގައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ނަމަވެސް، ވަކިބަޔާއި މާވަރުގަދަ ގުޅުމެއް ބާއްވައި ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ޖައްސާލުމަކީ އެހެނިހެން ނަސްލީ ތަފާތު ކުރުންތަކުން ނުކުންނަ ނޭދެވޭ އަސަރުކުރާ ކަމެކެވެ.

ވަކިބަޔަކާއި މާވަރުގަދަ ގުޅުމެއް ބާއްވައި ހާއްސަކޮށް ދީނީ މީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންނާއި ޖައްސާލުމަށް ޕްރޮމޯޓް ކުރަނީ އެހެން އިންސާނުންނަށްވުރެ މަތީ ބައެއް ކަމުގައި އެމީހުން ދެކި ވަކިވަކި ފަރުދުންނާއި ގްރޫޕް ތަކުންނެވެ. މިފަދަ ގިނަ މީހުން އެހެން މީހުންނާއިމެދު މީސްތަކުންގެ ހިތްތަކުގައި ޝައްކާއި،ހަސަދައާއި، ވަހުމާއި ރުޅި ވެރިކަން އުފެއްދުމަށް، ވަކިން ހާއްސަ މަޢުލޫމާތު ތަކެއް ބޭނުގތަކުންނެވެ.ްޤުތަކާއި ހިލާފް ކަމެކެން ކުރެއެވެ.

އެފަދަ މީހުންނަށް ނޭގޭ ކަމަކީ އެމީހުން އެޕްރޮމޯޓް ކުރަނީ އެހެން މީހުންގެ ކިބައިން ދަސްކޮށްފައިވާ ވަކިވަރަނީ އްތަރެއްގެ ނަސްލީ ތަފާތުކުރުމެއް ކަމެވެ. މިވައްތަރުގެ ނަސްލީ ތަފާތު ކުރުން ތަކުން ޕްރޮމޯޓް ކުރަމުންދާ ނަފްރަތުގެ ސަބަބުން، ވޭތުވެދިޔަ 10 އަހަރު ( ޑިކޭޑް ) ތޭރޭގައިދީނުގައި އެކި މަޒްހަބު ތަކަށް ތަބާވާ މީހުންގެ މެދުގައި ހަމަނުޖެހުން އިތުރުވެ، ޙާއްސަކޮށް މެދުއިރުމަތީގައި ނުރައްކާތެރި ތަޅާފޮޅުންތައް އިތުރުވެ، ކުށެއްނެތް އެތައް ހާސްބައެއްގެ ފުރާން ގެއްލިގެން ދިޔައެވެ.

މިކަހަލަ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ތަޢުލީމުދޭ މަރުކަޒުތަކުންނާއި، ސަރުކާރުތަކުން ފުދޭ ވަރަކަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. އެހެން ކަމުން، މިފަދަ ކަންކަމުން ސަލާމަތް ވުމަށް ބޭނުންވާ ޢިލްމު ޒުވާން ޖީލަށް އެކަށީގެންވާ ވަރަށް ލިބިފައި ނުވެއެވެ. އަދި  މިފަދަ ނަސްލީ ތަފާތުކުރުންތައް ޕްރޮމޯޓް ކުރާ މީހުންނާއި ދުރައްދެވޭނެ ގޮތުގެ އެއްވެސް ކަހަލަ މަޢުލޫމާތެއް ވެސް ލިބިފައި ނުވެއެވެ.

ތަރައްޤީވެ ތަހުޒީބު ވުމަށް ކޮންމެ މުޖުތަމައެއްގައި ހުރިހާ ދިމާލަކުން ވެސް  މިކަހަލަ ނަސްލީ ތަފާކު ކުރުންތަކާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް