86 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތުރުކީގެ ހައިބަތުބޮޑު އަޔާ ސޯފިޔާ މިސްކިތުގައި ހުކުރުކޮށްފި

Loading

Facebook
Twitter
WhatsApp

ތުރުކީގެ އެންމެ ފާހަގަކޮށްލެވޭ މިސްކިތް ކަމަށްވާ އަޔާ ސޯފިޔާ, ދާރުލް އާސާރަކަށް ބަދަލު ކުރުމަށް ތުރުކީ ސަރުކާރުން  1934 ވަނައަހަރު ނެރުނު ގަރާރެއް، ތުރުކީގެ ކޯޓަކުން ބާތިލުކޮށް، އެތަން މިސްކިތެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށްވަނީ ބަދަލު ކޮށްފައެވެ. އިއްޔެ އެމިސްކިތަށް ހުކުރު ނަމާދަށް 350،000 އަށްވުރެ ގިނަ މީހުން ހާޒިރުވިއެވެ. 

އިއްޔެކުރި އަޔާ ސޯފިޔާގައި ކުރި ހުކުރު ނަމާދަކީ ވަރަށް ރާތީޚީ ނަމާދެކެވެ. އެ ހުކުރުނަމާދަކީ 86 އަހަރު ތެރޭގައި އެ ފުރިހަމަ މިސްކިތުގައިކުރި ފުރަތަމަ ހުކުރު ނަމާދެވެ. 

ތުރުކީގެ އެންމެ ބޮޑު ސިޓީކަމަށްވާ އިސްތަންބޫލުގައި ހުރި މިތާރީޚީ މިސްކިތުގައި ހުކުރު ނަމާދުކުރުމަށް އެތައް ހާސް ބަޔަކު ދިޔައެވެ. މިސްކިތުގެ ބޭރާއި އެތެރެ އޮތީ ފުރިފައެވެ. 

އަޔާ ސޯފިޔާ ދާރުލް އާސާރަކަށް ބަދަލު ކުރުމަށް ތުރުކީ ސަރުކާރުން  1934 ވަނައަހަރު ނެރުނު ގަރާރު 10 ޖުލައި 2020 ގައި ތުރުކީގެ ކޯޓަކުން ބާތިލުކޮށް، އެތަން މިސްކިތެއްގެ ގޮތުގައި އަލުން ބޭނުންކުރެވޭ ގޮތަށްވަނީ ހަދާފައެވެ.

އެތަން 916 އަހަރު ވަންދެން ނަސާރާއިންގެ ފައްޅިއެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު، މުސްިމުން އިސްތަންބޫލް ފަތަހަކުރުމުން، އެތަން މިސްކިތެއްގެ ގޮތުގައި ގާތްގަނޑަކަށް ބައި ސާސްކަފަށް ( 1453ވަނައަހަރުން ފެށިގެން 1934 އަހަރާ ހަމައަށް)  ބޭނުްން ކުރެވުނެވެ. އޭގެފަހުން 86 އަހަރު ވަންދެން ދާރުލް އާސާރެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ. 

Loading

One Response

  1. މިކަހަލަ އިސްލާމިކް ލީޑަރުން ނެތުނީމާ ދެން ވާނެ ހަ އެތި މިހާރު މިވަނީ އިސްލާމީ އުންމަތައް ދިމާވެފައިމ 1924 ގައި ޚަލީފެޓް ދުއްވާލީ އިނގިރޭސިންނާއި ސައުދު އަރަބި ޖަމާއަތާއި ގުޅިން. ދެން ތުރުކީއަށް ވެރިވި ހުޅަނގުގެ އެޖޭންޓް 1925 ގައި އޭރު އެމީހުން އަޅާފަގުޑި އާއި ތުރުކީ ލިބާސް ލުން މަނާކުރީ. ދެން 1928 ގައި އަރަބި އަކުރުން ލިޔަމުން އައި ތުރުކީ އަކުރު ލެޓިންއަށް ބަދަލުކޮށްލީ. އަދި އެވަރުން ނުވެގެން އަރަބި ބަހުން ގޮވަމުން އަންނަ ބަންގިވެސް ތުރުކީ ބަހުން ޓްރާންސްލޭޓް ކޮށްގެން ގޮވަން މަޖުބޫރުކުރުވީ. 18 އަހަރު އެފަދަ ނޭންގާނީ ކޮށް ވެސްޓުގެ އަޖެންޓް އިސްލާމް ތުރުކީން ނަމެއްގަ އެކަނި ބާއްވަން ނިންމައި ކާމިޔާބުކުރުވީ. އެވަރުން ނުވިތާކަށް މި މި ހަގިއާ ސޯފިއާ 500 އަހަރުވަންދެން އިސްލާމުން އަޅުކަންކުރަމުން އައި ތަންވެސް މިއުޒިއަމް އަކަށް އެ ޝައިތާނު ހަދާލި. ހަމަ އެއަހަރު މީހުންނަށް ކިޔާ ނަންތައްވެސް ޢަރަބި ބަހުން ނުކިޔާ ތުރުކީ ބަހަށް ބަދަލުކުރުވީ. އަންހެނުން ތަރައްގީ އާއި އަންހެނުން ކުރިއެރުވުމާއި ފިރިހެނުންނާއި އެއްވަރުކުރަނީ ކަމަށް ބުނެ ހިޖާނު އެޅުން މަނާކުރަން ފެށުނު. މިހިރަ މިހިރަ ކަންތަކަކީ މި ދިވެހިރާއްޖެ ގައި އުޅޭ ސައްތައިން ސައްތަ މުސްލިމުން ނިކަން ވިސްނަންޖެހޭ ކަންކަން. މިހާރު މި ގައުމުގެ މަހާރާޖާ އެ ކިޔަނީ ދިވެހިންގެ ގައުމިއްޔަތު ބަދަލުކުރަން ޖެހެއޭ. އެހެން އޭނަ ބުނާނީ އެ ވެސްޓާރން އެޑްވައިޒަރުން ލައްވާ މާސްޓަރ ޕްލޭނެއްހަދާ އެކަމަށް ދާނޭ ޚަރަދާއި އޭނާގެ އެޖެންޓުންގެ ފުރިހަމަ ސަޕޯޓް ހޯދައިގެންކަން ހަދާން ނައްތާ ނުލަމާހިނގާށެވެ. މި ގައުމުގައި ކުރިއައޮތް 20 އަހަރަށް ބެލިޔަސް Recep Tayyip Erdoğan އެން ނާންނާނެއެވެ. ތިބޭނީ ޚަލީފާ ދުއްވާލަން އިންވެސްޓް ކުރި މީހުންގެ އެޖެންޓުންކަން ދަންނަމާ ހިގާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް