ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް އުފައްދައިފިކަމަށް ރަޝިއާގެ މިލިޓަރީން ބުނެފި

Loading

Facebook
Twitter
WhatsApp
news

ރަޝިއާގެ މިލިޓަރީން ބުނާގޮތުގައި ކޮވިޑް-19 ގެ ވައިރަހަށް އުފެއްދި ވެކްސިންވަނީ ޓެސްޓުކޮށްފައެވެ. އެއީ ރައްކާތެރި ވެކްސިނެކެވެ. 

ވެކްސިން ޓެސްޓު ކުރުމަށް ވޮލަންޓިއަރކުރި މީހުންތަކަކަށް ވެކްސިންދީ އަޖުމަ ބެލުމަށްފަހު، ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވިދާޅުވިގޮތުގައި ރަޝިއާގެ މިލިޓަރީން އުފެއްދީ ރައްކާތެރި ވެކްސިނެކެވެ. 

އެ މިނިސްޓްރީން ވިދާޅުވިގޮތުގައި މި ދިރާސާގައި 18 މީހުން ބައިވެރިވިއެވެ. އެ އެންމެންވެސްވަނީ ވެކްސިން ދިނުމުގެ ސަބަބުން މާބޮޑު ސިއްހީ މައްސަލަތަކެއް ދިމާނުވެ، ސީރިއަސް ހާލަތެއް ކުރިމަތިނުވެ، އަދި މާބޮޑު ނޭދެވޭ އަސަރެއްވެސް ނުފެނި، ހާލަތު ރަގަޅު ކަމުން ދޫކޮށްލާފައެވެ. 

”މި އަޖުމަ ބެލުމުގެ ނަތީޖާއިން މިވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމާއި،  ބޭނުންކުރަން ރަގަޅު ވެކްސިނެއްކަމަށް އިތުބާރާއެކު ބުނުމުގެ މަގުފަހިވެފައިވޭ“، އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

މިވެކްސިނަކީ ހަގީގަތުގައިވެސް މިބައްޔަށް އެންމެ އެކަށޭނަ ވެކްސިނެއްކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައި ނުވެއެވެ. އެހެންނަމަވެސް އަޖުމަބެލުމުގެ މަސައްކަތް ކުރައްވާ ޑޮކްޓަރުން ހާމަކުރެއްވިގޮތުގައި ވޮލަންޓިއަރކުރި މީހުން މިހާރުވަނީ މިބަލިމަކުން ރައްކާތެރިވެފައެެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް